Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާގެ ކެމިކަލް ހަމަލާ

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

އެމެރިކާ އިން ހަމަލާ ދިނީ ސީރިއާ އިން އާންމުނަށް ކެމިކަލް ހަމަލާއެއް ދިނުމާ ގުޅިގެން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 15:57
އެމެރިކާ އިން ސީރިއާ އަށް ހަމަލާދެނީ

އެމެރިކާ އިން ސީރިއާ އަށް ހަމަލާދެނީ

ސީރިއާގެ އިދްލީބަށް ދިން ކެމިކަލް ހަތިޔާރުގެ ރައްދެއްގެ ގޮތުން އެ ސަރަހައްދުގެ މައި އަސްކަރީ އެއާބޭހަށް އެމެރިކާގެ މަނަވަރުތަކުން މިސައިލް ހަމަލާތައް ދީ ވަރަށް ބޮޑަށް ސުންނާފަތި ކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރަށް މިހާތަނަށް 59 ޓޮމްހޯކް ކްރޫސް މިސައިލް ފޮނުވާލާފައި ވެއެވެ. ސީރިއާ އިން ބުނާ ގޮތުގައި އެމެރިކާގެ މި ހަމަލާގައި ހަ މީހަކު ވަނީ މަރުވެފައެވެ. ޕެންޓަގަނުން ބުނީ މިއީ ސީދާ އަސްކަރީ މަރުކަޒަށް ދިން ހަމަލާއެއް ކަމުން އާންމުންނަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

މީގެ ކުރިން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ވީހާ ވެސް ދުރުގައި ތިބުމުގެ ސިޔާސަތެއް ގެންގުޅުއްވި އަދި އެކަމަށް ވަކާލާތުކުރެއްވި ޓްރަމްޕް ކުއްލި ގޮތަކަށް ނުރުހުންވެ ވަޑައިގެންނެވީ އިދްލީބްގެ ސަރަހައްދަކަށް ސީރިއާ ސަރުކާރުގެ ސިފައިން ދިން ކެމިކަލް ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވުމުންނެވެ. އަދި ކުޑަކުދިން މަރަށް ތެޅެމުން ދިޔަ މަންޒަރުތައް މީޑިއާގައި އާންމުވުމާ އެކު ޓްރަމްޕް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ކޯފާ އިސްކުރައްވާފައެވެ. އަދި މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ގައުމުތަކަށް ޓްރަމްޕް ގޮވާލެއްވިއެވެ.

ކެމިކަލް ހަމަލާ ދިން ކަމަށް އެކި ގައުމުތަކުން ތުހުމަތުކުރަމުންދާ އިރު ސީރިއާ ސަރުކާރުން ބުނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށާއި އަދި ކެމިކަލް ހަތިޔާރު ދުވަހަކު ވެސް ބޭނުން ނުކުރާނެ ކަމަށެވެ.

މިއީ ސީރިއާގެ ހަނގުރާމައިގައި އެމެރިކާ އިން ސީދާ ގޮތެއްގައި ދިން ފުރަތަމަ ހަމަލާއެވެ. މީގެ ކުރިން އެމެރިކާ ސަރުކާރުން ގެންދިޔައީ އެހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ހަމަލާއަށް ފަހު ދެ ވަނަ ކެމިކަލް ހަމަލާއެއް އިދްލީބަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އެކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު