Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުނިޔޭގެ ފޮތުގެ ދުވަސް 2021

އިލްމާއި މައުލޫމާތު ހޯދުމުގައި އިންސާނާގެ އެކުވެރިޔަކީ ފޮތް

24 އެޕްރީލު 2021 | ހޮނިހިރު 08:50

ފޮތް ކިޔުމުގެ ސަބަބުން މުއްސަނދި ބަސްކޮށާރެއް ލިބުމަށް އެހީވެދޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 އެޕްރީލު 2021 | ހޮނިހިރު 08:50
ފޮތް ކިޔުމުން މައުލޫމާތު މުއްސަނދިވެ ޚިޔާލުވެސް ތަނަވަސްވޭ

ފޮތް ކިޔުމުން މައުލޫމާތު މުއްސަނދިވެ ޚިޔާލުވެސް ތަނަވަސްވޭ

ތަރައްގީއަކީ ހަމައެކަނި އުމްރާނީ ގޮތުން ކުރިއަރައި ދިއުމެއް ނޫނެވެ. އެއީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެކެވެ.

މައުލޫމާތު މުއްސަނދިވި ވަރަކަށް އިންސާނާގެ ލޯ ދުނިޔެއަށް ހުޅުވި މީހާ ތަރައްގީވެ ކުރިއަރައިދެއެވެ. މީހާ ތަރައްގީވެ ކުރިއަރައިފިނަމަ އެމީހަކު އުޅޭ މާހައުލެއްވެސް ކުރިއަރައިގެން ދެއެވެ.

މީހަކު ކިތަންމެ މަސައްކަތެއް ކޮށްދިނަސް އިންސާނާ ވިސްނައި ދެނެގަންނަން ބޭނުންވާ މައުލޫމާތެއް މެނުވީ އޭނާގެ ސިކުނޑިއަކަށް ނުވިސްނޭނެއެވެ. މިއީ އިންސާނުންގެ ތަބީއަތެވެ. ކޮންމެއަކަސް މި އިލްމާއި މައުލޫމާތު ހޯދުމުގައި އިންސާނާއަށް އެންމެ އެހީތެރިވާ ވަސީލަތަކީ ލިޔެފައިވާ ލިޔުންތަކާއި ފޮތްތަކެވެ.

ދުނިޔޭގެ ފޮތުގެ ދުވަސް އޭޕްރީލް 23 ވަނަ ދުވަހު ފާހަގަކޮށްފައިވާއިރު ފޮތް ކިޔުމުގެ ފައިދާތައް އެނގުން ވަރަށް މުހިއްމެވެ.

ފޮތް ކިޔުމަކީ މީހާގެ ވިސްނުން ތޫނުކޮށްދީ ސިކުނޑި ތަނަވަސް ކޮށްދޭ ކަމެކެވެ. ކުޑަކުއްޖެއް، ޒުވާނެއް ނުވަތަ މުސްކުޅިއެއް ކަމުގައި ވިޔަސް ފޮތް ކިޔުމުން އެމީހަކު އިލްމީ ގޮތުން މުއްސަނދި ކޮށްދެއެވެ. ވިސްނުންތެރިކަމަށް ދަތުރުކުރެވެއެވެ. ވިސްނުންތެރި ކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ހުރަސްތަކާއި ކުރިމަތިލުމަށް ނަފުސަށް ހިތްވަރު ދެއެވެ. އަދި ކަންކަމުގައި ރަނގަޅު ގޮތާއި މަގު އިޚުތިޔާރުކުރުމަށް ވެސް ފަސޭހަވެއެވެ.

ފޮތް ކިޔުމުގެ ސަބަބުން މުއްސަނދި ބަސްކޮށާރެއް ލިބުމަށް އެހީވެދެއެވެ. މުއްސަނދި ބަސްކޮށާރެއް ލިބުމަކީ އެހެން މީހުންނާ ގިނައިން މުއާމަލާތްކޮށް ރަނގަޅު މައުލޫމާތުތައް ލިބޭނެ ކަމެކެވެ. ފޮތެއް ކިޔައިލީމާ ކުރިން ނޭނގޭ އާ ބަސްބަސް ދަސްވެއެވެ. އެބަސްތައް ބޭނުން ކުރެވޭނެ ގޮތާއި ވަގުތާއި ހާލަތު އެނގިދެއެވެ. އަދި އެއް މާނައެއްގައި ބޭނުން ކުރެވޭ ގިނަ ބަސްތައް ދެނެގަނެވި މީހުންނާ މުއާމަލާތު ކުރަން ފަސޭހަވެ، ވާހަކަދެއްކުންތެރި ކަމުގެ ރޮނގުންވެސް ކުރިއަރަން މަގުފަހިވެއެވެ.

އިންސާނަކު ކުރި އަރައި ދިއުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެމީހެއްގެ ހަނދާން ވަރުގަދަ ކުރުމެވެ. ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ގިނައިން ފޮތް ނުވަތަ މައުލޫމާތު ލިބޭ ވަސީލަތެއް ކިޔާ ސިކުނޑިއަކަށް އެ މައުލޫމާތުތައް ފޯރު ކޮށްދޭނަމަ ހަނދާން ވަރުގަދަވެގެންދެއެވެ. އަދި ގިނައިރު ގިނަ ތަކެތި ހަނދާނުގައި ބެހެއްޓުމަށް އެހީވެއެވެ.

އިތުރު ކަންކަމަށް ބަލާއިރު ފޮތް ކިޔުމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަަށް ވެސް އޭގެ ހެޔޮ އަސަރު ކުރާ ކަމެކެވެ. ގިނަގިނައިން ފޮތް ކިޔުމުން ބޭކާރު ވިސްނުންތަކާ ޚިޔާލުތަކާ ދުރުވުމަށް އެހީވެދެއެވެ. އަދި އެހެން ދިމާލަކަށް ވިސްނުން އަނބުރާލައެވެ. ހާސްވެ ކަންބޮޑުވާ ވަގުތުގައި ފޮތެއް ނޫހެއް ނުވަތަ މިނޫންވެސް މިފަދަ އެހެން ވަސީލަތެއް ކިޔާލާށެވެ. ހަމަގައިމުވެސް ކަންބޮޑުވުމާ ދުރުވެވޭނެއެވެ. ހަމަޖެހިލުމަށް މަގުފަހި ވެގެންދާނެއެވެ. މީހަކު ކުރިއަރައިގެން ދިޔުމަށްޓަކައިވެސް އެންމެ މުހިއްމު ކަމަކީ ހަމަޖެހިގެން ހުރުމެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމެވެ.

ގިނަގިނައިން ފޮތް ކިޔުމަށް އާދަ ކޮށްފިނަމަ މުހިއްމު ކަންކަމަށް ސަމާލުކަން ދޭން ދަސްވާނެއެވެ. މުހިއްމު ބަސްތަކާއި މުހިއްމު ޖުމުލުތަކަށް ސަމާލުކަން ދޭ ފަދައިން ހަޔާތުގައި ދިމާވާ މުހިއްމު ކަންކަމަށް ސަމާލު ކަން ދީ ކުދި ކަންކަމާ މެދު މާބޮޑު ފިކުރު ކުރުމެއް ނެތި ފުރަތަމަ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީ ބޮޑެތި މައްސަލަތައް ހައްލު ކުރަން ދަސްވާނެއެވެ. މިއަށް އިނގިރޭސިން ކިޔައި އުޅެނީ ޕްރަޔޯރަޓައިޒް ކުރުމެވެ.

މިހުރިހާ ކަމަކުންވެސް ހާމަވަނީ އެއްކަމެކެވެ. އެއީ ފޮތް ކިޔައި އުޅޭ މީހަކީ ހުރިހާ ގޮތުންވެސް ގާބިލް ކުރިއަރައިފަވާ މީހަކަށް ވެގެން ދާކަމެވެ. މިފަދަ މީހަކީ ވިސްނުން ތޫނު، ނަފްސާނީ ގޮތުން ދުޅަހެޔޮ، ބަސްކޮށާރު މުއްސަނދި، މުހިއްމު ކަންކަމަށް ސަމާލުކަން ދޭން އެނގޭ މީހެއް ކަމެވެ. މިއީ ގިނަ އިލްމީ މާހިރުން އަދި ސައިންސްވެރިން ވެސް އެއްބަސްވާ ގޮތުގައި ކާމިޔާބު މީހަކަށް ވުމަށް މުހިއްމު ސިފަތަކެކެވެ. ވުމާއެކު ކޮންމެ މީހަކީވެސް ފޮތް ކިޔާ މީހަކަށް ވުމަށް އާދަކުރަމާ ތޯއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2022

ޓެކްސީ ހޯދުމުގައި ދެންވެސް އޮތީ ގަނަތެޅުން

27 ޖެނުއަރީ 2022
ޓެކްސީ ހޯދުމުގައި ދެންވެސް އޮތީ ގަނަތެޅުން
24 ޖުލައި 2021

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކުރުން

24 ޖުލައި 2021
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކުރުން
10 ސެޕްޓެމްބަރު 2020

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

10 ސެޕްޓެމްބަރު 2020
ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!
18 ޖުލައި 2020

ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި

18 ޖުލައި 2020
ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި
06 ޖުލައި 2020

ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!

06 ޖުލައި 2020
ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!
03 ސެޕްޓެމްބަރު 2019

ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!

03 ސެޕްޓެމްބަރު 2019
ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!
17 ޖޫން 2018

ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

17 ޖޫން 2018
ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
06 ޖުލައި 2017

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

06 ޖުލައި 2017
މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް