Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޔާ މުސްލިމުން

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

ބޯޓްގައި ތިބި ރޮހިންޔާ މުސްލިމުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ މިހާރު ހަވާލު ކުރެވިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 1 މެއި 2017 | ހޯމަ 11:37
ލަންކާ ކޯސްޓް ގާޑްގެ އުޅަނދެއް

ލަންކާ ކޯސްޓް ގާޑްގެ އުޅަނދެއް

ރޮހިންޔާ މުސްލިމުންގެ 30 ރެފިއުޖީން ގޮވައިގެން ދަތުރުކުރި އިންޑިއާގެ ބޯޓެއް ސްރީލަންކާ ކަނޑުގެ ސަރަހައްދުން އާދީއްތަ ދުވަހު އަތުލައިގެންފިއެވެ.

30 ރެފިއުޖީންގެ ތެރޭގައި 16 ކުޑަކުދިން ހިމެނޭއިރު ސްރީލަންކާގެ ކޯސްޓް ގާރޑުން ބުނެފައި ވަނީ، އިންޑިއާގެ ބޯޓް އަތުލައިގަތީ ސްރިލަންކާ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަނުމުން ކަމަށެވެ.

އަތުލައިގަތް އިންޑިއާގެ ބޯޓުގައި ތިބި ކުޑަކުދިންނަށް ކުއްލި އެހީ ލަންކާ ކޯސްޓް ގާޑުން ފޯރުކޮށްދީފައިވާއިރު، ބޯޓުގައި ހިމެނެނީ ހަތް ފިރިހެނުންނާއި، ހަތް އަންހެނުންނާއި، ސޯޅަ ކުޑަކުދިންގެ އިތުރުން އިންޑިއާގެ ދެމީހުންނެވެ. އިންޑިއާ ދެމީހުންނަކީ ބޯޓު އޮޕަރޭޓު ކުރަމުން ދިޔަ ދެމިހުންނެވެ.

ބޯޓްގައި ތިބި ރޮހިންޔާ މުސްލިމުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ މިހާރު ހަވާލު ކުރެވިފައިވާ ކަމަށާއި، އަދި ބޯޓްގައި ތިބި އިންޑިއާ ދެމީހުން އިތުރު ތަހްގީގަށް ހައްޔަރު ކުރެވިފައިވާ ކަމަށް ސްރީލަންކާގެ ނޭވީގެ ތަރުޖަމާނު ޗަމިންދާ ވަލަކުލުގެ ވަނީ މީޑިއާތަަކަށް ވިދާޅުވެފައެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާގޮތުން ބޯޓުގެ ކްރޫއިން ދިޔައީ ރޮހިންޔާ މުސްލިމުން ލަންކާއަށް އެތެރެ ކުރުމަަށެވެ.

މިޔަންމާގެ ރަހީން ސްޓޭޓުގައި އުޅޭ މުސްލިމުންނާއި ދޭތެރޭ ސަރުކާރާއި އަދި ބުދިސްޓުން އަނނިޔާވެރިވެ އެތަކެއް ލާއިންސާނީ އަމަލުތަކެއް ދަނީ ހިންގަމުންނެެވެ. އެހެން ކަމުން އެތައް މުސްލިމުން ދަނީ މިޔަންމާ ދޫކޮށް އެހެން ގައުމުތަކުން ރައްކާތެރިކަން ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު