ކ. މާލެ
|
8 މެއި 2021 | ހޮނިހިރު 08:38
އިންޑިޔާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އަންދާލުމަށް މަސައްކަތްކުރަނީ
އިންޑިޔާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އަންދާލުމަށް މަސައްކަތްކުރަނީ
އަލްޖަޒީރާ
އިންޑިޔާ ވޭރިއަންޓް
އިންޑިޔާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރޭކަމަށް އިނގިރޭސި ސައިންސްވެރިން ބުނެފި
 
އިންޑިޔާގެ ދެކުނުގެ ސަރަހައްދުތަކުގައި މިހާރު ކޮވިޑް އަންނަނީ ފެތުރެމުން
 
އިންޑިޔާ ވޭރިއަންޓުގެ ތިން މިޔުޓޭޝަނެއް އުޅޭ
 
އިންޑިޔާ ވޭރިއަންޓަކީ ކަންބޮޑުވާ މިންވަރަށް ފެތުރޭ ވޭރިއަންޓެއްކަމަށް ސައިންސްވެރިން ބުނޭ

އިންޑިޔާގައި ފެތުރެމުން އަންނަ ވޭރިއަންޓަކީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓެއްކަމަށާއި އެ ވޭރިއަންޓްގެ ނުރައްކާ އޮތީ ހަމައެކަނި އިންޑިޔާ އަށް އެކަނި ނޫންކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ތަކެއް ބުނެފިއެވެ.

މިވޭރިއަންޓާ ގުޅޭގޮތުން ދިރާސާތައް ކުރިޔަށް ގެންދާ ސައިންސްވެރިން ބުނެފައިވަނީ މިވޭރިއަންޓްގެ ސަބަބުން މުޅި ދުނިޔެއަށްވެސް ނުރައްކާ އެބައޮތްކަމަށެވެ. އިންޑިޔާ ވޭރިއަންޓް އަސްލު ވައިރަސް އަށް ވުރެ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ވަނީ ބުނެފައެވެ.

އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓްކަމުގައިވާ ބީ.ވަން.ސިކްސްވަންސެވެން މިހާތަނަށް އައިއިރު ލޭބަލްކޮށްފައިވަނީ "ވޭރިއަންޓް އޮފް އިންޓަރެސްޓް"ގެ ގޮތުގައެވެ. މާނައަކީ މާނައަކީ އެ ވޭރިއަންޓަކީ މިޔުޓޭޓްވުމުގައި ވައިރަސްގެ އެމިނޯ އެސިޑަށް ބަދަލުތަކެއް ގެނުވާ ވޭރިއަންޓެކެވެ. އަދި އެ ވޭރިއަންޓްގެ ސަބަބުން ކޮމިޔުނިޓީ ޓްރާންސްމިޝަން އަކަށްގޮސް އެތައް ކުލަސްޓަރ އެއް އެކި ގައުމުތަކަށް ފެނިފައިވެއެވެ. އަދި ޑަބްލިޔުއެޗްއޯގެ ކަމާބެހޭ ޓީމުން އެ ވޭރިއަންޓަށް ބަދަލުވަމުންދާ ގޮތް ބަލަމުންދާނެއެވެ.

ފާހަގަކޮށްލެވޭ އެހެން ވޭރިއަންޓްތައް ކަމުގައިވާ ބްރެޒިލް، ދެކުނު އެފްރިކާ އަދި އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓްތަކަކީ "ވޭރިއަންޓް އޮފް ކޮންސަރން" ގެ ނަން ދީފައިވާ ވޭރިއަންޓްތަކެވެ. އެ ވޭރިއަންޓްތަކަކީ ހަލުވިމުނުގައި ފެތުރެމުންދާ ވޭރިއަންޓްތަކެވެ. އަދި މި ވޭރިއަންޓްތަކަށް ވެކްސިނާއި އެންޓިބޮޑީން ކުރާ އަސަރު ކުޑައެވެ. އިންޑިޔާ ވޭރިއަންޓް ދިރާސާކުރަމުން އަންނަ އިނގިރޭސިވިލާތުގެ ސައިންސްވެރިން ވަނީ މިވޭރިއަންޓް ވޭރިއަންޓް އޮފް ކޮންސަރން ކެޓަގަރީއަށް އަންނަންޖެހޭ ކަމަށް ބުނެފައެވެ.

ވެލްކޮމް ސެންގަރ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެފް ބެރެޓް ވިދާޅުވީ މިދިޔަ އަހަރު ފެނުނު ވައިރަސް އަށް ވުރެ މިހާރުގެ ވޭރިއަންޓް ބީވަންސިކްސްވަންސެވެންޓޫ ފެތުރޭ މިންވަރު ހަލުވިކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ބީވަންވަންސެވެން ވޭރިއަންޓް ނުވަތަ ކެންޓްގެ ނަން ދީފައިވާ ވޭރިއަންޓާ އެއްވަރަށް އިންޑިޔާ ވޭރިއަންޓް ފެތުރޭކަމަށް ބެލެވިދާނެކަމަށް ވަނީ ވިދާޅުވެފައެވެ. ކެންޓް ވޭރިއަންޓަކީ އިނގިރޭސިވިލާތަށް ދެވަނަ ރާޅެއް ކުރިމަތިކުރުވުމަށް މަގުފަހިވި ވޭރިއަންޓެވެ. އެވޭރިއަންޓް ފާހަގަވެފައިވަނީ ވައިރަސްގެ އަސްލަށްވުރެ ހަލުވިކަމާއެކު ފެތުރެމުންދިޔަ ވޭރިއަންޓްގެ ގޮތުގައެވެ.

އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓަކީ ބީވަންސިކްސްވަންސެވެން އެވެ. މިވޭރިއަންޓް ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ވަނީ މި ވޭރިއަންޓުން ތިން މިޔުޓޭޝަނެއް ފާހަގަކޮށްފައެވެ. މިއިން ކޮންމެ މިޔުޓޭޝަނެއް އަނެއް މިޔުޓޭޝަނާއި ތަފާތެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި އިންޑިޔާ ވޭރިއަންޓް ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވަނީ ފެތުރިފައެވެ. މިއާއެކު ގިނަ ގައުމުތަކަކުން ވަނީ އިންޑިޔާއަށް ދަތުރުކުރުން މެދުކަނޑާލާފައެވެ.

މީގެކުރިން ފެނިފައިވާ ވޭރިއަންޓްތައް ކަމުގައިވާ އިނގިރޭސިވިލާތުގެ ވޭރިއަންޓް، ބްރެޒިލް އަދި ދެކުނު އެފްރިކާ ވޭރިއަންޓަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމުގެ ދިރާސާތަކެއް ވަނީ ކުރެވިފައެވެ. އަދި މިހާރު އުފައްދާފައިވާ ވެކްސިންތަކުން މިވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ވަނީ ދެނެގަނެވިފައެވެ.

ނަމަވެސް އަލަށް މިހާރު ފެތުރެމުން އަންނަ އިންޑިޔާ ވޭރިއަންޓަށް ވެކްސިންގެ އަސަރުކުރާ މިންވަރު ދެނެގަތުމަށް އިތުރު ސާމްޕަލްތަކާއި ދިރާސާތައް ކުރިޔަށް ގެންދަންޖެހޭނެކަމަށް ޖެފް ވިދާޅުވިއެވެ.

އިންޑިޔާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރި އެތައް ހާސް ބަޔަކަށް ދުވާލަކު ވައިރަސް ޖެހެމުން އަންނައިރު އޭގެ ސަބަބަކީ ވޭރިއަންޓަކަށް ވެދާނެކަމަށް އެމެރިކާގައި މިފަދަ ބަލިތަކާއި ގުޅޭގޮތުން ދިރާސާކުރާ ސައިންސްވެރިއެއް ކަމުގައިވާ ކްރިސް މުރޭ ވިދާޅުވިއެވެ. ވޭރިއަންޓެއްގެ ސަބަބުން ނުވަތަ ކުރިން އިމިޔުނިޓީ ލިބިފައި ހުރި މިންވަރަށްވެސް ނުގުޑާ ވަރުގެ ވޭރިއަންޓެއް އެގައުމުގައި އުޅޭކަމަށް ބެލުމުގެ ފުރުސަތު އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑިޔާގައި މިހާރު ބައިބޯ ސަރަހައްދުތަކުން ދުރުގައި ހުރި ސަރަހައްދުތަކަށް ވައިރަސް އަންނަނީ ފެތުރެމުންނެވެ. ކުރިން އިންޑިޔާގެ ހުޅަނގާއި އުތުރުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އައި ނަމަވެސް މިހާރު މަންޒަރު ވަނީ އިންޑިޔާގެ ދެކުނަށް ބަދަލުވާން ފަށާފައެވެ. އެގޮތުން ދެކުނުގެ ފަސް ސްޓޭޓެއްގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު މެއި މަހުގެ ފުރަތަމަ ހަތް ދުވަހު ވަނީ 28 އިންސައްތައިން 33 އިންސައްތައަށް މައްޗަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
5%
5%
76%
5%
5%
5%
ކޮމެންޓް
ގުޅުންހުރި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
ކެނެޑާގައި ކާރެއްގެ ތެރޭގައި ބަޑިޖަހައި، އިންޑިއާގެ 24 އަހަރުގެ ރައްޔިތަކު މަރާލައިފި
ހާހަކުން 90ށް ދަށްވި ސިފައިންގެ ދެވަނަ ބެޗް ފުރައިފިކަމަށް ރައީސް ވިދާޅުވެއްޖެ