Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއަށް ދަތުރުކުރުން މަނާ ލިސްޓް

ކޮވިޑްގެ ނުރައްކާ ބޮޑުވެ އެމެރިކާއަށް ދަތުރުކުރުން މަނާ ލިސްޓަށް 100ށް ވުރެ ގިނަ ގައުމު

22 އެޕްރީލު 2021 | ބުރާސްފަތި 03:48

އެމެރިކާއަކީ ކޮވިޑްގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވި ގައުމު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 22 އެޕްރީލު 2021 | ބުރާސްފަތި 03:48
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް

ކޮވިޑްގެ ނުރައްކާ ބޮޑުވެ އެމެރިކާއަށް ދަތުރުކުރުން މަނާ ލިސްޓަށް 100ށް ވުރެ ގިނަ ޤައުމު އަރައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އާއްމުކުރި އެންމެ ފަހުގެ ޓްރެވަލް އެޑްވައިޒަރީ ލިސްޓް ބުނާގޮތުން އެމެރިކާއަށް ދަތުރުކުރުމުގައި 200 ގައުމަކާއި ދެކޮޅަށް ވަނީ 4 ގިންތިއަކަށް ބަހާލައިގެން ފިޔަވަޅު އަޅާފައެވެ. އެގޮތުން ލެވެލް 1 އަދި 2 އަދި 3ގައި ދަތުރުކުރުމުގައި އެކި ކަހަލަ ސަލާމަތީ ފިޔަވަޅުތައް އެކަށައަޅައިގެން އެމެރިކާއަށް ދަތުރުކުރެވޭއިރު، ލެވެލް 4ކީ އެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޮތްގޮތުން މިވަގުތު އެމެރިކާއަށް ދަތުރުކުރުން މަނާ ގައުމުތަކެވެ. މި ލިސްޓް މިދިޔަ އަންގާރަ ދުވަހު އަޕްޑޭޓްކޮށްފައި ވަނީ މި ހަފުތާގެ ހޯމަދުވަހު ލިސްޓަށް ބޮޑެތި ބަދަލުތަކެއް އަންނޭކަމަށް ސްޓޭޓް ޑިޕާޓްމެންޓުން އިއުލާންކުރުމަށް ފަހުއެވެ. އެގޮތުން ލެވެލް 4 ނުވަތަ "ޑޫނޮޓް ޓްރެވަލް" ގިންތީއަށް އިތުރު 116 ގައުމު އަންގާރަ ދުވަހު ވަނީ އިތުރުކޮށްފައެވެ.

އަލަށް މި ލިސްޓަށް އިތުރުކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އިޒްރާއީލް، ކެނެޑާ އަދި މެކްސިކޯ ފަދަ އެމެރިކާއާއި ގާތް ގުޅުންތަކެއް އޮންނަ ގައުމުތަކެއް ހިމެނޭކަން ފާހަގަކޮށް ސްޓޭޓް ޑިޕާޓްމެންޓުން ވަނީ މިއީ ސިޔާސީ ކުޅިވަރެއް ނޫންކަމަށާއި މިއީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅެއްކަމަށް ބުނެފައެވެ. 4 ވަނަ ގިންތީގައި ހިމެނޭ އެން ގައުމުތަކަށް ބަލާއިރު، ފިންލެންޑް، މިސްރު، ބެލްޖިއަމް، ތުރުކީވިލާތް، އިޓަލީވިލާތް، ސްވިޒަލޭންޑް އަދި ސްޕެއިން ފަދަ ގައުމުތައްވެސް ހިމެނެއެވެ. ޗައިނާ އަދި ޖަޕާން ފަދަ ގައުމުތައް ހިމެނެނީ ލެވެލް 3 ނުވަތަ ރިކޮންސިޑަރ ޓްރެވަލް ގިންތީގައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ގައުމުގައި އިއުލާންކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް 30 ދުވަހަށް އިތުރުކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ކުރިއަށް އޮތް 3 މަސްދުވަހު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެމެރިކާއަކީ ކޮވިޑްގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވި ގައުމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
29 ޖެނުއަރީ 2017

އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ

29 ޖެނުއަރީ 2017
އެމެރިކާއަށް ވަނުން މަނާ މުސްލިމް ޤައުމު ތަކުގެ ލިސްޓަށް ޕާކިސްތާން ލަނީ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް