Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

އަމޯރިމްގެ އަމާޒަކީ ހިތްވަރު އެލުވާނުލައި ޔުނައިޓެޑާ އެކު މަސައްކަތް ކުރުން

އަމޯރިމް ބުނީ އޭނާގެ އަމިއްލަ ނަފުސަށް ވެސް އިތުބާރު އޮންނަ ކަމަށާއި، އޭނާ އަށް މިވަގުތު އޮތީ ވަރަށް ބޮޑު ޒިންމާއެއް، އަދި މަސްއޫލިއްޔަތެއް ކަމަށް އަމޯރިމް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 06:17
މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ރުބެން އަމޯރިމް

އޭނާގެ އެންމެ ބޮޑު އަމާޒަކީ ހިތްވަރު އެލުވާނުލައި، މެންޗެސްޓަރ ޔުނައިޓެޑާ އެކު ކުރިއަށް ގޮސް ކާމިޔާބު ތަކެއް ހޯދުން ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެން އަމޯރިމް ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ އަމޯރިމް ހަވާލުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ކުލަބާ އެކު އަމޯރިމް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ،

އަމޯރިމްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ބާކީ އޮތް ތަނުގައި ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، އަމޯރިމް އަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ޔުނައިޓެޑުން ނިންމާލީ ލީގު ތާވަލްގެ 15 ވަނައިގަ އެވެ.

އަމޯރިމްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ޔުނައިޓެޑުން ވަނީ ކުޅެފަ އެވެ. ނަމަވެސް ފައިނަލްގައި ޔުނައިޓެޑު ވަނީ ޓޮޓެންހަމް އަތުން ބަލިވެފަ އެވެ.

ޔުނައިޓެޑާ އެކު ކުރިއަށް އޮތް ސީޒަނަށް އަމޯރިމް ތައްޔާރު ވަމުން އަންނައިރު، އޭނާ ބުނީ މިދިޔަ ސީޒަންގައި ކުރެވުނީ އެންމެ ފުރިހަމަ މަސައްކަތް ނޫން ކަމަށާއި، އެއީ އެންމެ ފުރިހަމަ ނަތީޖާއެއް ވެސް ނޫން ކަމަށެވެ. އެހެން ނަމަވެސް، ކުރަމުން އަންނަ މަސައްކަތާ މެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަން ޖެހޭ ކަމަށް އަމޯރިމްް ބުންޏެވެ.

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަމޯރިމް ބުނީ، އޭނާ ބޭނުން ވަނީ ގިނަ މަސައްކަތް ތަކެއް ކުރަން ކަމަށާއި، ޔުނައިޓެޑަށް ކާމިޔާބު ތަކެއް ހޯދަން އޭނާ ބޭނުންވާ ކަމަށެވެ. އަމޯރިމް ބުނީ އޭނާ ބޭނުން ވަނީ، ޔުނައިޓެޑުގައި 20 އަހަރު ވަންދެން މަސައްކަތް ކުރަން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަމޯރިމް ބުނީ އޭނާގެ އަމިއްލަ ނަފުސަށް ވެސް އިތުބާރު އޮންނަ ކަމަށާއި، އޭނާ އަށް މިވަގުތު އޮތީ ވަރަށް ބޮޑު ޒިންމާއެއް، އަދި މަސްއޫލިއްޔަތެއް ކަމަށް އަމޯރިމް ބުނެފައިވެ އެވެ. އަމޯރިމް ބުނީ އަބަދު ވެސް ވިސްނަން ޖެހޭނީ ކުރިއަށް ދާން ކަމަށާއި، މިހާރު ކުރާ މަސައްކަތުން ރަނގަޅު މިސްރާބެއްގައި ކުރިއަށް ދެވޭނެ ކަމަށް އަމޯރިމް ބުންޏެވެ.

މިދިޔަ ސީޒަންގައި ގާތް ގާތުގައި ގިނަ ބަލިތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން އަމާޒުވަމުން އައި ފާޑު ކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަމޯރިމް ބުނީ، އަބަދު ވެސް އެކަމުގެ ހިތްދަތިކަން ތަހަންމަލު ކުރަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ކޮންމެ މެޗެއް ވެސް ނިންމުމަށް ފަހު، ބައްޔާ އެކު ގެޔަށް ދަނީ ވެސް ބޮޑު ހިތްދަތި ކަމެއްގައި ހުރެ ކަމަށް އަމޯރިމް ބުންޏެވެ.

މީގެ އިތުރުން އަމޯރިމް ބުނީ މެޗުތަކަށް ނިކުންނައިރު ވެސް، ޓީމު އޮންނަ ޙާލަތާ މެދު ކަންބޮޑުވެ، ހިތްދަތިކަން ވެސް އޮންނަ ކަމަށެވެ. ޚާއްސަކޮށް ގާތް ގާތުގައި ގިނަ ބަލި ތަކަކާ ކުރިމަތިލާން ޖެހުމުން، ޓީމަށް މެޗުތަކުގައި ވާދަވެރި ކުޅުމެއް ނުދެއްކި ދާނެ ކަމުގެ ކަންބޮޑުވުމާއި ބިރު އޮންނަ ކަމަށް ވެސް އަމޯރިމް ބުނެފައިވެ އެވެ.

އަމޯރިންގެ އިރުޝާދުގެ ދަށުން މިހާތަނަށް ޔުނައިޓެޑުން ވަނީ 42 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 16 މެޗުން މޮޅުވެފަ އެވެ. 10 މެޗު އެއްވަރުވެފައި ވާއިރު، 16 މެޗަކުން ވަނީ ބަލިވެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު