Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖެނީވާ ސަމިޓް

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެ ވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވި

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 20:03
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖެނީވާ ސަމިޓްގައި ވާހަކަފުޅު ދައްކަވަނީ --

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖެނީވާ ސަމިޓްގައި ވާހަކަފުޅު ދައްކަވަނީ --

އަލުން އަނބުރާ ރާއްޖެ ވަޑައިގަންނަވޭނެ ކަމަށާއި އިސްލާހީ މަސައްކަތްތަކާމެދު އެއްވެސް ގޮތަކަށް އުއްމީދު ކަނޑާނުލައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޖެނީވާ ސަމިޓްގައި ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، 13 އަހަރަށް ޖަލަށް ހުކުމްކުރައްވާފައި ހުންނެވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ "އަނބުރި ޖަލަށް ދާން ޖެހުނު ނަމަވެސް އަލުން ގައުމަށް އެނބުރި އަންނާނެ" ކަމަށެވެ.

Advertisement - newsAdvertisement

ނުވަ ވަނަ ޖެނީވާ ސަމިޓްގައި ރައީސް ނަޝީދަށް އެރުވި ކަރޭޖް އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފެށީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަމަށެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ފަރުދީ ހައިސިއްޔަތުން ގިނަ ގުރުބާނީތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެތައް ފަހަރަކު ޖަލަށް ލެއްވި ކަމަށާއި އަނިޔާކުރެއްވި ކަމަށާއި 18 މަސް ދުވަހު، އެކަހެރިކޮށް ހައްޔަރުކޮށްފައި ބެހެއްޓި ކަމަށެވެ.

އިސްލާހީ މަސައްކަތްޕުޅުގެ ތެރެއިން 2008 ގައި ވެރިކަން ކާމިޔާބު ކުރެއްވުނު ނަމަވެސް، ހުދުމުހްތާރު ވެރިކަމެއްގެ މޫތައް ދުރަށް އޭރުވެސް ފެތުރިފައިވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަން ބަގާވާތަކުން ބަދަލުކުރިއިރު، ބާރު ބޭނުންކޮށްގެން ވެރިކަމުގައި ދެމި ހުންނެވުމުގެ ވިސްނުން ނުގެންގުޅުއްވީ ދިވެހި ގައުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި މެދު ވިސްނެވުމަށްފަހު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޑިކްޓޭޓަރެއް ވެރިކަމުން ދުރުކުރުމަކީ ފަސޭހަކަމެއް. އެކަމަކު ޑިކްޓޭޓަރޝިޕެއްގެ މޫތަށް ދުރަށް ފެތުރިފައިވޭ. އޭގެ ސަބަބުން، ވެރިކަން ވެއްޓިގެންދިޔައީ. ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކަކީ ދުނިޔޭގައި އެންމެ ފުރަތަމަ "ޓެލެވައިޒްޑް" ބަޣާވާތެއް،" ނަޝީދު ފާހަގަކުރެވެއްވި އެވެ.
"އޭރު ބަލިގަބޫލުނުކޮށް، ވެރިކަމުގައި ހުންނަން މަސައްކަތްކުރި ނަމަ، އަޅުގަނޑަށް ގަބޫލުކުރެވުނީ އެއީ ގައުމަށާއި އިންޑިޔާ ކަނޑުގެ ސަލާމަތަށް އޮތް ހަމަނުޖެހުމެއް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަން ވެއްޓުމަށްފަހު، ކަންކަންވެގެންދިޔަ ގޮތާއިމެދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ފެނިގެންދަނީ ހުދުމުހުތާރުކަން ކަމަށެވެ. އެގޮތުން، ހުރިހާ އިދިކޮޅު ސިޔާސީ ފަރާތްތައް މިހާރު ހުރީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ކަމަށާއި އެމަނިކުފާނަށް އިގިރޭސިވިލާތަށް ދެވުނީ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ސަރުކާރުން ދޫކުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި، ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވޭނޭކަމުގެ ޔަގީންކަން ސަރުކާރުން ނަގާލަމުންދިޔަ ނަމަވެސް، ރާއްޖޭގެ ކުރިމަގާއި މެދު ކުރާ އުންމީދުތައް އަދިވެސް ދޫކޮށްނުލައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަލުން އަނބުރާ ގައުމަށް ދާން ޖެހުނު ނަމަވެސް، ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ނަޝީދު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު