Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

8 އޯގަސްޓު 2025 | ހުކުރު 04:39

އެގޮތުން މެގުއާ ހޯދުމަށް، ފަސް ކުލަބަކުން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ނަަމަވެސް ޔުނައިޓެޑުން އެ ހުށަހެޅުންތައް ޤަބޫލު ނުކުރަން ނިންމާފައިވާ ކަމަށާއި، އެ ކުލަބުން ބޭނުން ވަނީ މެގުއާ ބަހައްޓަން ކަމަށް ވެސް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2025 | ހުކުރު 04:39
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެރީ މެގުއާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެރީ މެގުއާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާގެ އެއްބަސްވުން އައު ކުރަން، އެ ކުލަބުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ މެގުއާ، ލެސްޓަރ ސިޓީ ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ އެންމެ ފުރަތަމަ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެން ނަމަވެސް، 2025 ވަނަ އަހަރު އޭނާ ވަނީ އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކޮށްފަ އެވެ. އެންމެ ފަހުން ޔުނައިޓެޑާ އެކު މެގުއާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަަނަ އަހަރު އެވެ.

މެގުއާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު، ބައެއް ކުލަބު ތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅުނު ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން މެގުއާ ހޯދުމަށް، ފަސް ކުލަބަކުން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ނަަމަވެސް ޔުނައިޓެޑުން އެ ހުށަހެޅުންތައް ޤަބޫލު ނުކުރަން ނިންމާފައިވާ ކަމަށާއި، އެ ކުލަބުން ބޭނުން ވަނީ މެގުއާ ބަހައްޓަން ކަމަށް ވެސް ބުނެފައިވެ އެވެ.

މެގުއާ ހޯދުމަށް ޝައުޤުވެރިކަން ފާޅު ކުރި ކުލަބު ތަކުގެ ތެރޭގައި އިޓަލީގެ ބައެއް ކުލަބުތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ނަޕޯލީގެ އިތުރުން، ފެނާބާޗޭ އަދި ބެސިކްޓާސް، މޮނާކޯ އަދި މާސޭ އިން މެގުއާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ހުރިހާ ހުށަހެޅުމެއް ވެސް ޤަބޫލު ނުކުރަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައި މެގުއާ ޔުނައިޓެޑަށް ބަދަލުވެފައިވާއިރު، 2020 ވަނަ އަހަރު މެގުއާ އަށް ވަނީ ޔުނައިޓެޑުގެ ކެޕްޓަންކަން ދީފަ އެވެ. މެގުއާ އަށް ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު ދީފައި ވަނީ އޭރު ޔުނައިޓެޑުގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ އެވެ.

ނަމަވެސް ޔުނައިޓެޑުގައި މެގުއާގެ ކުޅުން ދަށްވެ، އޭނާ އަށް ގިނަ ފާޑު ކިޔުންތަކެއް ވެސް އަމާޒުވަމުން އައި ދަނޑިވަޅެއްގައި އޭނާ އަތުން ވަނީ ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު ނަގައިފަ އެވެ. 2023 ވަނަ އަހަރު ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު މެގުއާ އަތުން ނެގީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް އެވެ. މެގުއާ އަތުން ކެޕްޓަން ބޭންޑު އަތުލުމަށް ފަހު، ޔުނައިޓެޑުގެ ކެޕްޓަނަކަށް ހަމަޖެއްސީ ބްރޫނޯ ފެނާންޑޭސް އެވެ.

އޭގެ ފަހުން މެގުއާ ޔުނައިޓެޑު ދޫކޮށްލާނެ ކަމުގެ ވާހަކަ ތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަަމަވެސް ފަހުން އޭނާ ވަނީ ކުލަބުގައި މަޑު ކުރަން ނިންމައިފަ އެވެ. ނަމަވެސް އޭގެ ފަހުން ޔުނައިޓެޑުގެ ކޯޗު ކަމާ ހަވާލުވި ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން މެގުއާ އަށް ފުރުސަތު ދެމުން އައިއިރު، އޭނާ ވަނީ ބައެއް މެޗުތަކުން ޔުނައިޓެޑު މޮޅު ކޮށްދިނުމުގައި އިސް ދައުރެއް އަދާ ކޮށްފަ އެވެ.

މެގުއާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 246 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން، އެފްއޭ ކަޕްގެ ފައިނަލް އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް ގައި ދެ ފަހަރު ވަނީ ކުޅެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްހެރީ މެގުއާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
07 އޯގަސްޓު 2025

ޔުނައިޓެޑަަށް ބަދަލުވާން ސެސްކޯ އެއްބަސްވެއްޖެ

07 އޯގަސްޓު 2025
ޔުނައިޓެޑަަށް ބަދަލުވާން ސެސްކޯ އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް