Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއާޕޯޓްސް ކޮމްޕެނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

އަލަށް ގެނައި ދެ ބޯޓާއެކު އެއް ފަހަރާ 100 މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 ޖެނުއަރީ 2017 | ހޯމަ 16:19
އެމްއޭސީއެލްގެ ރެސްކިޔު ހިދުމަތަށް ގެނައި ބޯޓް

އެމްއޭސީއެލްގެ ރެސްކިޔު ހިދުމަތަށް ގެނައި ބޯޓް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން ދެމުން ގެންދާ ރެސްކިޔު ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ދެ ބޯޓް ގެނެސްފިއެވެ.

އެއާޕޯޓް މެރިން ސްޓޭޝްންގައި ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީއަކީ ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ވާއިރު ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރި ވުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އެއާޕޯޓްގެ ރެސްކިޔު ހިދުމަތަށް އަލަށް މިގެނައި ދެ ބޯޓަކީ ކަނޑުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ގެނުވުނު ދެ ބޯޓް ކަމަށް އާދިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާދިލް ވިދާޅުވީ އަލަށް ގެނައި މި ދެ ބޯޓާއެކު އެއާޕޯޓްގެ ރެސްކިޔު ހިދުމަތުގައި ޖުމްލަ ހަތަރު ބޯޓް ހަރަކާތްުެރިވާނެ ކަމަށެވެ. އަދި އެ ބޯޓްތައް އަބަސް ވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި އަލަށް ގެނައި ދެ ބޯޓްތަކު އެއްފަހަރާ 100 މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް ރެސްކިޔުގެ ހުދިމަތް ފުޅާ ކުރުމުގެ މަގުސަދަކީ ކަނޑުގެ ސަރަހައްދުގައި އެއާޕޯޓުްސް ކޮމްޕެނީން ދެމުން ގެންދާ ހިދުމަތުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް އެއާޕޯޓާ ކައިރި ހިސާބެއްގައި ވެސް ކަނޑުގައި ނުރައްކާތެރި ހާދިސާ އެއް ހިނގައިފިނަމަ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔުގައި ހަރަކާތްތެރި ވާނީ އެމްއެންޑީއެފްއާ އަދި ކައިރި އެހެން ގައުމުތަކުން ކަމާ ގުޅުން ހުރި އެންމެ ފަހުގެ ޓްރޭނިން ހަދާފައިވާ އޮފިސަރުން ކަމަށެވެ.

މިއަދުގެ ރަސްމީއްޔާތުގައި ވަނީ އެއާޕޯޓްސް ކޮމްޕެނީ އަށް އަލަށް ގެނައި ދެ ރެސްކިޔު ބޯޓް ނޫސްވެރިންނަށް ދައްކާލާފައެވެ.އަދި ކަނޑގައި ނުރައްކާތެރި ހާދިސާ އެއް ހިނގައިފިނަމަ ހަރަކާތްތެރިވާނެ ގޮތުގެ ޑްރިލެއް ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި

02 މެއި 2017
ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު