Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅު، "މަ ރަނގަޅު"

ރައީސް ނަޝީދު މިހާރުވަނީ ލައިފް ސަޕޯޓުން ނަގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މެއި 2021 | ހޮނިހިރު 08:00
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން- މި ހާދިސާ ބޭރުގެ މާހިރުންގެ އެހީގައި ދަނީ ތަހުގީގު ކުރަމުން

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން- މި ހާދިސާ ބޭރުގެ މާހިރުންގެ އެހީގައި ދަނީ ތަހުގީގު ކުރަމުން

ރައީސް ނަޝީދުގެ ޙާލުކޮޅު މިހާރު ރަނގަޅުކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފިއެވެ.

އާއިލާ ބޭފުޅަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު މިހާރު ލައިފް ސަޕޯޓުން ނަގާފައިވާ ކަމަށާއި، ޙާލުކޮޅު ކުރިއަށްވުރެ މިހާރު ރަނގަޅު ކަމަށެވެ. އެމަނިކުފާނު ހޭފުޅު ލެއްވުމަށްފަހު، މަންމާފުޅާއި ބައްޕާފުޅު އަރިހުގައި " މަ ރަނގަޅޭ" ވިދާޅުވި ކަމަށް ޓްވީޓުގައި ވެއެވެ.

އެމަނިކުފާނުގެ ޙާލުކޮޅު މިހާރު ކުރިއަށްވުރެ ރަނގަޅުކަމަށް އާއިލާ ބޭފުޅަކު ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައިވެއެވެ.

އާއިލާގެ އެހެން ބޭފުޅަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު މިހާރު ނޭވާލަނީ އަމިއްލަފުޅަށް ކަމަށާއި ލައިފް ސަޕޯޓުން ނެގިފައިވާ ކަމަށެވެ. ކޮންމެވެސް ވަރަކަށް ވާހަކަފުޅުވެސް ދައްކަވާ ކަމަށާއި ކުރިއަށްވުރެ ގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމުގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އައިއީޑީއެއް ގޮއްވާލުމުން ބުރަބުރައިގެން ދިޔަ ތޫނު ގިނަ އެތިއެތިކޮޅު އެމަނިކުފާނުގެ ހަށިކޮޅަށް ހެރިފައިވާތީ އެ ތަކެތި ނެގުމަށް ގިނަ އޮޕަރޭޝަންތަކެއް ކުރި އިރު އެކަމަށް 16 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު