Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރެފިއުޖީންގެ މައްސަލަ

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

މިއަހަރުގެ މިހާތަނަށް އިޓަލީ އަށް ވަނީ 16،248 އަށް މީހުން ހިޖުރަކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 މާރިޗު 2017 | ބުދަ 13:39
މިއަހަރު މިހާތަނަށް ކަނޑުހުރަސް ކުރަން އުޅުމުގެ ތެރޭ 500 މީހުން ވަނީ މަރުވެފައި

މިއަހަރު މިހާތަނަށް ކަނޑުހުރަސް ކުރަން އުޅުމުގެ ތެރޭ 500 މީހުން ވަނީ މަރުވެފައި

މެޑިޓެރޭނިއަން ކަނޑުގެ މެދުތެރޭ ރޫޓް އިން، ލީބިޔާއިން އިޓަލީއަށް ދާން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އަންގާރު ދުވަހު ބުނެފިއެވެ.

އައިއޯއެމްގެ ތަރުޖަމާނު ޖޮއެލް މިލްމަން ވިދާޅުވީ ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ރެފިއުޖީން ހިމެނޭ ގޮތުން، މިއަހަރުގެ މިހާތަނަށް 500 މީހުން މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކު ކަނޑު ހުރަސްކުރަން މަސައްކަތް ކުރީ މޫސުންވެސް ރަނގަޅުވުމުގެ ސަބަބުން ކަމަށެވެ.

ހޯމަދުވަހު، އިޓަލީ އާއި ޔޫރަޕުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެފައި ވަނީ ލީބިޔާ ގައި މީހުން ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތާ އަދި އެހެނިހެން އެހީ ލީބިޔާއަށް ދިނުމަށް ތައްޔާރު ކަމަށެވެ. ލީބިއާގައި މީހުން ޓްރެފިކް ކުރުން އިތުރުވެފައި ވަނީ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލައި އެގައުމުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ހެދިއެވެ.

މިއަހަރުގެ މިހާތަނަށް އިޓަލީ އަށް ވަނީ 16،248 އަށް މީހުން ހިޖުރަކޮށްފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި އިޓަލީއަށް ހިޖުރަކޮށްފައި ވަނީ 13،825 މީހުންނެވެ. އެހެން ނަމަވެސް ޔޫރަޕަށް ޖުމްލަގޮތެއްގައި ހިޖުރާ ކުރާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
09 މެއި 2017

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
25 އެޕްރީލު 2017

އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި

25 އެޕްރީލު 2017
އެމެރިކާގެ ސަބްމެރިންއެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު