Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކިމް ޖޮން ނަމް މަރާލުން

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

ނަމް މަރާލީ ބާރުގަދަ ވިހައެއް ހާކައިގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 މާރިޗު 2017 | ހޮނިހިރު 21:53
މަރާލައިފައިވާ ކިމް ޖޮން ނަމް

މަރާލައިފައިވާ ކިމް ޖޮން ނަމް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމްގެ ގަބުރާ ދޭތެރޭ ކަން ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް މެލޭޝިއާގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގު ނިންމާ މެލޭޝިއާގެ ފުލުހުން ވަނީ ހުކުރު ދުވަހު ކިމް ޖޮން ނަމްގެ ހަށިގަނޑު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މެލޭޝިއާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ހިލްމީ ޔަހްޔާ ހޮނިހިރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ ފުރާނަ ނެތް ހަށިގަނޑެއް ހޮސްޕިޓަލުގައި ބޭއްވޭނެ ވަކި މުއްދަތެއް ކަނޑައަޅާ ގަވާއިދެއް ނެތް ކަމަށާއި، އެހެން ކަމުން ކިމް ޖޮން ނަމްގެ ހަށިގަނޑު ދިނުމަށް އެދޭ ފަރާތަކަށް އެކަމަށް އެދުމަށްވެސް ވަކި މުއްދަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް ކިމް ޖޮން ނަމްގެ އާއިލާއިން، އާއިލާއަށް ހަށިގަނޑު ލިބިދިނުމަށް ނޭދޭނަމަ، ކިމް ޖޮން ނަމް މެލޭޝިއާގައި ވަޅުލެވިދާނެކަމަށެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އުތުރު ކޮރެއާއާ ހަވާލުކޮށްފި

31 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު