Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާގެ ވިއޯން ނޫހުން ދިން ދައުވަތު ރައީސް ޔާމީ

ރައީސް ޔާމީން އިންޑިއާގެ ވިއޯންއަށް އިންޓަވިޔު ދެއްވަން އެސްބަސްވެވަޑައިގެންފި

ރައީސް ޔާމީން ރާއްޖެ އެމްވީއަށް ވިދާޅުވީ އިންޑިއާގެ ވިއޯން ނޫހުން، އިންޓަވިއުއަކަށް އެދި ދެއްވި ވައުތު ގަބޫލުކުރައްވާފައިވާ ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 10:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީން ހިންގި އެންމެ ބޮޑު އެއް ކެމްޕޭން ކަމަށްވާ 'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅުވައި އިންޓަވިއުދިނުމަށް އިންޑިއާގެ ވިއޯން ނޫހުން ދިން ދައުވަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލްޤައްޔޫމް ގަބޫލުކުރައްވައިފިއެވެ.

އިންޑިއާގެ ވިއޯން ނޫހުން ދިން ދައުވަތު ރައީސް ޔާމީން ގަބޫލުފުޅުކުރައްވާފައި މިވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް އޭރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅުވައި އިންޑިއާގެ ވިއޯން ނޫހަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން އެ ނޫހަށް ދައުވަތުދެއްވަވާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ވިއޯން ނޫހާ ވާހަކަދައްކަވަމުން ޚަލީލް ވަނީ “އިންޑިއާ އައުޓް“ އަކީ ސީދާ ޔާމީންގެ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ އައު ޕާޓީ، ޕީއެންއެފްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ރާއްޖެ ވަޑައިގެން ސީދާސީދަލަށް ޔާމީނާ އެކު އިންޓަވިއެއްކުރައްވަން އެ މަނިކުފާނު ވިއޯން ނޫހަށް ދައުވަތުދެއްވައި ކަމަށް ވިދާޅުވެ، އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

މިކަމާއި ގުޅިގެން ބަހެއް ހޯދާލުމަށް "ރާއްޖެ ޓީވީން' ސުވާލު ދެއްނެވެމުން. އެ ސުވާލުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ވިއޯން ނޫހުން އިންޓަވިއުއަކަށް އެދި ދެއްވި ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

ވިއޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫހުން މިހާރު ވަނީ ވީހާ ވެސް އަވަހަކަށް އޮންލައިން އިންޓަވިއުއެއް ހަމަޖައްސަވައި ދެއްވަން ރައީސް ޔާމީންގެ ކިބައިން އެދިފައެވެ.

ވިއޯން ނޫހަށް ދެއްވި އިންޓަވިއުގައި ފޮރިން މިނިސްޓަރު ޚަލީލް ވަނީ އިންޑިއާ އައުޓަކީ ޔާމީންގެ އިސްނެންގެވުމަށް ހިންގި ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. މިހާރު އެ މަނިކުފާނު ހުންނެވީ ޕީއެންސީ/ޕީޕީއެމް ދޫކޮށް ވަޑައިގެންކަން ފާހަގަކުރައްވައި ޚަލީލް ވަނީ މިހާރު އެ މަނިކުފާނުގެ ފިކުރުތަކާއި ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސިފަކުރައްވައިފައެވެ.

ޚަލީލް ވިދާޅުވީ މިހާރު ރައީސް ޔާމީނާއި ސަރުކާރާއި ދެމެދު އޮތީ މުޅިން އެހެން ތަފާތު ފިކުރެއް ކަމަށާއި އެގޮތުން މިވަގުތު ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީ އޮތްއިރު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ މިލިޓަރީ ސިފައިން އަނބުރާ ގައުމަށް ފޮނުވާލަންޖެހޭ ކަމަށް ބުނެ ފެށި ކެމްޕޭނެކެވެ. އެ ކެމްޕޭންގައި އެންމެ އިސްކޮށް އުޅުއްވީ ވެސް ރައީސް ޔާމީނެވެ. އެ މަނިކުފާނު ވަނީ “އިންޑިއާ އައުޓް” ޓީޝާޓް ތުރުކުރައްވައިގެން ރަށްރަށަށް ވަޑައިގެން ވެސް އެ ކެމްޕޭން ހިންގަވާފައެވެ.

އިންޑިއާ އައުޓް ކެޕްޕޭނުގައި މިހާރުގެ މި ސަރުކާރުގައި ވެސް އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ވެސް ބައިވެރިވެވެޑައިގެންފައި ވާއިރު، މި ސަރުކާރުން ވެރިކަމަށް އައީ ވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ވައުދާ އެކުއެވެ. މި ސަރުކާރުން ވަނީ އެ ވައުދު ފުއްދިއްޖެކަން އިއުލާނުކޮށްފައެވެ. އެކަމަކު، ޔާމީން ގެންދަވަނީ އެއީ އޮޅުވާލުމެއް ކަމަށް ސިފަކުރައްވަމުންނެވެ. އަދި، ކުރިން ވެސް ތިބި ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން އަދިވެސް އެބަތިބި ކަމަށް އެ މަނިކުފާނު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.

އެގޮތުން މިހާރު މި ގައުމުގައި އިންޑިއާ ސިފައިން ތިބީ، އޭރު އަޅަައިގެނތިބި މިލިޓަޮރީ ޔުނީފޯމުގެ ބަދަލުގައި ކުލަހެދުމުގައި ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު