Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ބަދިގެ 1442

ޗިކެން ޕަނީނީ ސޭންޑްވިޗް

ރޯދަ ވީއްލާ ގަޑީގައި ހެދިކާ އަކަށް ތައްޔާރުކޮށްލެވިދާނެ ބާވަތެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2021 | ބުރާސްފަތި 07:58
ޗިކެން ޕަނީނީ ސޭންޑްވިޗް

ޗިކެން ޕަނީނީ ސޭންޑްވިޗް

ފުށްގަނޑު ތައްޔާރުކޮށްލުމަށް ފުރަތަމަ ޖޯޑު ފުށާއި، ހަކުރާއި އީސްޓް އަޅައިގެން އެއްކޮށްލާށެއެވެ. އެއަށްފަހު، ހޫނު ފެން އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ތެޔޮ ސަމުސަލެއް އަޅައިގެން 5 މިނިޓްވަރު މޮޑެލުމަށްފަހު ކުޑަ ތެޔޮ ފޮދެއް ފުއްގަނޑުގައި ހާކާލާށެވެ. ދެން މަތި ޖަހާފައި 1 ގަޑި އިރު ބަހައްޓާށެވެ.

ކުކުޅު މަސްގަނޑު ތައްޔާރުކޮށްލުމަށް ކުކުޅާއި، ފޮނިތޮށި، ކޮރިއަންޑަރ، ޗިލީ ޕައުޑަރ، ގަރަމް މަސާލާ، ޖިންޖަރ، ގާލިކް، ސޯއީ ސޯސް އަދި ލޮނު އަޅައިގެން އެއްކޮށްލާށެވެ. ދެން ތަވައަކަށް 2 ސަމުސާ ތެޔޮ އެޅުމަށްފަހު، ކުކުޅު އަޅާ ރަނގަޅަށް ރޯ ފިލަންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ފިޔާ، ކެޕްސިކަމް އަޅައިގެން 2 މިނިޓް ކައްކާލާށެވެ.

ދެން ސޭންޑްވިޗް ތައްޔާރުކޮށްލުމަށް، ކުރިން ބެހެއްޓި ފުށްގަނޑުން ތިން ގުޅަ ހެދުމަށްފަހު، ފުށްގުޅަ އޯވަލް ބައްޓަމަށް ދަމާލުމަށްފަހު، 15 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު، މަޑު ގިނީގައި 5 މިނިޓް ފިހެލާށެވެ. ދެން ބަނަސް ކަފާހެން ކަފާލުމަށްފަހު، ޓޮމާޓޯ ސޯސް އާއި މަޔޮނައިސް އެއްކޮށްލުމަށްފަހު އެއްފަޅީގައި، ހާކާލާށެވެ. ދެން ކުކުޅު އެޅުމަށްފަހު، އޭގެ މަތީގައި އަނެއްކާވެސް ސޯސް ހޭކުމަށްފަހު މޮޒެރެއްލާ ޗީޒް ދެ ފޮތި އަޅާފައި އަނެއް ބައި ފޯލްޑް ކޮށްލާށެވެ. އެއަށްފަހު ގްރިލް ޕޭން އެއްގައި ތެޔޮ ހޭކުމަށްފަހު، މަޑު ގިނީގައި 2 މިނިޓް ފިހެލާށެވެ. މަސްރޮށި ފިހޭހެން ދެފާރަތް ރޯފިލާހެން ޕްރެސް ކޮށްލަން ވާނެއެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2021

ވެޖްޓެބަލް ކެސެރޯލް ވިތް ޗިކެން ބްރެސްޓް

25 އެޕްރީލު 2021
ވެޖްޓެބަލް ކެސެރޯލް ވިތް ޗިކެން ބްރެސްޓް
19 އެޕްރީލު 2021

ސްވީޓް އެންޑް ސްޕައިސީ ކޮރެއަން ޗިކެން

19 އެޕްރީލު 2021
ސްވީޓް އެންޑް ސްޕައިސީ ކޮރެއަން ޗިކެން
18 އެޕްރީލު 2021

ޗިކެން ޗީޒް ޑޯނަޓް

18 އެޕްރީލު 2021
ޗިކެން ޗީޒް ޑޯނަޓް
16 އެޕްރީލު 2021

ޗިކެން ތަންދޫރީ ކަޓްލެޓްސް

16 އެޕްރީލު 2021
ޗިކެން ތަންދޫރީ ކަޓްލެޓްސް
15 އެޕްރީލު 2021

މެކްސިކަން ޗިކެން ކެސެޑިއާ

15 އެޕްރީލު 2021
މެކްސިކަން ޗިކެން ކެސެޑިއާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު