Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޢަދާލަތު ޕާޓީ

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

އެނބޫދޫފަޅުގައި ތަރައްޤީކުރެވެމުންދާ ވިޔަފާރިއަކީ އޭގެ އަސަރު ދިވެހި މުޖުތަމަޢަށް އިންތިހާ ދަރަޖައަކަށް ކުރިމަތިކުރުވާނެ ކަމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 13:53
ޢަދާލަތު ޕާޓީގެ އިސްބޭފުޅުން ޕްރެސް ކޮންފަރެންސް ދެއްވަނީ

ޢަދާލަތު ޕާޓީގެ އިސްބޭފުޅުން ޕްރެސް ކޮންފަރެންސް ދެއްވަނީ

މިހާރު މިއޮތް ސަރުކާރުން ކުރަމުންދާ ކަންކަމާއި ހިންގަމުންދާ މަޝްރޫޢު ތަކާ ގުޅޭގޮތުން ތަފާތު އަޑުތައް ދަނީ އިވެމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ބައެއް ކަންކަމުގައި އެނގިފާޅުވެފައިވާ ޙަޤީގަތްތަކުގެ ސަބަބުންނެވެ. މަޝްހޫރު އެމްއެމްޕީއާރުސީގެ ކަންކަން ދިޔަ ގޮތުންނެވެ.

ޢަދާލަތު ޕާޓީއަކީ މިސަރުކާރު ގެނައުމަށް އުފެދުނު ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ. ސަރުކާރު ކޯލިޝަންގައި އޮވެގެން ވެސް ސަރުކާރުން ކުރި ގޯސް ކަން ކަމަށް ނޫނެކޭ ބުނި ޕާޓީއެކެވެ. އެނބޫދޫ ފަޅުގެ މަޝްރޫޢާ ގުޅޭގޮތުން ވެސް އެަޕާޓީން ވަނީ ބަސް ބުނެފައެވެ. އަދާލަތު ޕާޓީން އެކަން ވަނީ އެޕާޓީގެ ބަޔާނަކުން އަންގާފައެވެ

އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހުޅުވާލެވިފައިވާ މިނިވަން ވާދަވެރި ވިޔަފާރީގެ މާޙައުލެއްގެ މައްޗަށް ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާކުރުމަކީ ޢަދާލަތު ޕާޓީއިން ވަކާލާތުކުރާ ސިޔާސަތެކެވެ. ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނަށް ވެސް ދިވެހި އިޤްތިސާދުގެ ތެރޭގައި ދެފުށް ފެންނަ އަދި ހަމަހަމަ އުސޫލެއްގެ މަތިން ހަރަކާތްތެރިވެވޭނެ ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމުގައިވެސް އެ ޕާޓީން ދެކޭ ކަމަށެވެ. ހަމަ އެހެންމެ ބައިނަލްއަޤުވާމީ ވިޔަފާރިތަކަކީ ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، ޘަޤާފަތާއި އަދި އިޖުތިމާޢީ ފޭރާމަށް އޭގެން ނޭދެވޭ އަސަރު ކުރުވަނިވި ކަމަކަށް ވެގެންނުވާނެ ކަމުގައި ވެސް އެ ޕާޓީއިން ދެކޭ ކަމަށެވެ.

ދިވެހިރާއްޖެއަށް މުޅިން އައު ގޮތަކަށް ތަރައްޤީ ކުރުމަށް އެކީއެކަށް 9 ރިޒޯޓް ހެދުމަށް ވެރިކަން ކުރާ މާލެ އާއި ކައިރިން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ އެނބޫދޫފަޅުގައި ތަރައްޤީ ކުރެވެމުންދާ ވިޔަފާރިއަކީ އޭގެ އަސަރު ދިވެހި މުޖުތަމަޢަށް އިންތިހާ ދަރަޖައަކަށް ކުރިމަތިކުރުވާނެ ކަމެއް ކަމުގައި ފާހަގަ ކުރާ ކަމަށެވެ. އެއް ފަޅެއްގައި ގިނަ ރިޒޯޓްތަކެއް ތަރައްޤީ ކުރަން ފެށިގެން މިދާ ފަރުތުވެރިކަމުގެ ވިޔަފާރީގެ ބާވަތަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވިގެންދާ ކަމަކަށް ވީ ހިނދު ވެސް، މި ކަމާއި ގުޅޭ ގޮތުން އެކަށީގެންވާ މަޢުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާތީ ކަންބޮޑުވުން އަދާލަތުން ވަނީ ފާޅު ކޮށްފައެވެ. ދިވެހިރާއްޖޭގައި ހިންގާ އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢަށް މި މަޝްރޫޢުވެފާވާއިރު، މި މަސައްކަތް ހަވާލުކުރެވިފައި ވަނީ ބިޑްކުރުމެއް ނެތިއެވެ. މި އުސޫލުން މިކަންކޮށްފައިވުމަކީ އިޤްތިޞާދީ ބޮޑު ޖަރީމާއެކެވެ. އަދި މިކަން ޢަދާލަތު ޕާޓީއިން ވަނީ ކުށްވެރި ވެސް ކޮށްފައެވެ.

އެޕާޓީން ބުނީ މި ފަދަ ބޮޑު ވިޔަފާރިއަކަށް 9 ރިޒޯޓް ހެދޭ ވަރުގެ ބޮޑު މާ ސިންގާ ފަޅެއް 50 އަހަރުގެ މުއްދަތަށް 40 މިލިއަން ޑޮލަރަށް ދީފައިވުމަކީ ދިވެހި ދަޢުލަތުން ހަމަ އަގުގައި ކޮށްފައިވާ މުއާމަލާތެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

ރާއްޖޭގެ ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވަމުން އަންނަ ދުވަސްވަރެއްގައި، މާލޭ ކައިރީގައި މިވަރުގެ ބޮޑު މަޝްރޫޢެއް ދިވެހި ސަރުކާރުން ކުރިޔަށް ގެންދަން ނިންމެވި އިރު، އެހެނިހެން ރިޒޯޓްތަކަށް އަދި އެހެންމެ އަލަށް ތަރައްޤީ ކުރެވެމުން އަންނަ ރިޒޯޓްތަކަށް މީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ބެލިފައިވަނީ ކިހާވަރަކަށްތޯ ސުވާލުއުފެދޭ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ މުޅި ދިވެހި ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ލިބިދިނުމަށްޓަކައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ރިޒޯޓްތައް ތަރައްޤީ ކުރުމަކީ ކޮންމެހެން މުހިންމެ ކަމަކަށް ވީހިނދު، ވަކިން ޚާއްސަކޮށް ރިޒޯޓްތައް ހެދިފައިނުވާ އަތޮޅުތަކުގައި ރިޒޯޓްތައް ތަރައްޤީކުރުމަށް އެތަކެއް ރައްޔިތުން އަޑުއުފުލަމުން ދާއިރުވެސް، ރާއްޖޭގައި ހިންގޭ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢު އަނެއްކާ ވެސް ބިނާވެގެން މިދަނީ އެންމެ ރިޒޯޓް ގިނަ އެއް އަތޮޅުކަމަށްވާ މާލެ އަތޮޅުގައި ކަމަށް އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.

މި ފަދަ ބޮޑުފަޅެއް ހިއްކައިގެން މަސައްކަތް ކުރިޔަށް ގެންދާ ހިނދު، މީގެ ސަބަބުން އެ ސަރަޙައްދުގެ ގުދުރަތީ ވަޞީލަތްތަކަށް ކުރުވާނެ ނޭދެވޭ އަސަރު ދެނެގަތުމަށްޓަކައި ކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ބެލުމުގެ ދަށުން ހެދޭ އެންވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ބަދަލުކުރެވިފައިވުމީ އެ ޕާޓީން އެކަމާ ކަންބޮޑުވާ ކަމެއް ކަމަށާއި އެ އުސޫލުގެ ދަށުން ތައްޔާރު ކުރެވޭ ރިޕޯޓްތަކުގެ ސައްޙަކަމާމެދު ސުވާލުއުފައްދަން ނުހަނު ޖާގަ ހުޅުވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަދާލަތުން ބުނީ ސަރުކާރާއި މެދު ކޮރަޕްޝަންގެ މާސިންގާ ތުހުމަތުތައް ކުރެވެމުން އަންނަ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ގުދުރަތީ ވަޞީލަތްތަކުގައި އަޑިނޭގޭނެހެން ބޮޑެތި މަޝްރޫޢުތައް ހިންގަން ބިދޭސީ ފަރާތްތަކަށް ފުރުޞަތު ދެވުމުގެ ކުރިން ސަރުކާރުގެ ފަރާތުން މިފަދަ މަޝްރޫޢުތަކުގެ ފުރިހަމަ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް ދެ ފިޔަވައްސަކަށް ބެހިގެން އެނބޫދޫފަޅުގައި ކުރިޔަށް ގެންދެވޭ މި މަޝްރޫޢުގެ ހަޤީގަތް ހާމަކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ގޮވާލާ ކަމަށެވެ. އެޕާޓީން އޮތީ ސަރުކާރުން އެކަން ކުރުމަށް އެދިއެދިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

10 ސެޕްޓެމްބަރު 2020
ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!

ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!

06 ޖުލައި 2020
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ

ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ

18 މެއި 2020
ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!

ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!

03 ސެޕްޓެމްބަރު 2019
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު