Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް ޖަލްސާ

ތަންތަނުގެ މަޤާމުތަކަށް މީހުން ހަމަޖެއްސިއަސް ރައްޔިތުންގެ ވޯޓަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން، އެހެން ހީކުރުމަކީ ގޯސް ހީއެއް، ކުށްހީއެއް: ރައީސް ޔާމީން

ޤާނޫނުއަސާސީ އޮޅާލާފައި އޭގައި ހުރި ހުރިހާ އިސްޠިލާޙުތައް އެއްކޮށްލާފައި ރައީސުޖުމްހޫރިއްޔާ އަތްޕުޅަށް ހުރިހާ ބާރެއް ދީފި

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 11:31
ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އެންމެ މުހިއްމު މުއައްސަސާއަކަށް މިހާރު އޮތް ދެ މުއައްސަސާ ކަމަށްވާ އެންޓިކޮރަޕްޝަން ކޮމިޝަން އާއި، އިލެކްޝަންސް ކޮމިޝަން އަޅުވެތިކޮށް ނިމުނީ ކަމަށާއި، އެކަމަކު މި ތަންތަނުގެ މަޤާމުތަކަށް މީހުން އަދި ހަމަޖެއްސިއަސް ރައްޔިތުންގެ ވޯޓަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ އެޕާޓީގެ ފްރަންޓް އޮފީސް ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަންތަނުގެ މަޤާމުތަކަށް މީހުން ހަމަޖެއްސިއަސް ރައްޔިތުންގެ ވޯޓަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އެހެން ހީކުރުމަކީ ގޯސް ކުށްހީއެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ރައީސަކީ ޤައުމުގެ ޚާދިމެއް ކަމަށާއި، ގާނޫނުގައި އެ މަނިކުފާނާ މަތިކޮށްފައި ހުރި ކަންތައްތައް ގާނޫނުގައި ބުނާ ގޮތަށް ތަންފީޒު ކުރަން ހަވާލުކޮށްފައި ހުންނަ ބޭފުޅެއް ކަމަށެވެ. އޭގެ ބަދަލުގައި ގާނޫނު އެ ބޭފުޅާއަށް ފަހިވާ ގޮތަށް ބަދަލުކޮށްލުމަކީ އޭގެ ޒާތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ ޤާނޫނުއަސާސީގައި ހުރި އުސޫލުތައް، އަމިއްލަފުޅަށް އަމިއްލަ ގަޔަށް ހެޔޮ ވަރުވާ ވަރަށް ގަމީސް ފަހަން ކޯޓު ފަހަން ނޫޅުއްވާށޭ، އަބަދު އެއްބަޔަކު ވެރިކަމުގައި ތިބޭނެ ކަމަކަށް ނޫނީ އަބަދު އެ ބޭފުޅުންގެ މަޞްލަޙަތު ހިމާތް ވާނެ ކަމަށް ހީފުޅު ކުރެއްވުމަކީ ހަމަ ގޯހެއް އިނގޭތޯ. މިހާރު ވެސް ރައްޔިތުންނަށް މި ހިނގާ ކަންކަމުގައި ޙަޤީޤަތް ނޭނގެނީކީ ނޫން ވަރަށް ގިނަ މީހުންނަށް ވަރަށް ގިނަ ރައްޔިތުންނަށް ޙަޤީޤަތް އެނގޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ދައުލަތުގެ ފައިސާއަށް ވާނުވާ ގޮތް އެނގެން ރައްޔިތުން ބޭނުންވެއެވެ. އެއީ ރައްޔިތުން އަބަދުވެސް ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން ދައުލަތުގެ ފައިސާއަށް ވެފައި ހުރި ގޮތް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ހުރި މައްސަލަތައް ނުހިނގައިގެން އުޅެނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވާ އެކަންކަން ވިދާޅުވެ ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން މިނިވަންކަމާއެކު ހިންގިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލައްވާ ރައީސް ޔާމީން ވަނީ ރައްޔިތުންގެ ވޯޓަކަށް ވަޑައިގެން، މި ސަރުކާރަށް ލިބެނީ ކިހާވަރެއްގެ ތާއީދެއްތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ސަރުކާރުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާފައެވެ.

"ނަޒާހަތްތެރިކަމުގެ މިންގަނޑު ހަމަ ސުމެއް. އެއްވެސް ކަމެއް ކުރިއަކު ނުދޭ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް ރައްޔިތުންގެ މަޖިލިސް ވެސް ހަމަ ގެންދަވާނެ ގޮތަކަށް ގެންދަވާ ރާއްޖޭގެ ހުރިހާ ޕްރޮގްރާމްތަކެއް ގެންދަވާނެ ގޮތަށް ގެންދަވާ، އަޅުގަނޑަށް އެންމެ ރަނގަޅު ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ޖަވާބު ދެއްވިޔަސް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޖަވާބު ދެއްވިޔަސް ހީނާ ޖަވާބު ދެއްވިޔަސް އަދި ކޮންމެ ބޭފުޅަކު ޖަވާބު ދެއްވިޔަސް ދިވެހިންނަށް ތިޔަބޭފުޅުންގެ ނަޒާހަތްތެރިކަން ދައްކާދެއްވަންވީ ނޫންތޯ މިއަކަށް ޖަވާބެއް ނުދެވޭނެ" ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނަށް ރެސްޕޮންސިވް ރައްޔިތުންގެ ބާރު އޮންނަ ގޮތަށް ޤާނޫނު އަސާސީ ފަރުމާކޮށްގެން މުޖުތަމަޢެއްގެ ތެރޭގައި ވެރިކަން ހިންގާ ކަމަށްވާނަމަ އެންމެ ކުޑަމިނުން ގާނޫނުތަކުގައި ލިޔެވިފައި ހުރި ކަންތައްތައް ހިނގަންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ހުރިހާ ކޮމިޝަންތަކަށް ޤާނޫނުއަސާސީން އުފަންކުރި ހުރިހާ މުސްތަގިއްލު މުއައްސަސާތައް ބަންދުކުރިއްޔާ މިހާރު މާ ރަނގަޅުވާނެ. މިހާރު އޮންނަންވީ ރައްޔިތުންގެ މަޖިލިސް، ދެން ރައީސުލްޖުމްހޫރިއްޔާ. އެހެންވީމަ މި ސަރުކާރު ގެނައި މީހުން ޕީޕީއެމް ޕީއެންސީގައި ތިއްބެވި ބޭފުޅުން ކިހާވަރަކަށް ހޭ ފަޚުރުވެރިކަމާ އެކީ ރައްޔިތުން ކުރިމަތީ މި ވާހަކަ ދައްކާނީ. ކިހާ ވަރަކަށް ދެއްކިދާނެތޯ ޑިމޮކްރަސީއަކާ ހަމައަށް އައިސް ޤާނޫނުއަސާސީ އިޞްލާޙުކުރަން ސަތާރަ އަށާރަ އަހަރު ނެގި ވާހަކަ މި ދައްކަނީ. ޤާނޫނުއަސާސީ އޮޅާލާފައި އޭގައި ހުރި ހުރިހާ އިސްޠިލާޙުތައް އެއްކޮށްލާފައި މިހާރު ރައީސުޖުމްހޫރިއްޔާ އަތްޕުޅަށް ހުރިހާ ބާރެއް މި ދިނީ. އެކަމަކު އެ ރައީސުލްޖުމްހޫރިއްޔާ ވާން އެބަ ޖެހޭ ނަޒާހަތްތެރި ބޭފުޅަކަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ މުޅި ރާއްޖެ ބޮޑު ކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި އެކުލެވިފައި ހުރި ޙައްޤުތައް މާ ބޮޑު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު