Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިލުވާނު ވަގަށްނެގުން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ފުލުހުންގެ އިހުމާލު މި މައްސަލައިގައި އޮތްކަމަށް އާއިލާއިން ދެކޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 02:56
ރިލުވާނު ވަގަށް ނެގިތާ ބަރާބަރު 1000 ދުވަސްވީއިރު، އަދިވެސް ވީ ނުވީއެއް ނޭނގޭ

ރިލުވާނު ވަގަށް ނެގިތާ ބަރާބަރު 1000 ދުވަސްވީއިރު، އަދިވެސް ވީ ނުވީއެއް ނޭނގޭ

"ކިޑްނެޕްކުރީއެވެ. ކުރާނެކަމެއް ނެތެވެ! މާތް ރަސްކަލާނގެއާ ވަކީލެވެ. ރިލްވާނަކީވެސް އިންސާނެކެވެ. މި ދިވެހިބިމަށް އުފަން ދިވެހި ދަރިއެކެވެ. މި އުންމަތަށް ޝަހާދަތްކިޔައިގެން ހުރި އިސްލާމެކެވެ. ތަޢުލީމީ ޒުވާނެކެވެ. އަދި، ނޫސްވެރިއެއްވެސް މެއެވެ. ނަމަވެސް، އޭނާގެ ޚަބަރެއް ނުވާތާ، ބަރާބަރު 1000 ދުވަސް ވީއިރުވެސް އޭނާ ދުނިޔޭގައި ހުރިކަމެއް ނުވަތަ މަރާލީކަމެއްވެސް ޒުވާނުންގެ ސަރުކާރަށް ވަނީ މިއަދާހަމައަށްވެސް ބުނެ ނުދެވިފައެވެ" މީ ރިލުވާނު ގެއްލުނުތާ 1000 ދުވަސްވެ އަދިވެސް އޭނާގެ ޚަބަރެއް އަދި ވީ ނުވީއެއް ސަރުކާރަށް ހޯދިފައި ނުވާތީ ރިލުވާނުގެ އާއިލާން ނެރުނު ބަޔާނުގެ ފުރަތަމަ ޕެރެގްރާފެވެ.

އިންތިހާއަށް ހިތްދައްޗެވެ. ވީ ނުވީއެއް ނޭނގިވާއިރު، ދުނިޔޭގައި ހުރިކަންވެސް އަދި ނެތްކަންވެސް އެނގެނީއެއް ނޫނެވެ. އާއިލާއަކަށާއި މަޔަކާއި ބަފައަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ ހިތްދަތި ކަންތައް ރިލުވާނުގެ އާއިލާއިން އެދަނީ ތަހައްމަލުކުރަމުންނެވެ.

ރަހުމުކުޑަބައެއްގެ ހަމަލާއއެއްގައި، ކުޑަމިނުން އޭނާ ވީ މަރުވެފައިކަން އެނގޭނަމަ ފާތިހާވެސް ކިޔަވާލާ ހެއުދުއާ ކޮށްލައެވުނީސްކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ.

އެ މައުސޫމު ކުށެއްނެތް ޒުވާނާ ވަގަށްނެގިތާ 1000 ދުވަސް ވީއިރުވެސް ރައްޔިތުންގެ ބަލަދުވެރި ފަރާތްކަމަށްވާ ޒުވާނުންގެ ސަރުކާރާއި، އެސަރުކާރުގެ ފުލުހުން މިމައްސަލާގައި އިހުމާލުވެ އަދި ފެއިލްވެއްޖެ ކަމުގައި، ޢާއިލާއިން ބުނަން މަޖުބޫރުވެއްޖެ ނޫންތޯއެވެ. އެކަމަކު، ރިލްވާން ދިރިހުއްޓާ ފެންނާނެކަމަށް ޢާއިލާއިން ކުރާ އުއްމީދުތަކަށް އަދިވެސް ކުޑަވެސް ބަދަލެއް ނާދެއެވެ. ރިލްވާނަށް ވީގޮތެއް އެނގޭނީ އެކަން ކުރިބަޔަކަށެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުހާނަހޫ ވަތަޢާލާ އެވެ. އެއީ ސިއްރުގައާއި ފާޅުގާ ކުރެވޭ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.

ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތްކަމަށް ވިޔަސް، ރިލްވާން ވަގަށްނެގި ހާދިސާއާ ގުޅުންހުރި އެތަކެއް ދަލީލާއި ގަރީނާ އެބަހުރިކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. އިނގިލި ދިއްކޮށް އިޝާރާތްކުރާނެ އެތައް ފަރާތެއްވާކަމަށް އާއިލާއިން އެދަނީ ބުނަމުންނެވެ. ނަމަވެސް، ހިތާމައަކީ 1000 ދުވަސް ވެގެން ދިޔައިރު ރިލްވާން އެރޭ ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމާ އެކާރުން ފެނުނު އިސްތަށްޓަކުން ނެގި ޑީއެންއޭ އާ ރިލްވާންގެ މަންމަގެ ޑީއެންއޭ އާ ދިމާވާކަމަށް ބުނުން ފިޔަވާ އެއްވެސް އެއްޗެއް މިހާތަނަށް ފުލުހުންނަށް އާއިލާއަށް ބުނެދެވިފައި ނުވުމެވެ. ރިލުވާނުގެ އާއިލާއިން ދެކޭގޮތުގައި މިކަމުންވެސް ފުލުހުން މިކަން ތަޙްޤީޤު ކޮށް ނުބަލާކަން ދިމާއަށް އެ އޮތީ ހާމަވެ ފެންނާށެވެ.

ޔަގީންކަމާއެކު އެނގެނީ، ރިލްވާން ވަގަށްނެގީ ހުޅުމާލޭގައި ކަމެވެ. ވީއިރު، އެރޭ ހުޅުމާލޭގައި ޕެޓްރޯލްކުރި ފުލުހުންނަށް، އެކަމުގެ އެއްވެސް އިޝާރާތެއް ނުވާކަމަށް ބުނުމަކީ (ނުވަތަ އިޝާރާތް ނުވުމަކީ) ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ބޮޑު ޖަރީމާއެއް ހިންގާއިރު ރޭކާވެސް ނުލާކަމަށް ވަންޏާ "ޕެޓްރޯލް ކުރުމުގެ" އޮތީ ކޮން ބޭނުމެއް ތޯއެވެ.

މިއީ، ރާވައިގެން ހިންގި ބޮޑު އޮޕަރޭޝަނެކޭ ޢާއިލާއިން ކުރާ ތުހުމަތަށް ބާރުލިބޭ ހެކިތައް އެބަހުއްޓެވެ.

ރިލްވާން ގެ އެޕާޓްމަންޓް ކުރިމަތިން އޭނާ ރަހީނުކޮށް، ވަޅިން ބިރުދައްކައި، ރަތްކާރަށް އެރުވި މަންޒަރުދުއް މީހާ ވަގުތުން ފުލުހުންނަށް ފޯނުކުރުމުން ފޮނުވި ފުލުހުން އެތަނަށް އައިސް، ވަޅި ހިފައިގެން ދިއުންފިޔަވާ އެހެން އެއްވެސް ކަމެއް ކޮށްފައި ނުވާތީ، ހުޅުމާލޭގައި އެރޭ ޑިއުޓީގައި ތިބި ހުރިހާ ފުލުހުން ފުރިހަމައަށް އިހުމާލު ވެއްޖޭ ނުބުނެ ބުނާނެއެހެން އެއްޗެއް ނެތްކަމަށް އާއިލާއިން އެދަނީ ބުނަމުންނެވެ. އަދި މިހިސާބަށް އައިއިރު، ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބައްތިއްބައިގެން ސުވާލުކޮށްލުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނެތުމާ އެތުހުމަތު ކުރި މީހުންވެސް މިހާރު މި މުޖުތަމަޢުގައި ދޫވެގެން އުފަލުން އުޅެމުންދާކަމީ ހިތާމައިން ފުރިގެންވާ ކަމެކަމަށް އާއިލާއިން ފާހަގަކުރެއެވެ.

ސަރުކާރުން ބޭނުންވާ މައްސަލަ ތަކާއި ޝަރީއަތްތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތަހްޤީޤު ކުރެވި އެބަޔަކަށް އަދަބު ދެމުންދާ މަންޒަރު ލޯކުރިމަތިން ދަނީ ފެންނަމުންނެވެ. އެފެންވަރުގެ ތަޙްޤީޤެއް ރިލްވާންގެ މައްސަލާގައި ހިންގައި ނުދިނީމާ، ޖަރީމާއޭ، އިހުމާލޭ، ނުކިޔަ ކިޔާނެ އިތުރު އެއްޗެއް ނެތެވެ. ރިލްވާން ވަގަށް ނެގުމުން ރިލްވާންގެ ޢާއިލާއާއި ރަޙްމަތްތެރިން މަގުމައްޗަށް ނުކުމެ، ރިލުވާންގެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެންމެ ހަރުއަޑުންގޮވާލާ ހުއްޓުމެއްނެތި "މޮޔަމީހާ" ހޯދުމަށް ހުރިހާވަގުތެއްހެން ހޭދަކުރި ރިލްވާންގެ ބެސްޓް ފްރެންޑް ޔާމީން ރަޝީދަށް އެތަކެއް އިންޒާރުތަކެއް ދިނުމަށްފަހު ވަނީ ނުހަނު ރަހުމުކުޑަ އަނިޔާވެރިގޮތަކަށް އެވަނީ މަރާލާފައެވެ.

މީ ކޮޅުންނެތް ކޮޅަށް ހިތާމަހުރި ކަމެކެވެ. މިކަމުން ދޭހަވަނީ މިރާއްޖޭގައި ވަކި ފިކުރަކަށް ތާއީދުނުކުރާ އެއްވެސް ރައްޔިތަކަށް މިހާރު ރައްކާތެރިކަމެއް ނެތްކަމެވެ.

ރިލްވާން ހޯދައިދިނުމުގައި ސަރުކާރު ނުކުޅެދިއްޖެކަމަށް އާއިލާއަށް ފެންނަނީ، މިކަހަލަ ކަންތައްތަކާ ހެދިއެވެ. މިހިތާމަވެރި ހާދިސާއާ ރިލްވާނާއި އަދި ޔާމީނަށް ކުރިމަތިލާން މިޖެހުނީ ކޮރަޕްޝަނުގެ ހާއްޔާއި ދިމާއަށް އެ އެ ދެ ޒުވަނުންގެ ލޮލާއި ގަލަން ހިންގަން ފެށުނީތީކަމަށް އާއިލާއިން ބުނެއެވެ.

ކޮރަޕްޝަނުން ނާނޭފިއްލަވައި، އެއިން ޒާތީ ޖަދަލުކޮށް، ސިޔާސީ ވާގި ހޯދައި، އިދިކޮޅު ލީޑަރުން ތެޔޮހާނާ ގޮށްމުށުގެ ބާރާއި ވައި އެޅުނީމައި ނުވެނުދާނެ ހުރިހާގޮތެއްވެސް ވާނެއެވެ.

މިނިކާ ވަގަށް މިނިމަސް މީރުވާނެއެވެ. އެކަން ނޭނގޭ ބަޔަކު އުޅޭނެހެނެއް ހިޔެއްނުވެއެވެ. ރިލުވާނާއި ޔާމީން ރަޝީދަށްވެސް މިނިކާވަގުންގެ ނުރައްކާތެރިކަން ނޭނގެނީކީ ނޫނެވެ. އެހެންނަމަވެސް ހިތްވަރާއިއެކު އެ ދެ ޒުވާނުންގެ މޭ ގައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމުގެ ނަތީޖާއަކީ، "ރަތްކާރާއި ހަންޖަރެކެވެ."

އާއިލާއާއި ހެއުއެދޭ ރަށްޓެހިން ހެއުދުއާ ކުރުމުގައި، އިންސާފުގެ ކަންފުޅެއްވެސް ލިބޭނެކަމުގެ އުންމީދުގައި ކަރުނަ އަޅާލަ އަޅާލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު