Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރަށް ފައިސާހޯދުން

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

ކަރަޕްޝަނުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް 2016 ވަނަ އަހަރު ފައްޓަވާނަން- ރައީސް ޔާމިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 ޖެނުއަރީ 2017 | ހުކުރު 00:00
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ސަރުކާރުގެ ފައިސާއަށް އެކި ގޮތްގޮތުން ހިޔާނަތްތެރިވެފައިވާ މީހުން ގޮތުގައި އޮޑިޓް ރިޕޯޓުތަކުންނާއި އޭސީސީގެ ތަހުގީގުތަކުން ފާހަގަވެފައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގައި، އެފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހްމަދު އައިމަން ވިދާޅުވީ، ފާއިތުވެދިޔަ ސަރުކާރުތަކުން ދައުލަތުގެ މާލިއްޔާ އިން މަދުވެފައިވާ ފައިސާ ހޯދުމަށް، ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ފައިސާ އަތިލަންޖެހޭ ފަރާތްތަކާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ފަދަ ފަރާތްތަކާ އެކު ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގާ އެފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް އައިމަން ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން މިހާތަނަށް ފައިސާ ބަޔަކު ދައްކާފައިވާކަން ނުވަތަ ނުވާކަން ވެސް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިދިއަ 2016 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ، ކަރަޕްޝަނުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް އެ އަހަރު ފައްޓަވާނެ ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މައުލޫމާތު އޭސީސީ އާއި އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްތަކުން ފެންނަން އެބަހުރި ކަމަށާއި ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ހިޔާނާތްތެރިވެފައިވާ ފަރާތްތަކާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބު މިއަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހު ވަނީ ކުރީގެ ރައީސް ނަޝީދާ އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ފެށިކަން އިއުލާނުކޮށްފަ އެވެ.

ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ އިރު މިސަރުކާރުގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަނީ ގެއްލިފަ އެވެ. މިކަމާ ގުޅޭ ތަހުގީގު އޭސީސީން ހިންގަމުންދާ އިރު އަދިވެސް މިކަމުގެ ރިޕޯޓް އާއްމުކޮށްފަ އެއް ނުވެ އެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ބައެއް މައްސަލަތަކާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިއަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާކޮށް ޖަލު ހުކުމްތަކެއް ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން މި ސަރުކާރުގެ ކުންފުނިތަކާ ގުޅޭ ކޮރަޕްޝަނުގެ ބައެއް މައްސަލަތަކެއްވެސް މިވީ ދުވަސްތަކުގާ ފެންމަތިވެފަވާކަން ފާހަގަކޮށްލެވެ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު