Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޯޑީގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ

އެމްއެމްއޭއިން ބޭނުންވަނީ އޯޑީގައި އިންޓަރެސްޓާާއެކު އަނބުރާ ދައްކާނެ ޕްލޭނެއްވެސް ހިމަނަން

އާމްދަނީ ލިބޭ ވަރަކުން ފައިސާ ދައްކަމުން ދާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އެޕްރީލު 2021 | ބުދަ 15:06
ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ

ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވާ މުއްދަތަށް ދީފައިވާ އިސްތިސްނާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރުގެެ އެދިވަޑައިގަތުންު ދިރާސާކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީއަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށް ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކޮށްފިއެވެ.

ކޮމިޓީގެ ބައްދަލުވުން ބުދަ ދުވަހުގެ ރޭ ބޭއްވުމަށްފަހު މިމަސައްކަތް ނިންމުމަށް ކޮމެޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. މެންދުރުފަހު މިކަމުގައި ޝާމިލްވާ ތިން އިދާރާގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކަށް ބަލާއިރު ކޮމިޓީގައި ތިއްބެވި މެމްބަރުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ މުއްދަތު އިތުރުކުރުމާއެކު އެކަމުގެ ސަބަބުން އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އިތުރު އަހަރެއް ފިނޭންސް މިނިސްޓްރީން ބޭނުންވާއިރު އެމުއްދަތުގެ ތެރޭގައި އެކަން ކުރުމުގެ މުހިންމުކަން ހުރިހާ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑްގެ ހާލަތުން އަދިވެސް އަރައިގަނެވިފައިނުވާތީ އެފައިސާ ދައްކާ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެދިވަޑައިގަންނަވައެވެ. އަދި އާމްދަނީ ލިބޭ ވަރަކުން އެފައިސާ ދައްކަމުންދާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ނިމޭއިރު އެފައިސާ އެއްކޮށް ދައްކާނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު އާ ބައްދަލުކޮށް ކޮމިޓީން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި ކަންކަމަކީ އޯޑީ އަނބުރާ ދެއްކުމުގައި މިހާރަށްވުރެ ހަރުދަނާ ގޮތްތަކެއް ހިމެނުމަށެވެ. މިކަންކަމަކީ މިދިޔަ އަހަރު އޯވަރޑްރޯ ކުރުމުގެ ހުއްދަ މަޖިލީހުން ދިން އިރު އޭރުވެސް ގަވަރުނަރު ފާހަގަކުރައްވާފައިވާ ކަންކަމެވެ.

އެމްއެމްއޭއިން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އޯޑީގެ އަދަދު މިހާރު ނަގާފައިވާ 4.4 ބިލިއަން ރުފިޔާއަށްވުރެ އިތުރު ނުކުރުމަށެވެ. އަދަދު އިތުރުކޮށްފިނަމަ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށާއި ޚިދުމަތުގެ އަގާއި ތަކެތީގެ އަގު މަތިވެގެންދާނެކަމަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.

ފިނޭންސް މިނިސްޓަރާއެކު ކުރިޔަށްދިޔަ ބައްދަލުވުމުގައި މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ މިހާރު އޯވަރޑްރޯ ކޮށްފައިވާ އަދަދަށްވުރެ އިތުރަށް އޯވަރޑްރޯ ނުކުރާނެ ކަމަށެވެ. އެކަމަށް މަރުކަޒީ ބޭންކުންވެސް ޖާގަ ނުދޭއިރު އެކަން ކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ގަސްތުނުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާއެވެ. އެގޮތަށް ނަގާ ދަރަންޏެއް 91 ދުވަހުގެ ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް އަނބުރާ ދައްކަން ޖެހޭނެ ކަމަށްވެސް ގާނޫނުގެ އެ މާއްދާގައި ބުނެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

އެހުއްދަ މަޖިލީހުން ދީފައިވާއިރު މުއްދަތު އިތުރު އެއް އަހަރަށްް އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުން ދިރާސާ ކުރަމުން ދިޔައިރު ކޮމިޓީގައި އެންމެ ބޮޑަށް ބަހުސްކުރެވުނު އެއް ކަމަކީ އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ އަނބުރާ ދައްކާއިރު ފައިނޭންޝަލް ކޯސްޓެއް ނުވަތަ އިންޓަރެސްޓެއް ހިމެނުމަށެވެ. މިކަމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ޚިޔާލުވެސް ވަނީ ތަފާތުވެފައެވެ.

މިކަމަށް އެމްއެމްއޭގެ ގަވަރުނަރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބާރު އަޅުއްވަމުން ވާހަކަދެއްކެވި ބޭފުޅުންގެ ޚިޔާލަކީ ފައިސާ އަނބުރާ ދައްކާއިރު އެކަމަށް ޑިސިޕްލިން ކުރުވުމެވެ. ދަރަންޏަށް ފައިސާއެއް ނަގާއިރު އިތުރު ފައިސާއެއް ދައްކަންޖެހޭނަމަ އެފައިސާ އަނބުރާ ދެއްކުމަށް ދޭ ސަމާލުކަން އިތުރުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އިންޓަރެސްޓްގެ ގޮތުގައި ހިމަނާނީ ކިހާ މިންވަރެއްތޯ ކުރެވުނު ސުވާލުގައި ގަވަރުނަރު ވިދާޅުވީ ޓީބިލް ރޭޓަށް ވުރެ ދަށް އަދަދެއް ރަނގަޅުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ގަވަރުނަރުގެ އިތުރުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުވެސް ވިދާޅުވީ ފައިނޭންޝަލް ކޮސްޓެއް ހިމެނުމަށް އެމްއެމްއޭއިން ބާރު އަޅާ ސަބަބަކީ އަނބުރާ ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަމަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން ނިންމަންޖެހޭ ކަމެއްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޯޑީގައި އިންޓަރެސްޓް ހިމެނުމާ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް މެމްބަރުންވެސް ދެކޮޅެވެ. އެކަމާއި ދެކޮޅު ހައްދަވަމުން މިނިސްޓަރ ވިދާޅުވީ އޯޑީގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅަނީ އިތުރު ގޮތެއް ނެތިގެންކަމަށެވެ. އެހެންކަމުން މިހާލަތުގައި އޯޑީގައި އިންޓަރެސްޓް ނުވަތަ ފައިނޭންޝަލް ކޮސްޓް ހިމެނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދެއްކެވި މެމްބަރުންގެ ޚިޔާލުފުޅަކީވެސް އޯޑީ އަނބުރާ ދައްކާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާ އެކަމުގެ ޕްލޭން އޮތްއިރު އިތުރު ފައިސާއެއް ހިމެނުމަކީ އެކަމުގެ ސަބަބުން ދައުލަތަށް އިތުރު ބުރައެއް ވެގެންދާނެ ކަމެއްކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ މިހާރުވެސް ފާސްކޮށްފައި އޮތް ބަޖެޓުން ކޮންމެވެސް ކަމަކަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާއިން ކަމަށްވާއިރު އެކަމުގެ ނިކަމެތިކަން އާޚިރުގައި ލިބިގެންދަނީ ރައްޔިތުންނަށް ކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި މިވަގުތަކީ އެފަދަ ފައިސާއެއް ހިމެނުމަށް އެންމެ އެކަށޭނެ ވަގުތު ނޫންކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އެންމެ ބޮޑަށް ފާހަގަކުރެއްވި އަނެއް ނުކުތާއަކީ އޯޑީ އަނބުރާ ދައްކާނެ ޕްލޭނެއް އެކުލަވާލާފައި އޮތުމެވެ. މިކަންކަމުން އަރައިގަނެވޭނެ ގޮތެއް އެނގިފައި އޮތުމަކީ މުހިންމު ކަމެއްކަމަށާއި އޯޑީ ފެސިލިޓީ ދޭއިރު ރާއްޖޭގެ އިގްތިސާދު މެދު ރާސްތާގައި ކުރިއަރާނެ ގޮތެއް ބަލާ އަދި ޚާއްސަކޮށް ދައުލަތުގެ ކޭޝް ފްލޯގެ އަންދާޒާތަކަށް ބަލާ އޯޑީ އިތުރުކުރުމަށް މުއްދަތެއް ކަނޑައެޅުމަށް އެމްއެމްއޭއިން ވަނީ ކޮމިޓީއަށް ލަފާދީފައެވެ.

މިކަމުގައި ކޮމިޓީގައި މެމްބަރުން ފާޅުކުރައްވަމުން ގެންދެވި ޚިޔާލަކީ އޯޑީއަކީ އަނބުރާ ދައްކާނެ އެއްޗަކަށްވާއިރު އަހަރު ދުވަހުގެ މުއްދަތުގައި އެފައިސާ ފިނޭންސުން ދައްކާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވަނީ ކޮން ޕްލޭނެއްތޯ މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ އޯޑީ ފެސިލިޓީގެ ބޭނުމަކީ ކޭޝް ފްލޯ ދަތި ވަގުތު ނަގާފައި ކޭޝް ފްލޯ ރަނގަޅުވުމުން މަޑުމަޑުން އެފައިސާ އަނބުރާ ދައްކަމުން ކޭޝް ފްލޯ މެނޭޖްކުރަމުން ދިއުންކަމަށެވެ.

ފައިސާ އަނބުރާ ދައްކާނެ ޕްލޭނެއް އެކުލަވާލާފައި އޮތުމުގެ އިތުރުން އެމްއެމްއޭއިން ދެން ފާހަގަކުރި އަނެއް ކަމަކީ ރިވިއު ޕްރޮސެސެއް ހިމެނުމެވެ. ގަވަރުނަރު ވިދާޅުވީ ރިވިއު ޕްރޮސެސް އެއް ކޮންމެ ހަމަހަކުން ކުރިޔަށް ގެންދިޔުމަށް ހުށަހަޅުއްވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީއާއެކުވެސް ރިވިއު ކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންދިޔުމަށް އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަމަށާއި ނަމަވެސް ކުރިޔަށް ގެންދާނީ ކުއަރޓާލީ ކޮށް ނުވަތަ ހަމަހުން ހަމަހުންތޯ އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާކަމަށެވެ. ކުއަރޓަރލީ ކޮށް ރިވިއު ކުރަން ދަތިވެދާނެ ކަމަށާއި ނަމަވެސް ހަމަހުން ހަމަހުން ރިވިއު ޕްރޮސެސް އެއް ކުރިޔަށް ގެންގޮސް ރެވެނިއު އާއި އިކޮނޮމިކް ރިކަވަރީ އައިސްފައި ހުރި ގޮތް ބެލުން ރަނގަޅު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް މެމްބަރުން ވަނީ އޯޑީގެ މުއްދަތު އިތުރުކުރެވޭނެ ފަހުފަހަރު ކަމަށް މިފަހަރު ހެދުމަށްވެސް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ދުނިޔޭގެ އިގްތިސާދުގެ ހާލަތު މިވަގުތު ހުރިގޮތަށް ބަލާއިރު އެއީ އެކަން ކުރެވޭނެ ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑްގެ ކުރިން ރާއްޖޭގެ އިގްތިސާދު ހުރިވަރަށް އަންނާނެކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު