Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައިކަލް ޓެކްސީ

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ކުރިއަށް އޮތް ތަނުގައި ސައިކަލްތަކުގައި މީޓަރު ބޯޓް ހަރުކުރާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 18:46
ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖުމްލަ 20 ސައިކަލާއެކު ސައިކަލް ޓެކްސީގެ ހިދުމަތް އާދީއްތަ ދުވަހު މާލޭގައި ފަށައިފިއެވެ.

ސްކޫޓެކްސީ ކުންފުނިން ދޭން ފެށި ސައިކަލް ޓެކްސީގެ ހިދުމަތް ރަސްމީކޮށް ފައްޓައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައިކަލް ޓެކްސީގެ ދަތުރެއްގެ އަގަކީ 10 ރުފިޔާ އެވެ.

Advertisement - newsAdvertisement

ސްކޫޓްކްސީން ކުންފުނީގެ ފަރާތުން މުހައްމަދު ބައްސާމް އާދަމް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެއް ކަމަށެވެ. ޓެސްޓް ދަތުރުތަކުގައި އަންހެން 15 ޑްރައިވަރުންނާއި ފިރިހެން 15 ޑްރައިވަރުން ކުންފުނީގައި ހަރަކާތްތެރިވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. ޓެސްޓް ދަތުރުތަކަށް ފަހު ސައިކަލް ޓެކްސީ ހިދުމަތުގެ ފޯން ނަންބަރު 8080 ތާއާރަފްކޮށް، ރަސްމީ ދަތުރުތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ސައިކަލް ޓެކްސީގެ ހިދުމަތް ފަށާއިރު، ދަތުރެއްގެ އަގު 10 ރުފިޔާއިން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ސައިކަލްތަކުގައި މީޓަރު ހަރުކޮށް، ދަތުރުގެ ދުރުމިނަށް އަގު ނަގަން ފަށާނެ ކަމަށެވެ. އޭގެ އިތުރުން ހިދުމަތް ފަސޭހަކުރުމަށްޓަކައި މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކުރަން ވަނީ ނިންމައިފަ އެވެ.

ސައިކަލް ޓެކްސީގެ ހިދުމަތްދޭއިރު ޑްރައިވަރު ބޭނުންކުރަން ހާއްސަ ޖެކެޓެއް ވަނީ ތާރަފްކޮށްފައެވެ. އެ ޖެކެޓް ލައިގެން ހުންނަ އިރު، ފަހަތުގައި އިންނަ މީހާ ހިފަހައްޓާނެ ތަނެއް ޖެކެޓްގައި ހުރެ އެވެ. މި ޖެކެޓް ލައިގެން ހުންނައިރު، ފަހަތަށް އަރާ މީހާ، ޑްރައިވަރު ގައިގައި ނުޖެހޭނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

ސައިކަލް ޓެކްސީ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމާއެކު ޒުވާނުންނަން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ސައިކަލް ޓެކްސީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައިކަލް ޓެކްސީގެ ނަންބަރު ބޯޑްތައް ރީދޫ ކުލައިގައި ހުންނަ އިރު، ޑްރައިވަރުގެ ޖެކެޓްގެ ކުލައަކީ އޮރެންޖެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު