Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ

އިންތިހާބްގެ ނަތީޖާ އަކީ ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުން ދިން މެސެޖެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 10 މެއި 2017 | ބުދަ 03:55
ލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ )

ލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ )

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާއާމެދު ރައީސް އަބްދުﷲ ޔާމީނަން ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިސްނަވަން ޖެހޭ ކަމަށް ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒްގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާ އަކީ ރައީސް ޔާމީންގެ ސަރުކާރަށް ދިވެހި ރައްޔިތުން ދިން މެސެޖެއް ކަމަށެވެ. ސަރުކާރަށް މެޖޯރިޓީ ނުލިބޭ ދާއިރާތައް ތަމްސީލް ކުރައްވާ ޕީޕީއެމްގެ މަޖިލީސް މެމްބަރުން މިއަދު މި ނަތީޖާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

މިސާލު ޖައްސަވާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ފަހަތްޕުޅުގައި ނޫންކަން މި އިންތިހާބުން ހާމަވާ ކަމަށެވެ. ފުވައްމުލަކު ދެމު ދާއިރާގެ ކައުންސިލްގެ ގޮނޑި ސަރުކާރަށް ކާމިޔާބްނުވުމުން،މަސީހް މަޖިލީހުގެ ގަވައިދާ ހިލާފަށް ގަދަބާރުން ކުރާ ކަންތައް ބަލައިނުގަންނަން ސާފުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސް އަޅުގަނޑުމެން އޭނަ ކަމުނުގޮސްގެން ، އެއްގޮތަކުންވެސް އޭނަ ކަމުނުގޮސްގެން، އޭނަ ބޭރުކުރަން މަސައްކަތް ކުރީމަ، ނަތީޖާއަކަށްވީ ދެން އައި އިންތިހާބްގައި އެދާއިރާގެ ރައްޔިތުން ވިދާޅުވީ ކީކޭތޯ ވޯޓުން، މަސީހް އެ ގަދަބާރުން ނީންނަވައްޗޭ ރައީސް ކަމުގައި، ތިމަންނަމެން މިދެނީ މެސެޖެކޭ، ދެން އަންނަ ދައުރެއްވެސް ބޭނުންވެއްޖިއްޔާ، ތިމަންނަމެންގެ މެސެޖް ގަބޫލްކުރައްވާށޭ" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް ބޮޑުވުމުން ރައްޔިތުން ދިޔައީ ކަރަންޓާއި ކާޑުގެ އަގު ހެޔޮކޮށްދިނުމަށް ސަރުކާރުގެ އިސްވެރިންގެ ކިބައިން އާދޭސް ކުރަމުން ކަމަށް ވަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ އަދޭސްތަކަށް ބީރު ކަންފަތެއް ސަރުކާރުން ދިނުމުގެ ނަތިޖާއަކަށް ވެގެން ދިޔައީ އައްޑޫ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ކައުންސިލް އަދި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

" އައްޑޫ ސިޓީން އެދައްކައިދިނީ ހޯހޯއޭ، ދަޅަ ނުދައްކަވާށޭ، ތިމަންނަމެންނަކީ ލޯ ހުޅުވި ސިކުނޑިއާއި ބުއްދީގެ ބޭނުންކުރަން ދަންނަ، ތިމަންނަމެންގެ ކަންކަން ބައްޓަން ކުރަން ދަންނަ ބަޔަކޭ،ނުދޭނަމޭ ސަރުކާރަކަށް އެންމެ ގޮނޑިއެއްވެސް، ބައްލަވާލައްވާ ހެދި ގޮތް" ވަހީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު