Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. އަތޮޅު ވިއްކުން ހުއްޓުވުން

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

ފ. އަތޮޅު ވިއްކާލަނީ "އަނދިރީގައި"

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 21:55
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން، އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން، އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި

ފ. އަތޮޅު ވިއްކާލުމުގެ އަޑުތައް ފެތުރިފައިވާއިރު، މި ސަރުކާރުން ގާނޫނާ ހިލާފަށް ވިއްކާ ބިންތައް އަނބުރާ ދިވެހިރައްޔިތުންނަށް ހޯދައިދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން އަންގާރަ ދުވަހުގެ ރޭ ގަރާރެއް ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 151 ވަނަ ބައްދަލުވުމުގައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ފ. އަތޮޅުގެ މުއާމަލާތުގައި ސިއްރުތަކެއް އެކުލެވޭ ކަމަށާއި އެއީ ފ. އަތޮޅު ވިއްކާލުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. މި ސަރުކާރުން ކުރާ ކަންކަމުގައި އަބަދުވެސް ހިމެނެނީ ކޮރަޕްޝަން ކަމަށާއި އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހިނދު، އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ހުރިހާ މުއާމަލާތްތައް ބާތިލުކޮށް، ދޫކޮށްފައިވާ ބިންތައް އަނބުރައި ރައްޔިތުންނަށް ހޯދައި ދޭނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. މި ގަރާރު ފާސްވީ 42 މެމްބަރުންގެ ވޯޓުންނެވެ.

މާބްލް ހޮޓެލްގައި ބޭއްވި ގައުމީ މަޖިލީހުގެ މި ގަރާރަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހެވެ.

އުބޫ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާ، އަދި އެދޭ ކަމެއް ނޫންކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ދިވެހިރައްޔިތުންގެ ވިންދާ އެއްގޮތަށް މަަސައްކަތްކުރާ ޕާޓީއެއް ކަމަށާއި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. ރާއްޖެ ބިންތައް ވިއްކުން ހުއްޓުވުމަށްޓަކައި ގާނޫނު އަސާސީ އަށް އިސްލާހު ގެންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅުގެ މުއާމަލާތް ހިންގަމުން ދަނީ "އަނދިރީގައި" ކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ "ރައީސް ޔާމީނަކީ ފައިސާ ފޮއްޗެއް ވެއްޖިއްޔާ އޭގައި ހިތްޕަވާނެ ބޭފުޅެއް" ކަމަށެވެ. ފ. އަތޮޅުގެ މުއާމަލާތުގައި ކޮރަޕްޝަނާއި ފަސާދަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މިކަމާމެދު ފިޔަވަޅު ނާޅައި ތިބެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރާއްޖޭން ބިމުގެ އެންމެ ތަންކޮޅެއް ވެސް ވިއްކަން ޖެހޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ "މިއީ މުޖިރިމު ސަރުކާރެއް، ގުންޑާއިންގެ ސަރުކާރެއް، ވަގުންގެ ސަރުކާރެއް،" ކަމަށާއި މި ސަރުކާރަށް ރާއްޖޭގެ އެންމެ ވެލިފުކެއް ވެސް ވިއްކުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ.

ފ. އަތޮޅު ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވި އެވެ. ފ. އަތޮޅު ސަލާމަތްކުރަން މުޒާހަރާ ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ވެސް ރާއްޖޭގެ 29 ރަށެއް ގަތުމަށް ޗައިނާއިން ހުށަހެޅި ކަމަށާއި ނަމަވެސް، ރާއްޖެއަކީ "ޗައިނާ ޓައުން" އަކަށް ހަދަން ރައީސް ނަޝީދު ބޭނުންފުޅު ނުވި ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު