Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުއާދު ތައުފީގު

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ހަ މަސް ދުވަހުގެ ޖަލު ހުކުމެއް، ތަންފީޒްކުރުން ތިން އަހަރަށް ފަސް ކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 13:57
ފުއާދު ތައުފީގް: މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް، ނުފޫޒު ފޯރުވަން މަސައްކަތް ކުރި

ފުއާދު ތައުފީގް: މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް، ނުފޫޒު ފޯރުވަން މަސައްކަތް ކުރި

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މައްޗަށް އިއްވި ހުކުމް އަންނަ މާޗް މަހުގެ 9 ވަނަ ދުވަހު ތަންފީޒްކޮށް ހަމަވާނެ އެވެ.

ސުޕްރީމް ކޯޓުން ސޫމޯޓޯ ނުވަތަ އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލައެއްގައި ފުއާދުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އެވެ. ފުއާދުގެ މައްޗަށް އިއްވާފައިވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކޮށްފަ އެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒްކޮށް ނިމުނީ އެވެ.

Advertisement - newsAdvertisement

ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ 3,000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ފަޔާޒް

ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމް އިއްވުމާއެކު ފުއާދު ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ. ލަންކާގައި ހުންނަވައި ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައ ފުއާދު ވިދާޅުވީ އިންތިހާބަށާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވުމަށް ބާރުގައި ތިއްބެވި މަޖިލިސް މެންބަރުންނާއި ނުފޫޒު ގަދަ ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން މަގާމު ގެއްލުވާލާނެ ކަމުގެ އިންޒާރާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިރު އޮތް، ބިރު ދައްކަމުން ވެސް ދޭ، އަދި ބައެއް ކަހަލަ ނުފޫޒު ގަދަ މަޖިލީހުގެ މެންބަރުން އިންޒާރު ވެސް ދެއްވާ ހައްދަވާ، އެހެން ނަމަވެސް އަޅުގަނޑާއި އެހެން މެންބަރުން ވެސް ބެލީ އެހެން ދައްކާ ބިރަކަށް އިންޒާރަކަށް ބޯނުލަނބާނެ ކަމާއި ގާނޫނާއި ގަވާއިދުގެ ތެރެއިން އިންސާފުވެރިކަމާއެކު އިންތިހާބުގެ ހުރިހާ ކަމެއް ކުރުމަށް، އެކަން ކުރުމުގެ ސަބަބުން ކޮންމެ ނަމެއް ދީފަ ވަޒީފާ އިން ވަކިކުރިއަސް ވަރިހަމަ ކަމުގައި،"

ފުއާދު ވިދާޅުވީ މާޗް 9 ވަނަ ދުވަހު ހުކުމް ތަންފީޒްކޮށް ނިމޭއިރު، އެ ހުކުމަކީ ވަރަށް ހެއްވާ ހުކުމެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވަކިކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ ސީދާ ގާނޫނުގައި އޮތް ގޮތާ ޚިލާފަށް ކަމަށް ފުއާދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ކުރެއްވި ހުކުމެއްގެ ތެރޭގައި ވަނީ ވަޒީފާ އިން ވެސް ވަކިކުރައްވާފަ، އެހެންވީމަ ގާނޫނު އޮތް ތަނުގައި ބާއްވަވާފަ އަޅުގަނޑުމެން މި ވަކިކުރެއްވީ، އަޅުގަނޑުމެން ތިބީ މިކަމަށް ތައްޔާރުވެގެން، އަޅުގަނޑުމެންނަށް އެނގޭ މިފަދަ ކަމެއް ކުރައްވަފާނެކަން، އެހެންކަމުން އެއަށް ޖެހިލުމެއް ނެތި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ"

ފުއާދު ވިދާޅުވީ ހުކުމް ތަންފީޒްކޮށް ނިމޭ އިރަށް ރާއްޖެ ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ލިބިފައިވާ ތަޖުރިބާއާއި އިލްމުގެ ބޭނުން ކޮށްގެން ގައުމަށް ޚިދުމަތް ކުރެވޭނެ ފަދަ ހާލަތެއް އައިސްފި ނަމަ ރާއްޖެ ދާން ތައްޔާރު ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ރާއްޖެއެމްވީ އަށް އިންޓަވިއު ދެއްވަނީ

ފުއާދު ވިދާޅުވީ ދައުލަތުގެ މަގާމެއް އަދާކުރައްވަންޖެހޭ ވާޖިބު ފުރިހަމައަށް އަދާކުރާ މީހުންނަށް މި ޖެހެނީ ގައުމު ދޫކޮށް އެހެން ގައުމަކަށް އަރުވާލެވިގެން ތިބެން ކަމަށެވެ. ފުއާދު ވިދާޅުވީ ހައްގުގެ މަގުގައި މަސައްކަތް ކުރުމުން މިފަދަ ކަންތައްތައް ދިމާވި ނަމަވެސް، މާޔޫސް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިސްލާމީ ތާރީޚަށް ބަލާލި ނަމަވެސް، ހައްގު ބަސް ބުނަންވެއްޖެއްޔާ އެ މީހަކު ރަށުން ފުރައިގެން ދާން ޖެހުމަކީ ދިމާވެފައިވާ ކަމެއް. ރަސޫލު ޒަމާނުގައި ވެސް އެކިއެކި އަސްހާބު ބޭކަލުންނަށް ވެސް މިކަހަލަ ކަންތައްތައް ދިމާވެފަ ވަނީ. އެއީ އެ ވަގުތެއްގެ ހާލަތު ނިޔާކުރާ ގޮތުން ދިމާވާ ކަންތައްތަކެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،"

މިސާލެއްގެ ގޮތުގައި ފުއާދު ދެއްކެވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އެވެ. ނިޔާޒު ވެސް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގަ އެވެ. ފުއާދު ވިދާޅުވީ ނިޔާޒަށް ވެސް ރާއްޖެ ދޫކޮށްލައްވަން ޖެހިވަޑައިގަތީ ތެދުވެރިކަމާއެކު ވާޖިބު އަދާކުރުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު