Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކުރުން

ދުލާއި ގަލަމުގެ މިނިވަންކަމާއެކު މައުލޫމާތު ލިބިގަތުމުގެ ހައްގުވެސް ކަށަވަރުވާންޖެހޭ

ރާއްޖެ އެމްވީ | 24 ޖުލައި 2021 | ހޮނިހިރު 10:39
މިނިވަން ނޫސްވެރިކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރު ކުރުމަށް އުފެދިފައިވާ މުއައްސަސާތަކުގެ އޮފީސްތައް

މިނިވަން ނޫސްވެރިކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރު ކުރުމަށް އުފެދިފައިވާ މުއައްސަސާތަކުގެ އޮފީސްތައް

މިގައުމުގައި ދުލާއި ގަލަމުގެ މިނިވަންކަން މިހާރު އެބައޮތެވެ. އެކިއެކި ގާނޫނުތަކުން އެ މިނިވަންކަން ދިވެހިންނަށް ވަނީ ލިބިދީފައެވެ. ބުނެވޭ އެއްޗަކުން ނުވަތަ ލިޔެވޭ އެއްޗަކުން ހައްޔަރުކޮށް ހުރަގެއަށްލައި އަދަބު ދިނުމެއް މިހާރަކު ނޯވެއެވެ. އެއީ ތަންކޮޅެއް ކުރީގެ އާދައެކެވެ. ދުލާއި ގަލަމުގެ މިނިވަންކަން ލިބިދިނުމުގެ ހަމަތަކާއި އުސޫލުތަކަށް ބިނާކޮށްގެން ދުނިޔޭގެ އެކި ގައުމުތައް ތަރުތީބުކުރެވިފައިވާ ލިސްޓު ކޮންމެ އަހަރަކު ނެރޭއިރު ކޮންމެ ފަހަރަކުވެސް އެތައް ދަރަޖައެއްގެ ކުރިއެރުން ރާއްޖެއިން ހޯދައެވެ. ގައުމެއްގައި ޑިމޮކްރަސީ އަށަގެންފައިވާ މިންވަރާއި ވެރިކަމުގެ ފަރާތުން ތަފާތު ފިކުރުތަކަށް ޖާގަދީގެން ކަންކަން ތަހައްމަލް ކުރަމުންދާ މިންވަރު އަންގައިދޭ މިންގަޑަކީވެސް މި މިންގަޑެވެ.

މިނިވަން ނޫސްވެރިކަމެއްގެ ތެރެއިން ދުލާއި ގަލަމުގެ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި ހިފަމުންދާއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީވެސް ވަރަށް މުހިއްމު ހައްގެކެވެ. އެއީ ކަށަވަރުވެފައި އޮންނަންޖެހޭ ހައްގެކެވެ. މިރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އޮތީ ފަހިކޮށްދީފައެވެ. އެކަމަކު މިއީ ވަރަށް ބޮޑު ކުރިއެރުމެއް ގެންނަން ޖެހިފައިވާ ދާއިރާއެކެވެ. ގާނޫނެއްގައި ލިޔެ ބަޔާންވެފައި އޮތެއް ކަމަކު މައުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަމުގައި ދައުލަތުގެ ބައެއް މުއައްސަސާތައް އަދިވެސް އުޅެނީ ވަރަށް ފަހަތުގައެވެ. ސައްހަ މައުލޫމާތު ދީފިނަމަ އެ މުއައްސަސާއެއް ނުވަތަ އެ މުއައްސަސާއެއްގެ ވެރިން ބަދުނާމުވެދާނޭ ކަމުގެ ބިރު އޮތުމުން ކަމަށްވެސް ވެދާނެއެވެ. މައުލޫމާތު ދިނުމަކީ ބައެއް މުއައްސަސާތަކުން މިއަދުވެސް ވަރަށް ޖެހިލުންވާ ކަމެކެވެ. މިއީ ބަދަލުވާންޖެހިފައިވާ އާދައެކެވެ.

ގިނަފަހަރަށް މުއައްސަސާތަކުން ހާމަކުރަމުން ގެންދަނީ އެ މުއައްސަސާއަކުން ބޭނުންވާ މައުލޫމާތެވެ. ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ އަދި ދެނެގަންނަން ބޭނުންވާ މައުލޫމާތެއް ނޫނެވެ. ކިތަންމެ ގިނައިން އެދުނަސް ބޭނުންވާ މައުލޫމާތު ނުދީ ހިފަހައްޓާތަން މެދުވެރިވެއެވެ. މިފަދަ ހިފެހެއްޓުންތަކަކީ އެންމެ ކުރީޒަމާނުން ފެށިގެން މިހާތަނަށްވެސް ދޫކޮށްނުލެވި ދެމިގެން އައިސްފައިވާ އާދައެކެވެ. މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުން ދެނެގަންނަން ބޭނުންވާ ކަންކަން ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ފަހަކަށް އައިސް މިރާއްޖޭގައި ފިޔަވަޅުތަކެއް އެޅިފައިވެއެވެ. އެކަމަކު އެކަށީގެންވާ ނަތީޖާތަކެއް އަދި ވަނީ ނެރެވޭގޮތް ނުވެފައެވެ. އެކި މުއައްސަސާތަކުގައި މައުލޫމާތު ދިނުމަށް ޚާއްސަކުރެވިފައިވާ އޮފިޝަލުން ބޭތިއްބުމާއި މުޅިން އަލަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނަމުގައި މަގާމެއް އުފައްދައި މުއައްސަސާއެއް ވުޖޫދު ކުރުމަކީ މިރޮނގުން އެޅިފައިވާ މުހިއްމު ފިޔަވަޅެކެވެ.

ނޫސްވެރިން އެދުނަކަސް ބައެއް ކަހަލަ މައުލޫމާތަކީ ހާމަކޮށްގެން ފަރުޖެއްސޭނޭ މައުލޫމާތަކަށް ނުވެ ހިނގައިދާނެއެވެ. އޭގެތެރޭގައި ގައުމީ ސަލާމަތާއި ގުޅުންހުރި ސިއްރުތަކާއި ދައުލަތުގެ މާލީ ސިއްރުތަކާއި ހިނގަހިނގައި އޮންނަ ތަހުގީގަކަށް ހުރަސްއެޅިދާނޭ މައުލޫމާތު ހިމެނެއެވެ. މިދައްކަނީ އެކަހަލަ މައުލޫމާތުގެ ވާހަކައެއް ނޫނެވެ. މިރާއްޖެއަށް ބަޑީގެ ވަޒަން އެތެރެކޮށް އެތަކެއްޗާއެކު އުޅޭނެހާތާކު އުޅެފައި އޭގެ ބޭނުން ހިފާނެ ގޮތަކަށް ހިފައި ވިއްކަންޏާ ވިއްކައި އެއިން ވިޔަފާރިކޮށްގެން ފުރަންދާ ބިދޭސީއެއްގެ އަތުން ބާކީ ހުރި ވަޒަންކޮޅު ފެނުނީމާ އެއީ ކީއްކުރަން ކޮންތާކުން ގެނައި ކިހާ މިންވަރެއްގެ ވަޒަންތަކެއްކަން ދިވެހިން ދެނެގަންނަން ބޭނުންވާނެއެވެ. އެމީހަކު ހައްޔަރުކޮށްގެން ދެތިން ފަހަރަކު ހައްޔަރުގެ މުއްދަތުވެސް އިތުރުކޮށްގެން ކުރި ތަހުގީގެއްކޮށް ނިންމައި އެންމެފަހުން މިރާއްޖެއިން ބޭރުކޮށް ފައްސައިލާއިރުވެސް ރައްޔިތުން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ނުލިބެންޏާ އެއީ މައްސަލައެކެވެ.

ކަނޑަށް ޖައްސާ މަތިންދާބޯޓެއް ވެއްޓުނީމާ އެކަން ހިނގިގޮތުގެ މައުލޫމާތު ބޭނުންވެގެން ރައްޔިތުން އެދި އާދޭސްކުރާތާ ހަމަސް ފާއިތުވެގެންދާއިރުވެސް އެއީ މިވެނިހެން ވެގެން އެވެނިހެން ވެގެން މިވެނި އެއްޗެއް ފެއިލްވެގެން ހިނގި ކަމެކޭ ނުބުނެވެންޏާ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޕައިލެޓުގެ އިހުމާލެއް އޮތިއްޔާ އެކަމަކާއި ޕައިލެޓް ހުރީ މަސްތުގެ ހާލުގައި ކަމަށްވަންޏާ އެކަމެއްވެސް ތަހުގީގަށް އޮންނާނީ ފެނިފައެވެ. ތަހުގީގަށް ފާހަގަކުރެވުނު މައުލޫމާތުތައް ދެނެގަންނަން ރައްޔިތުން ބޭނުންވާނެއެވެ. އެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބެނީ ނޫސްވެރިންނެވެ. މުއައްސަސާތަކުގެ ދޮރުގައި ނޫސްވެރިން ޓަކިދެމުންދެމުންގޮސް ވަރުބަލިވެ ފޫހިވެގެން ހުއްޓައިލާއިރުވެސް އެބަބަލަން އެބަބަލަން ނޫން ޖަވާބެއް ނުލިބެންޏާ އެއީ މައްސަލައެކެވެ.

މިޒާތުގެ މައުލޫމާތު ނުލިބިގެން ރައްޔިތުން ޝަކުވާކުރީމާ އެކަން ބަލައި މައުލޫމާތުގެ ދޮރުހުޅުވައި އެ ހައްގު ކަށަވަރުކޮށްދޭން ހުންނަވަނީ އިންފޮމޭޝަން ކޮމިޝަނަރެވެ. އެންމެފަހުން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު މަގާމުން އިސްތިއުފާ ދެއްވިތާވެސް ކިތަންމެ ދުވަހެކެވެ. އެ މަގާމަށް އައުބޭފުޅަކު އަދި އައްޔަނެއް ނުކުރައްވައެވެ. މިކަން ދިގުދެމިގެން ލަސްވަމުން އައުމަކީވެސް މައްސަލައެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކުރުމަށްޓަކައި އަބަދުވެސް ހޭލައި ހުޝިޔާރުވެ ހުންނަވާ ކޮމިޝަނަރަކު ފެންނާން ހުރުން ލާޒިމެވެ. މައުލޫމާތު ހޯދއި ލިބިގަތުމުގެ ހައްގަކީ ބޭނުންވީމާ ބޭނުންއިރަކު ބޭނުން މިންވަރަކަށް އަދާ ކުރެވޭ ހައްގެއްގެ ގޮތުގައި އޮތުމަކީ ނިޒާމު ބައްޓަން ކުރެވިފައިވާގޮތާ ފުށުއަރާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު