Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާސަންދަ ހިދުމަތް

ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި

އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމިކަން ހާމަކުރީ، ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 8 މެއި 2017 | ހޯމަ 10:01
ހުސްނުވާ އާސަންދަގެ ހިދުމަތް އިފްތިތާހުކުުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުސްނުވާ އާސަންދަގެ ހިދުމަތް އިފްތިތާހުކުުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން، އާސަންދެ ހިދުމަތް މެދުކަނޑާލިތާ 24 ގަޑިއިރު ފަހުން، އެ ނިންމުން ބަދަލުކޮށް، ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލިކަން އެނގީ ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވި ހޮނިހިރު ދުވަހުގެ ރޭ 23:22 ހާއިރު އެވެ.

Advertisement - newsAdvertisement

އާސަންދަ ފުރިހަމަ އަށް އިޔާދަ ކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ހޯމަ ދުވަހު ހެނދުނު އިޔާދަ ކުރުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާސަންދައަކީ، ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދްމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ހިންގަމުންގެންދާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ނިޒާމެއް ކަމަށެވެ. އަދި ނިޒާމު މިހާރަށް ބައްޓަންކުރެވި ހިނގަމުންދާ ގޮތަކީ، މިފަދަ ނިޒާމެއް ހިންގުމަށް އެންމެ ދެމެހެއްޓެނިވި ގޮތްކަމަށް ނުވާކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުންނުދާތީ، ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި އިސްރާފު އުޅޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ދަނީ ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ، މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ހުށަހަޅާފައިކަމަށެވެ. އަދި އެކަމާ ގުޅިގެން 3 މޭ 2017 ގައި އެންސްޕާގެ ބޯޑުން ނިންމާފައިވަނީ، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށް ނިންމުމަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެގޮތަށް ޢަމަލުކުރުމަކީ، އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުމެއްނޫން ކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއްނުވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އޭގެ އިތުރުން، އެކަމާގުޅޭ ގޮތުން 6 މޭ 2017 ގައި އެންސްޕާއިން މި ޚިދްމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އެންގި އެންގުމަކީ، ވަކި ތާރީޚެއްގެ ކުރިން ނުވަތަ، ވަކި ތާރީޚެއްގައި ތަންފީޒުކުރުމަށް ސަރުކާރުން އެންސްޕާއަށް އަންގާފައިވާ އެންގުމެއް ނޫންކަންވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. ސަރުކާރުން މިހާރު ވާނީ، ކުރިއެކޭ އެއްގޮތަށް އަމިއްލަ ފަރާތްތައް އާސަންދައިގައި ހިމަނައިގެން ޞިއްޙީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައި ކަމަށާއި، ސަރުކާރުގެ ޚަރަދުތަކުގެ ލީކޭޖް ކުޑަ ކުރުމަށް އެހެން ގޮތްގޮތުން ހައްލު ހޯދައި، އެކަން އަލުން ހުށަހެޅުމަށްވެސް ސަރުކާރުން ވާނީ އަންގާފަކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އާސަންދަގެ ހިދުމަތް ނުދިނުމަށް ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިން ނިންމީ، ކައުންސިލް އިްނތިހާބުގެ ނަތީޖާ އިއުލާންކުރަމުންދަނިކޮށެވެ. އަދި ވަގުތި ނަތީޖާއިން ދެއްކިގޮތުގައި ސަރުކާރު ބޮޑުތަނުން ބަލިވެފައިވަނިކޮށެވެ. އެ ނިންމުން ނިންމިތާ، 24 ގަޑިއިރު ފަހުން އެ ނިންމުން އަނބުރާ ގެންގޮސް، ނިޒާމަކީ ހަރަދު ބޮޑު ނިޒާމެއްކަމަށް ރައީސް އޮފީހުން ހާމަކުރިއިރު، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންދޭން ފެށި އާސަންދައިގެ ނިޒާމަކީ، ކަމުދާ އެއްޗެއް ނޫންކަމަށް ބުނެ، "ހުސްނުވާ އާސަންދަ" ނަމަށް، ނަން ބަދަލުކޮށް، ޕޮލިސީ އަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު