Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ

އޯވަރޑްރާފްޓުގެ މުއްދަތު އިތުރުކުރުމަށް ކޮމިޓީން ނިންމައިފި

ކޮމިޓީގެ އަޣުލަބިއްޔަތުން މުއްދަތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އެޕްރީލު 2021 | ބުދަ 19:48
އޯވަރޑްރާފްޓުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އޯވަރޑްރާފްޓުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވާ މުއްދަތަށް ދީފައިވާ އިސްތިސްނާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް މުއްދަތު އިތުރުކުރުމަށް އެކަން ދިރާސާކުރި 9 މެމްބަރުންގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމުގެ މައްސަލަ ދިރާސާކުރުމަށް 9 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު ދިން މުއްދަތު މިއޭޕްރީލް މަހުގެ 26 ވަނަ ދުވަސްކަމުގައިވާ އަންނަ ހަފުތާގެ ހޯމަ ދުވަހު ހަމަވާތީ ކޮމިޓީގެ މަސައްކަތްތައް ބުދަ ދުވަހު އެކީ އެކައްޗަކަށް ގޮސް ނިންމާލުމަށް ކޮމިޓީން ސުންގަޑި ކަނޑައެޅިއެވެ.

ބުދަ ދުވަހާއި ބުދަ ދުވަހުގެ ރޭ ކޮމިޓީން ބޭއްވި 5 ބައްދަލުވުމަށްފަހު ފިނޭންސް މިނިސްޓަރ އެދިވަޑައިގެންނެވި ގޮތަށް މުއްދަތު އިތުރުކުރުމަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް ފާސްކުރުމަށް ހުށަހެޅުއްވީ އަލުފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދެވެ. ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.

ކޮމިޓީން ވަނީ މިކަން ދިރާސާކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާ ބައްދަލުކޮށްފައެވެ. ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ފާހަގަ ކުރައްވާފައިވަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ އާމްދަނީ ލިބޭ މިންވަރަކުން ދައްކަމުން ދިޔުމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ފައިސާ އަނބުރާ ދައްކާއިރު ފައިނޭންޝަލް ކޮސްޓެއް ނުވަތަ އިންޓަރެސްޓެއް ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް ކޮމިޓީ ރިޕޯޓްގައި އެކަން ކޮމިޓީން ހުށަހަޅާ ކަމެއްގެ ގޮތުގައި ހިމަނާފައިނުވެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާ ހާލަތެއް ގެނައުމުގެ ހުއްދަ މަޖިލީހުން ދީ އެ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދިފައެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވަނީ އެދިފައެވެ. އެހުއްދަ މިމަހުގެ 26 ވަނަ ދުވަހު ހަމަވެއެވެ.

ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސާދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައެވެ.

އިތުރު އެއް އަހަރު ދުވަހަށް އެހުއްދަ އިތުރުކުރުމަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އަދި މި އިގްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާ ކަމަށާއި އަދިވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަރައި ގަނެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މި ވަގުތު މި ހަމަތަކަށް ރުޖޫއަ ވާން މަސައްކަތް ކޮށްފިނަމަ، ރާއްޖޭގެ އިގްތިސާދަށް, ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓަށާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ވުމާއެކު އިސްތިސްނާގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު