Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު

ޓެކްސީ ހޯދުމުގައި ދެންވެސް އޮތީ ގަނަތެޅުން

ޓްރާންސްޕޯޓް މިނިސްޓްރީން އެދެނީ މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން އިންކާރުކުރާ ޓެކްސީތައް ރިޕޯޓުކޮށްދިނުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 06:23
ޓެކްސީ ދަތުރުތައް ހޯދުމަކީ އުނދަގޫކަމަކަށް ވަނީ ވެފައި

ޓެކްސީ ދަތުރުތައް ހޯދުމަކީ އުނދަގޫކަމަކަށް ވަނީ ވެފައި

މާލެ ސިޓީ ހިމެނޭ ގްރޭޓަރ މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެވެ. ބިޒީ ދިރިއުޅުމެއްގައި ރައްޔިތުން އުޅެމުންދާއިރު އަބަދުވެސް އޮންނަނީ ކޮންމެވެސް ތަނަކަށް ދާން ލަސްވެފައެވެ. ދުއްވާ އެއްޗެހިން މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. އޭގެ އެއް ސަބަބަކަށް ކުޑަ ތަންކޮޅެއްގައި އެތައް ބަޔަކު އުޅެންޖެހޭއިރު ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުން ފާހަގަކުރެވެއެވެ.

އާންމު ގޮތެއްގައި މާލޭގައި ދަތުރުކޮށް އުޅެނީ ސައިކަލާއި ކާރު އަދި ޓެކްސީގައެވެ. ދެން ބަހުގައެވެ. އަމިއްލަ ސައިކަލާއި ކާރު ނުހުންނަ މީހުން ޓެކްސީގައި ދަތުރުކުރާއިރު ޓެކްސީގެ ޚިދުމަތް ދިނުމަށް މާލޭގައި ޓެކްސީ ސެންޓަރުތައް އޮޕަރޭޓް ކުރަމުންދެއެވެ. މީގެއިތުރުން އަވަސް ރައިޑް އަދި ކެބްއެމްވީ މެދުވެރިކޮށްވެސް ޓެކްސީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އަވަސް ރައިޑް މެދުވެރިކޮށް ޕްރައިވެޓް ކާރު ގެންގުޅޭ މީހުންނަށް ޓެކްސީ ކުރުމުގެ ހުއްދައޮވެއެވެ. މީގެއިތުރުން ސައިކަލް ޓެކްސީގެ ޚިދުމަތްވެސް ދެއެވެ.

މިހުރިހާ ކަމެއް މިހެން އޮތްނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ވަރަށް ޓެކްސީގެ ޚިދުމަތެއް ނުލިބެއެވެ. އެއީ އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ދާން ބޭނުންވާތާކަށް ގަޑިއަށް ނުދެވި އެތައް އިރެއް ލަސްވަނީ ޓެކްސީ ނުލިބިގެންނެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅައިގެންނާއި އެޕްތައް މެދުވެރިކޮށްގެން ޓެކްސީއެއް އަތުޖެހޭއިރު ހުންނަނީ ދެވަރުން އެއްވަރުވެފައެވެ. ޓެކްސީ ސެންޓަރަށް ގުޅައިގެން އެޕުން ޓެކްސީ ހޯދުމަށް ރިކުއެސްޓްކޮށްގެން ނުވީތާކަށް މަގުމަތީ ހުރެގެން ބޮލާއި އަތާއި ހޫރުވައިގެންވެސް ޓެކްސީއެއް ލިބުމަކީ މިހާރު ނުވާކަމެކެވެ. ވަކިން ޚާއްސަކޮށް މާލޭގެ ތަނަކަށް ދާން ބޭނުންވާ މީހަކަށް މިއީ ހަނގުރާމައެއް ކުރުން ފަދަ ކަމެކެވެ.

މީގައި ފާހަގަކޮށްލަން ޖެހެނީ މާލޭގެ އެއްތަނުން އަނެއްތަނަށް ދިޔުމަށް ޓެކްސީ ހޯދުމަށް ދަތިވިނަމަވެސް މާލެއިން ހުޅުމާލެއަށް ނުވަތަ މާލެއިން އެއަރޕޯޓަށް ދާން ޓެކްސީ ހޯދުމަކީ ހަމަ ފެންތައްޓެއް ބޯލުން ކަހަލަ ފަސޭހަ ކަމަކަށްވުމެވެ. ދާން ބޭނުންވާ ތަނަކީ ހުޅުމާލެއޭ ބުނެފިނަމަ އެއީ ޓެކްސީ ސެންޓަރަކަށް ގުޅިނަމަވެސް، އެޕުންކޮށްފައިވާ ރިކުއެސްޓެއް ނަމަވެސް އަދި މަގުމަތިން ހުއްޓުވާ ޓެކްސީއެއް ނަމަވެސް ޓެކްސީ ލިބުން ވަރަށް ފަސޭހައެވެ. ނަމަވެސް މާލޭގެ ތަނެކޭ ބުނެފިނަމަ އެއީ ހަނގުރާމައެކެވެ.

ކަންތައްތައް މިހެން ހިނގަމުންދާއިރު މިފަހުން އިވެން ފެށި ވާހަކައަކީ ޓެކްސީ ޑްރައިވަރުން މާލެ ތެރޭގައި ދަތުރުކޮށްދިނުމަށް ދެކޮޅު ހަދާ ވާހަކަތަކެވެ. ޓެކްސީއަށް އެރުމަށްފަހު މާލޭގެ ތަނަކަށޭ ބުނެފިނަމަ ދަތުރު ނުކޮށްދޭނެކަމަށް ބުނެ ޓެކްސީން ބާލުވާ ވާހަކައެވެ. އެމައްސަލަ ފެންމަތިވާން ފެށުމުން ޓްރާންސްޕޯޓް މިނިސްޓްރީން އެދުނީ މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން އިންކާރުކޮށް، ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ރިޕޯޓުކޮށްދިނުމަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން ޚިދުމަތް ނުލިބޭ ކަމަށާއި އަދި މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހުޅުލެ އާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އާންމުން ޓެކްސީގެ ޚިދުމަތަށް އެދުމުން އެ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބާ މެސެޖުން ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އާންމުންނަށް ޚިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެބަޔާން ނެރުމުން ދެން އުފެދޭ ސުވާލަކީ ރިޕޯޓްކުރުމުން ދެން ވާނީ ކިހިނެއްހެއްޔެވެ؟ މިނިސްޓްރީއަށް އެޅޭނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ޓެކްސީ ޑްރައިވަރުގެ ނުވަތަ ޓެކްސީގެ ހުއްދަ ބާތިލުކުރަނީ ހެއްޔެވެ؟ އެކަން ކުރާނީ ކޮން ހަމައަކުން ހެއްޔެވެ؟ އެއީ މިވީހާ ތަނަށް ވެފައިވާ ކަމެއްވެސް ނޫނެވެ. މިހާތަނަށް ޓެކްސީގެ ކަންތަކުގައި ވެފައި ހުރި ކަންތަކަށް ބަލާއިރު ވާނެ ކަމަށް ސިކުނޑި ގަބޫލުކުރާ ކަމެއްވެސް ނޫނެވެ. އެއީ ޓެކްސީގެ މައްސަލައަކީ އިއްޔެ މެންދުރު ދިމާވި މައްސަލައަކަށް ނުވާތީއެވެ. ޓެކްސީތަކާއި ޓެކްސީ ޑްރައިވަރުންނާއި ގުޅުންހުރި ތަފާތު އެކި މައްސަލަތަކަކީ ޒަމާނުއްސުރެވެސް ދިމާވަމުން އަބަދުވެސް ޓެކްސީ ޑްރައިވަރުންގެ ކޮޅަށް ބުރަވަމުން އައި ކަމެކެވެ.

މާލެ ތެރެއިން ޓެކްސީ ޑްރައިވަރުން ދަތުރު ނުނަގާ ވާހަކައާ ގުޅޭގޮތުން މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން އިންކާރުނުކުރާ ކަމަށާއި، ދަތުރުގެ އަގުތަކުގައި ވަރަށް ބޮޑަށް މައްސަލަ އުޅޭ ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ރާއްޖެއެމްވީއާ ވާހަކަދައްކަމުން ވަނީ ބުނެފައެވެ. އެޖަމްއިއްޔާގެ މެންބަރު އަބްދުﷲ އިބްރާހިމް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް މިސަރުކާރުން ހައްލު ހޯދައިނުދޭ ކަމަށާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. މިހާތަނަށް މަޝްވަރާކޮށް މައްސަލައަށް ހައްލު ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ވާހަކަތަކަށް ބަލާލުމުން ދޭހަވި ކަމަކީ ޓެކްސީ ޑްރައިވަރުންގެ މައިގަނޑު މައްސަލައަކީ ދަތުރަށް ނަގާ އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮތުންކަމެވެ. އެއީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމެއްކަން މީގެކުރިން މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކުރިޔަށްދިޔަ ބައްދަލުވުންތަކަށް ބަލާލުމުންވެސް އެނގެއެވެ. އެކަމަށް އޮތް ހައްލަކީ މީޓަރު ހަރުކުރުންކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ. އޭރުން ދަތުރުގެ ދިގުމިނަށް ބަލައި އަގު ކަނޑައެޅިގެންދާނެއެވެ. އޭގެ ސަބަބުން އާންމުންނަށް ދަތުރުލިބުމަށް ފަސޭހަވެ ޓެކްސީ ޑްރައިވަރުން އަބަދުމެ ކުރަމުންދާ އާމްދަނީގެ ޝަކުވާއަށްވެސް ހައްލެއް ލިބިގެންދާނެއެވެ. އެކަމުގެ މަޝްވަރާތައްވެސް މިސަރުކާރުން ކުރީކޮޅު ކުރިއެވެ. ނަމަވެސް އޭރު ވަކި މިންވަރެއް ނަގާގޮތަށް ހަމަޖެހިގެންދިޔައީއެވެ.

ދެން އޮތީ ޕަބްލިކް ޓްރާންސްޕޯޓް ގާއިމުކުރެމެވެ. މިސަރުކާރު އައީ ބަހުގެ ޚިދުމަތް އަލުން ފެށުމުގެ ވައުދާއެކުއެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރާނެކަމަށް ބުނިނަމަވެސް އެކަން އަދިވެސް ނުވެއެވެ. އެކަމާއި ގުޅިގެން ސަރުކާރުން އެންމެފަހުން ބުނެފައިވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިއްޖެކަމަށެވެ. މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވީ މި މަސައްކަތް ފެށުމަށް އެންމެ އެކަށޭނަ ބަހެއް ދެނެގަތުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު، ބަސްތަކުގެ ތެރެއިން އެންމެ ރަނގަޅު ބަހެއް ކަނޑައަޅާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަަށެވެ. ޝިމާޒް ވިދާޅުވީ މިކަމަށް އެންމެ އެކަށޭނަ ބަހަކީ ކޮބައިކަން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އެއަށްފަހު މި އަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް ޝިމާޒް ވިދާޅުވިއެވެ.

މިނިސްޓްރީން ބުނާގޮތުން ނަމަ މިއަހަރު ތެރޭގައި މާލޭގައި ޕަބްލިކް ޓްރާންސްޕޯޓު ގާއިމުވާނެއެވެ. އެއްބަޔަކަށް މިއީ އެމީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ. އެހެންކަމުން މިކަމަށް ފާޑެއްކިޔާލާއިރު އެވަނީ އަމިއްލަ ކަމަކާބެހި ޒާތީވީ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތު މީހާއަށް މިއީ ކޮންމެ ދުވަހަކު އުފުލާންޖެހޭ ބޮޑު ތަކުލީފެކެވެ. މާލެ ތެރެއިން ތަނަކަށް ދާން ދަތުރެއް ހޯދުމުގައި ހުރި ވޭނާއި ކުރަންޖެހޭ މަސައްކަތުގެ ބުރަކަން ތަޖުރިބާކޮށްލުމުން ނޫނީ މިކަމުގެ ހުރި ދަތި އުނދަގޫ އިހުސާސްވެސްނުވާނެއެވެ.

ކޮންމެ ގޮތެއްވިޔަސް އެނގޭކަމަކީ ރަނގަޅަށް ރޭވިފައިވާ ދަތުރު ފަތުރުގެ ނިޒާމެއް މާލެ ސަރަހައްދަށް ބޭނުންވާކަމެވެ. އެކަމަށް އޮތް ހައްލަކީ މީޓަރު ހަރުކުރުން ކަމުގައިވިޔަސް، މިނީ ބަސް ތައާރަފު ކުރުންކަމުގައި ވިޔަސްއެވެ. މިއީވެސް ރައްޔިތުންނަށް އަތްފޯރާ ފަށުގައި ފަސޭހަކަމާއެކު ލިބެންޖެހޭ ޚިދުމަތެކެވެ.

މާލެ ސިޓީޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު