Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑުގެ އައު ވޭރިއަންޓެއް ލަންކާއިން

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ އަދަދުވެސް މިހާރު ވަނީ ލައްކައިން މައްޗަށް އަރާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2021 | އަންގާރަ 02:59
ލަންކާގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަނީ- އެ ޤައުމުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައި

ލަންކާގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަނީ- އެ ޤައުމުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައި

ގާތްގަނޑަކަށް ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ސްރީލަންކާއިން ފެނިއްޖެއެވެ.

ލަންކާގެ ސިއްހަތާބެހޭ އިދާރާތަކާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި އައު ވޭރިއަންޓު ފެތުރޭ މިންވަރުވެސް ކޮވިޑް-19 ގެ އާންމު ވައިރަހަށްވުރެ ހަލުވިއެވެ. އަދި މި ވޭރިއަންޓު ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަކަމަށް ސްރި ޖަޔަވަރދެނާ ޔުނިވަރސިޓީގެ އިމިއުނޮލޮޖީ އެންޑް މޮލިކިއުލަރ ސައިންސްގެ އެޗްއޯޑީ ނީލިކާ މަލާވީ ވިދާޅުވެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮވިޑުގެ މި އައު ވޭރިއަންޓު ކުއްލި ގޮތަކަށް ފެތުރެން ފަށާފައި މިވަނީ މިދިޔަ ހަފްތާގައި ފާހަގަކުރި ލަންކާގެ އައު އަހަރުގެ ހަފްލާތަކަށް ފަހުއެވެ. އަދި މި ވޭރިއަންޓުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކޮވިޑުގެ ގިނަ ކޭސްތަކެއް ރިޕޯޓު ކުރެވެމުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާއިން ފެންނަމުންދާ ކޮވިޑުގެ ކޭސްތައް ކޮންޓްރޯލް ކުރުމަށްޓަކައި އެ ޤައުމުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން މި ފިޔަވަޅުތައް އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދެމި އޮންނާނެކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. މި ފިޔަވަޅުތަކުގެ 50 އިންސައްތައަކީ އާންމުން އެއްވެ އުޅުން ހުއްޓުވައި، މަދު ކުރުމާ ގުޅޭ ފިޔަވަޅުތަކެވެ.

ލަންކާއިން މިހާރު ދުވާލެއްގެ މައްޗަށް 600އެއްހާ ކޭސް ރިޕޯޓު ކުރެވެއެވެ. އަދި މިވަގުތު އެ ޤައުމުގެ ސިއްޙީ ނިޒާމަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ސިއްޙީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް ފެންނަމުން ދިއުމުގެ ކަންބޮޑުވުން މިހާރު ވަނީ ކުރިމަތިވެފައެވެ.

މިހާތަނަށް ލަންކާއިން ކޮވިޑު ޖެހިގެން 642 މީހަކު ނިޔާވެފައިވާއިރު، އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ އަދަދުވެސް މިހާރު ވަނީ ލައްކައިން މައްޗަށް ގޮސްފައެވެ. އެގޮތުން މިހާތަނަށް 100،586 މީހުންނަށް ކޮވިޑު ޖެހިގެން އެ ޤައުމުން ރިޕޯޓު ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު