Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

2013 ވަނަ އަހަރު ވެރިކަން ހަވާލުކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 6 ޖުލައި 2017 | ބުރާސްފަތި 12:53
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް - މެންބަރުންތައް ވަކިވުމުގެ ކުރިން

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް - މެންބަރުންތައް ވަކިވުމުގެ ކުރިން

އެންގެވިހާ ގޮތެއް ހެދީއެވެ. ގުދުވާން ބުނީމާ ގުދުވީއެވެ. ގަނޑެއް ޖަހާލަން ބުނީމާ ތާއްޔާ ޖެހެމުން އެކަންވެސް ކުރީއެވެ. ފޮނުވިހާ އެއްޗެއް ފާސްވެސް ކުރީއެވެ. ރައްޔިތެއް، ދާއިރާއެއް، ގައުމެއް، އިސްތިގުލާލެއް ބެލުމެއް ނެތި ސަރުކާރަށްޓަކައި ޖާނާއި ފުރާނައިން ގުރުބާންވީއެވެ. ނަމަވެސް، ކެތް ވާނީ ވަކި ވަރަކަށްތާއެވެ. ބޮލެއް ހުރީ ވިއްޔާ ފެތެންދާ އޮޑިއެއްގައި ނުހުރެ ހިކިފަސް ތަނެއް ހޯދާނެތާއެވެ.

ހަތަރު ވަރަކަށް އަހަރު ފަހަތަށް ޖެހިލާނަމެވެ. ހިނގި އެތައް ބައިވަރު ކަންތައްތަކަކަށް ފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެވަޑައިގަތެވެ. ޖެހިގެން އައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ އަޣްލަބިއްޔަތު ލިބިވަޑައިގަތެވެ. ރައީސް އަބްދުﷲ ޔާމީނަށް ދިން ވަރުގެ އާރަކާއި ބާރެއް މި ރާއްޖޭގެ ރައްޔިތުން މީގެ ކުރިން އެހެން ވެރިއަކަށް ނުދެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރެންދާއިރު އާންމުވީ ޚިޔާނާތާއި ފަސާދައެވެ. ގެއްލިގެން ދިޔައީ އަސާސީ ހައްގުތަކެވެ. ސިޔާސީ ކުށްވެރިން ބަންދުކޮށް ޖަލުތައް ފުރާލައިފިއެވެ. ބަޑިއާއި ވަޒަނާއި ބޮމުން ނާމާންކަން އުފައްދައިފިއެވެ. ގާނޫނުތައް އެފުށް މިފުށަށް ޖަހައި، ގާނޫނު އަސާސީގެ އަތްފައި ބުރިކޮށް، މުޅި ނިޒާމު ގަޑުބަޑުކޮށްލާފައެވެ. ނުއަގުގައި ވިއްކާނުލާ ފަޅެއް، ރަށެއް، ގިރިއެއްހާ ހިސާބު އޮތިއްޔާ ރަނގަޅެވެ. ހައްގެއް ގެއްލިގެންދާނެ ތަނެއް ނެތެވެ. އަނގައިން ނުބުނެވެއެވެ. އަތެއް ފައެއް ހިއްލައެއް ނުލެވެއެވެ. ސަހަރޯއެވެ. އިންސާފުގެ ވާހަކަ ނުދައްކަމާ ދެއްތޯއެވެ؟

މި ހުރިހާ ކަމެއް މިހެން ވާން ދިމާވީ ރައްޔިތުންގެ ޚާދިމުން ރައްޔިތުންނަށް ހަރާންކޯރުވީމައެވެ. ވެރިން ޒިންމާދާރުކުރުވުމުގެ ބާރު ރައްޔިތުން ހަވާލުކުރީމާ ގައްދާރުވީމައެވެ. ލިބުނު އެއްޗަކާ ހޯދުނު އެއްޗެއްގެ އަވައިގައި ޖެހި އަމިއްލަ ޟަމީރު ޖަލަށްލީމައެވެ. ދުނިޔެވީ މުއްސަނދިކަމުގެ މަސްތުގައި ޖެހި ކުރަން ހެޔޮނުވާ ވަރުގެ ކަންކަން ކުރެވުނީމައެވެ. ނަމަވެސް، އަތްފައިގައި އެޅުވިފައިވާ ކަސްތޮޅުތައް މުގުރާލައި މެންބަރުން ހަގީގީ ބާރާއެކު ނިކުތީމާ ވާގޮތް ފެނޭތޯއެވެ؟ އެއޮއް ގަޓު ރައީސް އާއި އެއޮއް ގަޓު ސަރުކާރު ކުޑަކަކޫ ޖަހާ މެންބަރުން ފަހާދުވާތަން ފެނޭތޯއެވެ؟ ކިޔޭ ނުކިޔޭއެއް ނޭނގި، ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ބާރުވެރި ސަރުކާރެއް ދިޔަތަން ހަމަ ނުފެނޭތޯއެވެ؟

އެމަނިކުފާނު މިއަދު އެކަނިވެރިވެއްޖެއެވެ. ޕޭޖްތަކުން އަމިއްލަފުޅަށް ނިކުމެވަޑައިގަންނަވަން ބޭނުންފުޅު ވިޔަސް އެ ހިތްވަރުފުޅުވެސް ނެތް ހިސާބަށް ގޮސްފިއެވެ. ޕޭޖްތަކުން ނިކުންނަވަން ވެސް އެހެން ބޭފުޅުންގެ އެހީއަށް އެދިވަޑައިގަންނަވާ ހިސާބަށް ދިޔައީއެވެ. އޮޑި ފަރަށް އަރައި މަޑުލަކުން މަޑުލަކުން ލުހެން ފެށުމާއެކު ފަޅުވެރިންތައް ހިކިފަސް ހޯދަނީއެވެ. ރިޔާ ދަށުވާން މަދު މީހަކު ނޫނީ މަޑުކުރަން ބޭނުން ނުވީއެވެ. ކައްޕިއާ މެދު މިއޮއް ޒަމާންވަންދެން އޮތް ހިތްހަމަނުޖެހުންތައް އޮއްސާވެސް ލަނީއެވެ.

މިހާ ހިސާބަށް ދިޔައީމާ މަޖުބޫރުވެވަޑައިގެން "ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ" އޭ ވިދާޅުވެ ފަހަތުން ދުވަނީއެވެ. އެތެރޭގައި ތިއްބެވި މެންބަރުންނަށް ގުޅުއްވައި، މެސެޖް ކުރައްވަނީއެވެ. ބޭރުގައި ތިއްބެވި މެންބަރުންގެ އަރިހަށް ވަފުދުތައް ފޮނުއްވަނީއެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދަކު ބްރޯއެއްވެސް ނެތެވެ. ތުއްތޮންބެއެއްވެސް ނެތެވެ. މިއަދު އޮތީ ހިތާމަވެރި ލަވަ ޖަހައިގެން އަދި ދިމާވާނޭ ކަމުގެ އުއްމީދުގައި ހުންނެވުމެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2024

ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!

31 އޮކްޓޯބަރު 2024
ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!
21 މެއި 2024

ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް

21 މެއި 2024
ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް
05 ޑިސެމްބަރު 2022

ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ދައްކާ އިނާޔަތް ހޯދުމުގައި

05 ޑިސެމްބަރު 2022
ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ދައްކާ އިނާޔަތް ހޯދުމުގައި
27 ޖެނުއަރީ 2022

ޓެކްސީ ހޯދުމުގައި ދެންވެސް އޮތީ ގަނަތެޅުން

27 ޖެނުއަރީ 2022
ޓެކްސީ ހޯދުމުގައި ދެންވެސް އޮތީ ގަނަތެޅުން
24 އެޕްރީލު 2021

އިލްމާއި މައުލޫމާތު ހޯދުމުގައި އިންސާނާގެ އެކުވެރިޔަކީ ފޮތް

24 އެޕްރީލު 2021
އިލްމާއި މައުލޫމާތު ހޯދުމުގައި އިންސާނާގެ އެކުވެރިޔަކީ ފޮތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު