Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

މާޓިނޭޒް ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑު ރިޖެކްޓު ކޮށްފި

23 ޖުލައި 2025 | ބުދަ 05:28

މާޓިނޭޒް ހޯދުމަށް ޔުނައިޓެޑުން ބިޑެއް ކުރި ކަަމަށާއި، ނަމަވެސް އެސްޓަން ވިލާ އިން އެ ހުށަހެޅުން ރިޖެކްޓު ކޮށްފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2025 | ބުދަ 05:28
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މާޓިނޭޒް

އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މާޓިނޭޒް

އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ގޯލު ކީޕަރު އެމީލިއާނޯ މާޓިނޭޒް ހޯދުމަށް، މެންޗެސްޓަރ ޔުނައިޓެޑުން ކުރި ބިޑު އެސްޓަން ވިލާ އިން ރިޖެކްޓު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ މާޓިނޭޒް އެސްޓަން ވިލާ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، 2024 ވަނަ އަހަރު މާޓިނޭޒް ވަނީ އެސްޓަން ވިލާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރު އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގޯލު ކީޕަރެއް ހޯދުމަށް ޔުނައިޓެޑުން ބޭނުންވެ އެވެ. އެހެންވެ އެ ކުލަބުން ފާރަލަމުން އައި އެއް ކުޅުންތެރިޔަކީ މާޓިނޭޒް އެވެ.

މާޓިނޭޒް ހޯދުމަށް ޔުނައިޓެޑުން ބިޑެއް ކުރި ކަަމަށާއި، ނަމަވެސް އެސްޓަން ވިލާ އިން އެ ހުށަހެޅުން ރިޖެކްޓު ކޮށްފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޔުނައިޓެޑުން ހުށަހެޅީ ލޯނު އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް ހޯދުމަށެވެ. ނަމަވެސް، އެސްޓަން ވިލާ އިން އޮތީ އެއްވެސް ޙާލަތެއްގައި މާޓިނޭޒް ދޫކުރާ ގޮތަކަށް ނޫނެނެވެ.

އެސްޓަން ވިލާގައި މާޓިނޭޒް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ކުލަބާ އެކު މިހާތަނަށް ހޭދަކޮށްފައިވާ ފަަސް ސީޒަންގެ ތެރޭގައި މާޓިނޭޒް ވަނީ އެ ކުލަަބަށް ކުޅެދިން 212 މެޗުގައި ގޯލު ބަލަހައްޓައިފަ އެވެ.

މީގެ އިތުރުން މާޓިނޭޒް އަކީ އާޖެންޓީނާގެ ޤައުމީ ޓީމުގެ ވެސް އެއް ނަންބަރު ގޯލް ކީޕަރެވެ. އޭނާ ވަނީ 53 މެޗުގައި އާޖެންޓީނާ ޤައުމީ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އާޖެންޓީނާ އާއެކު މާޓިނޭޒް ވަނީ ފީފާ ވޯލްޑް ކަޕްގެ އިތުރުން، ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ދެ ފަހަރު، އަދި ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ. އާޖެންޓީނާ އިން މި މުބާރާތްތައް ކާމިޔާބު ކުރުމުގައި މާޓިނޭޒް ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް