Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުނައިދު

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ޖުނައިދުގެ އަމަލުތައް ހުންނަ ގޮތުން ތާއީދު ގެއްލޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2017 | ބުދަ 12:51
އެމްޕީއެލްގެ ސީއިއޯ ޖުނައިދު: އެމްޕީއެލް އިން ވާނީ ޒުވާނުންނަށް އެތައް ވަޒީފާއެއް ހަމަޖައްސައިދީފަ

އެމްޕީއެލްގެ ސީއިއޯ ޖުނައިދު: އެމްޕީއެލް އިން ވާނީ ޒުވާނުންނަށް އެތައް ވަޒީފާއެއް ހަމަޖައްސައިދީފަ

ރައީސް އަބްދުﷲ ޔާމީނަށް ހެޔޮ އެދޭ މީހުންގެ އާދޭހަކީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދު އިސްތިއުފާ ދިނުން ކަމަށް، ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޖުނައިދުގެ އަމަލުތައް ހުންނަ ގޮތުން ރައީސް ޔާމީނަށް ސަޕޯޓް ދަށްވާކަން އެއީ ހަގީގަތެއް ކަމަށެވެ.

Advertisement - newsAdvertisement

އަމިއްލަ އެޖެންޑާ އަށް ރައީސް ޔާމީންގެ ޒަމާންވީ ވަފާތެރިން ދުރުކޮށް، އިހާނެތިކޮށް ހެދުމުން ގެއްލުން ވަނީ ކާކަށްތޯ ނަޝީދު ސުވާލު އުފައްދަވާފައި ވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހެޔޮ އެދޭ ފަރާތްތަކުގެ އާދޭހަކީ ޖުނައިދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އެމްޕީއެލް އަށް އަލުން އިންސާފު އައުން ކަމަށެވެ.

ފޭސްބުކްގައި ނަޝީދު ކުރެއްވި އެ ޕޯސްޓަށް އެމްޕީއެލްގެ ގިނަ މުވައްޒަފުންތަކެއް ކޮމެންޓް ކޮށްފައި ވެއެވެ. އެގޮތުން ޖުނައިދާ އެކު އެމްޕީއެލް އިން ހޯދަމުންދާ ކާމިޔާބުތައް ނުފެންނަނީތޯ ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ. އަދި ޖުނައިދުއަކީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އެ ކޮމެންޓްތަކާ ގުޅިގެން ނަޝީދު ވިދާޅުވެފައިވަނީ، ޖުނައިދަކީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، ޖުނައިދުގެ އަމަލުތަކުން ފެނިގެން ދަނީ މުޅިން އެހެން ގޮތެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ޖުނައިދު ވިދާޅުވީ ނަޝީދު ހިތްހަމަޖެހިވަޑައިނުގެން އުޅުއްވަނީ އެދިވަޑައިގަންނަވާ ގޮތަށް އެމްޕީއެލްއިން ވަޒީފާތަކެއް ހަމަޖައްސައިނުދީގެން ކަމަށެވެ. އަދި އެމްޕީއެލްގައި އެގޮތަށް ވަޒީފާ ހަމަނުޖެއްސޭ ކަމަށާއި ވަޒީފާތަކަށް މީހުން ހަމަޖައްސަނީ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ވަކި ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ބޮޑު ބަޖެޓަކާއެކު ޒުވާނުންގެ ކަންތައްތައް ހަމަޖައްސައިދޭން ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި ބޭފުޅާ އަށް ކަންތައްތައް ނުކުރެއްވުމުން އެހެން މީހުންގެ އިސްތިއުފާ އަށް ގޮވުން ބަލައިނުގަނެވޭ ކަމަށެވެ. އަދި ޒުވާނުންގެ ބޮޑު މަގާމެއް ލިބުމުން ޒުވާނުންނަށް ވަޒީފާ ފަހި ކޮށްދޭންވީ ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލްއަކީ ޒުވާނުންނަށް ގިނަ އަދަދަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ޖުނައިދު ވަނީ، ނަޝީދަށް ޒުވާނުންނަށް ވަޒީފާ ހޯދައިނުދެވުމުން އިސްތިއުފާ ދޭންވީ އޭނާތޯ ސުވާލު އުފައްދަވާފަ އެވެ.

ޑޭވް އާއި ޖުނަދައިދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ އިރު މީގެ ދުވަސްކޮޅެއް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމްގެ މައްޗަށް ވެސް ޖުނައިދު ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެ މައްސަލައާ ގުޅިގެން އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު