Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާގެ ކުރީގެ ރައީސް

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017 | ބުދަ 10:23

ޕާކްގެ މައްޗަށް ތުހުމަތު ކުރެވުނު އެންމެހާ ކަންކަން އެކަމަނާ ދޮގުކުރައްވާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 މާރިޗު 2017 | ބުދަ 10:23
ޕްރޮސިކިއުޓަރ އޮފީހަށް ވަޑައިގެންނެވުމަށް ފަހު ޕާކްވަނީ" ރައްޔިތުން ކިބައިން މައާފަށް އެދިވަޑައިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި

ޕްރޮސިކިއުޓަރ އޮފީހަށް ވަޑައިގެންނެވުމަށް ފަހު ޕާކްވަނީ" ރައްޔިތުން ކިބައިން މައާފަށް އެދިވަޑައިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި

މަގާމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ރައީސް ޕާކްގިއުން ހައިއާ, އެ ގައުމުގެ ޕްރޮސިކިއުޓަރުން 14 ގަޑިއިރު ވަންދެން ސުވާލުކޮށްފިއެވެ.

ޕާކްގެ މައްޗަށް ތުހުމަތު ކުރެވުނު އެންމެހާ ކަންކަން އަންގާރަ ދުވަހު އޭނާ ދޮގުކުރައްވާފައިވާ ކަމަށް ޔޮނެޕް ނިއުސް އިން ރިޕޯޓްކޮށްފައި ވެއެވެ.

ޕާކްގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި ސޫން ސިލް އަށް ބޮޑެތި ކުންފުނިތަކުން ފައިސާ ލިބޭނެ ގޮތަށް އޭނާ އެދިގެން ޕާކް އެ ކުންފުނިތަކަށް ކަންކަން ފަހިކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕާކްގެ މައްޗަށް ދައުވާ ކުރެވޭނެއެވެ.

ޗޮއިގެ މައްޗަށް ވަނީ ރިޝްވަތު ދިނުމާ ކޮރަޕްޝަނުގެ ދައުވާކޮށްފައެވެ.

ޕްރޮސިކިއުޓަރ އޮފީހަށް ވަޑައިގެންނެވުމަށް ފަހު ޕާކް ވަނީ ރައްޔިތުން ކިބައިން މައާފަށް އެދިވަޑައިވަޑައިގަންނަވާ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަަމަށް ވައުދުވެ ވަޑައިގަންނަވާފައެވެ.

ހެނދުނުން ފެށިގެން އިރުއޮއްސި އެތައް އިރެއް ވަންދެން ސުވާލު ކުރެވިފައިވާއިރު ހަނުހުުރުމުގެ ހައްގު އެކަމަނާ ބޭނުންކުރައްވާފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެކަމަނާގެ ވަކީލް ވިދާޅުވީ ބަޔާންތަކުގެ ސައްހަކަން ބެލުމަށް ފަހު އެކަމަނާ ދޫކޮށްލާނެ ކަމަށެވެ.

އެ ކަމަނާ ހައްރުކޮށްފާނެތޯ ސުވާލުކުރުމުން ޕްރޮސިކިއުޓަރުން ވިދާޅުވެފައި ވަނީ ބޮޑަށް އަހަމިއްޔަތުކަން ދެކެނީ ސުވާލުކުރަން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޕާކް ވެވަޑައިގެންފައި ވަނީ އެގައުމުގައި ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވި ވަޑައިގެންނެވި ވެރިންގެ ތެރެއިން މަގާމުން ދުރުކުރެވޭ ފުރަތަމަ ރައީސް އަށެވެ.

ޕާކް ގިއުން ހައި މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުން ނިންމިއިރު ކޯޓް މަރުހަލާގައި ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވެފައި ވަނީ އެ ނިންމުމަށް ތާއީދުކުރުމަށެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް