Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

ކޯލިޝަނަކީ ސިޔާސީ ވަހުތާނެއް ކަމަށް ރައީސް ޔާމީން ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 މާރިޗު 2017 | ހޯމަ 12:45
ރައީސް ޔާމީން

ރައީސް ޔާމީން

ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށާއި އެހެންކަމުން އެ ބޭފުޅުނަށް އެއްގަލަކަށް ނޭރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވާދަކުރާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނަށް އެއްގަލަ އެރޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އެ ބޭފުޅުން މިވަގުތު އެއްގަލަކަށް އަރާ އެތިއްބެވީ ސަރުކާރާ އިދިކޮޅު ވުމަށް އެކަނި ކަމަށެވެ.

Advertisement - newsAdvertisement

"މީގެ ކުރީގަ އެމީހުންނަކީ އެކި ފުށަށް ތިބި މީހުން. މިހާރު އެއްގަލަށް މިއަރަނީ ސަރުކާރާ ދެކޮޅުވާން އެކަނި. އެކަމަކު އެއަށްފަހު އެއްގަލަށް އެރޭނެ އެއްވެސް ގޮތެއް ނެތް. އެއީ އެތާ ތިބީ ހައްތަހާ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ބޭނުންވާ މީހުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރަމުންދަނީ އިހުލާސްތެރި މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިސްވެރިންގެ އަމިއްލަ ޖާހު ވަރުގަދަ ކުރަން ކުރާ މަސައްކަތެއް ނޫން ކަމަށާއި އަމިއްލަ ތަނަވަސްކަން ވަރުގަދަ ކުރުމަށްކުރާ މަސައްކަތެއް ވެސް ނޫން ކަމަށެވެ.

ކޯލިޝަނަކީ "ސިޔާސީ ވަހުތާނެއް" ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކީ އެހާ ކާމިޔާބު އެއްޗެއް ނޫން ކަމަށެވެ. އަދި ރައީސްކަމުގެ މަގާމުގައި ހުންނެވޭނީ އެއްބޭފުޅަކަށް ކަމަށާއި ކޯލިޝަނުން ކުރިއަށް ދާންޖެހޭނީ ވެރިކަންކުރާ ޕާޓީގެ އަދި ރައީސްގެ ވިސްނުމުގެ ދަށުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގެ ކޯލިޝަންގައި އެމްޑީއޭ ފިޔަވާ ދެންތިބި ޕާޓީތައް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހުނީ އެހަގީގަތް ގަބޫލު ނުކުރާތީ ކަމަށެވެ.

"ސަރުކާރުން ހިންގޭނީ ކޮންމެވެސް އެއްބަޔަކަށް، ބަސްކިޔާނީ ކޮންމެވެސް އެކަކު. އޮޑިއެއްގައި ވެސް ފަޅުވެރިން ތިބޭނެ. އެކަމަކު ކައްޕިއަކަށް ހުންނާނީ އެއްކައްޕި. ދެ ކައްޕި ތިބެއްޖިއްޔާ ފަހަރެއްގައި ދެ މިސްރާބަކަށް ދަތުރުކޮށްފާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު