Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑް ދޫކޮށްލަން ވުޑްވާޑް ނިންމުން

ޔުނައިޓެޑުގެ މަގާމުން ވަކިވާން ވުޑްވާޑް ނިންމައިފި

20 އެޕްރީލު 2021 | އަންގާރަ 21:35

ޔުނައިޓެޑުގެ މަގާމުން ވުޑްވާޑް ވަކިވާނީ މި އަހަރު ނިމުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އެޕްރީލު 2021 | އަންގާރަ 21:35
މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް

މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް

މި އަހަރު ނިމުމުން މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަނުގެ މަގާމުން ވަކިވާން އެޑް ވުޑްވާޑް ނިންމައިފިއެވެ.

މަގާމުން އިސްތިއުފާދިނުމަށް ވުޑްވާޑް ނިންމިއިރު، މީގެ ކުރިންވެސް ވުޑްވާޑުގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބަކަށްދާތީ، އެ ޓީމުގެ ސަޕޯޓަރުން ވަނީ މަގާމުން އިސްތިއުފާދިނުމަށް ވުޑްވާޑަށް ގޮވާލާފައެވެ. އަދި މި ފަހުން ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގައި ޔުނައިޓެޑް ހިމެނުމާއެކު، އެ ކުލަބުގެ ސަޕޯޓަރުން ވަނީ އިތުރަށް ނުރުހުން ފާޅުކޮށްފައެވެ.

އެއާއެކު އަންގާރަ ދުވަހުގެރޭ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައިވަނީ މި އަހަރު ނިމުމުން، ޔުނައިޓެޑުގެ މަގާމުން ވަކިވާން ވުޑްވާޑް ނިންމާފައިވާ ކަމަށް ބުނެފައެވެ. މަގާމުން ވަކިވާން ނިންމިކަން ހާމަކުރެއްވުމަށްފަހު ވުޑްވާޑް ވިދާޅުވީ މިދިޔަ 16 އަހަރު ޔުނައިޓެޑަށް ކޮށްދިން ޚިދުމަތާ ދޭތެރޭ ފަޚުރުވެރިވާ ކަމަށެވެ. އަދި ކުލަބު ދޫކޮށްލަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ގިނަ އަހަރުތަކަކަށްފަހު ވުޑްވާޑް ޔުނައިޓެޑާ ދުރަށްދާއިރު، އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާއަށް ޔުނައިޓެޑް ގަތުމަށް 2005 ވަނަ އަހަރު ލަފާދިނީ ވުޑްވާޑެވެ. ގްލޭޒާގެ ފަރާތުން ޔުނައިޓެޑަށް އެންމެ ފުރަތަމަ ވުޑްވާޑް ޚިދުމަތްކުރަން ފެށީ މާލީ ގޮތުން ލަފާދޭ މީހެއްގެ ގޮތުގައެވެ. އެކަމަކު ފަހުން 2007 ވަނަ އަހަރު ޔުނައިޓެޑުގެ ކޮމާޝަލް އަދި މީޑިއާ ކަންތައްތަކުގެ އެންމެ އިސް ވެރިއެއްގެ ޒިންމާއާ ވުޑްވާޑް ވަނީ ހަވާލުވެފައެވެ. އަދި އޭގެ ފަހުން 2012 ވަނަ އަހަރު ޔުނައިޓެޑުގެ ސީއީއޯގެ މަގާމުގައި ހުރި ޑޭވިޑް ޖިލް ރިޓަޔާކުރުމުން، އެ މަގާމަށް ވުޑްވާޑް އައްޔަންކުރިއެވެ.

ޔުނައިޓެޑުގެ މަގާމުން ވަކިވާން ވުޑްވާޑް ނިންމައިރު، އެ ޓީމުގެ ވެރިޔާ ގްލޭޒާއަކީ ދާދި ފަހުން ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތަކެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގެ މޭސްތިރިއެކެވެ. އެގޮތުން އެ ލީގުގެ ވައިސް ޗެއާމަނުންގެ ތެރޭގައި އޭނާ ހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް