Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން ވެކްސިން ޖެއްސެވުން

ރައީސް ޔާމީން ފައިޒަރ ވެކްސިން ޖައްސަވައިފި

19 އެޕްރީލު 2021 | ހޯމަ 20:49

ރައީސް ޔާމީން މިހާރު ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އެޕްރީލު 2021 | ހޯމަ 20:49
ކުރީގެ ރައީސް ޔާމީން ޝަރީއަތަކަށް ހާޒިރުކުރިއިރުގެ މަންޒަރެއް -- ފޮޓޯ : ޔޫސުފް ސަފްވާން

ކުރީގެ ރައީސް ޔާމީން ޝަރީއަތަކަށް ހާޒިރުކުރިއިރުގެ މަންޒަރެއް -- ފޮޓޯ : ޔޫސުފް ސަފްވާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައިޒަރ ވެކްސިން ޖައްސަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން މައުލޫމާތު ދޭ ގޮތުގައި ރައީސް ޔާމީން ވެކްސިން ޖައްސަވާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ވެކްސިން ޖައްސަވާފައިވަނީ އޭޑީކޭއިންނެވެ. އަދި ރައީސް ޔާމީން ޖައްސަވާފައިވަނީ ފައިޒަރ ވެކްސިން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބެއެވެ.

ވެކްސިން ޖެއްސެވުމަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފައިޒަރ ވެކްސިނަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ އެއް ވެކްސިނެވެ. ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން ކޮވިޑް ޖެހުން 91 އިންސައްތައަށް ދުރުކޮށްދޭ ކަމަށް ބުނެފައެވެ. އަދި ބަލި ޖެހިގެން ހާލަތު ބޮޑުވާ މިންވަރުވެސް 95 އިންސައްތައަށް ދަށް ކޮށްދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ ވެކްސިން ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ހާލަތްތަކެއްގައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ މީހުންނަށެވެ.

ފައިޒަރ ވެކްސިން ޖެހުމަށްޓަކައި މީގެ ކުރިންވެސް ރައީސް ޔާމީން މާލެ ގެނައެވެ. ނަމަވެސް އޭރު ވެކްސިން ނުޖަހައި އަނބުރާ ގެންގޮސްފައިވަނީ ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ގަބޫލު ނުވުމުން ކަމަށް ޚަބަރު ފެތުރިފައިވެއެވެ. އެކަމާ ގުޅޭގޮތުން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބަޔާނެއްވެސް ނެރެފައިވެއެވެ. އެ ޓީމުން ވަނީ އެކަން ދޮގުކޮށް، ވެކްސިން ޖެހުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް އޭރު ހަމަޖައްސާފައި ނެތްކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް