Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅ

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

ކޮރޮޕްޝަންގެ ކަންކަމުގައި ރައީސް މުއިއްޒު ފިޔަވަޅު އެޅުއްވުމުގައި ތަފާތުކުރުން ގެންގުޅުއްވާކަން ރައީސް ޔާމީން ފާހަގަކުރެއްވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޑިސެމްބަރު 2024 | ހޯމަ 04:39
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީގެ ގޯތި ވައްކަމުގެ މައްސަލާގައި ފުލުހުން މެދުވެރިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގެންދަވަނީ ޑްރާމާއެއް ކުޅުއްވަމުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަންސް (އެޗްޑީސީ)ގެ ތެރެއިން ހިންގާފައިވާ ބޮޑެތި ވައްކަންތައް، އެ ވައްކަންތައް ކުރަމުން ދަނިކޮށް އެކަން ރައްޔިތުންނަށް ފަޅާއެރުމުން އެކަން އޮއްބާލަން ސަރުކާރުން ވަރަށް މަސައްކަތްކުރަމުން ދާތީ އެކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެޗްޑީސީގެ ބޮޑު ވައްކަމުގެ މައްސަލައަށް އަލިއަޅުވާލައި ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެޗްޑީސީގެ ވައްކަމުގެ އެ މައްސަލަ ބެލުމުގައި ސަރުކާރުގައި ހެޔޮ ނިޔަތެއް ނޯންނާނެ ކަމަށާއި އެގޮތުން ފުލުހުން މެދުވެރިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގެންދަވަނީ ޑްރާމާއެއް ކުޅުއްވަމުންކަމަށެވެ. އަދި އެކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޑީސީ މައްސަލައިގައި ފުލުހުންގެ އިޚްލާސްތެރި ނިޔަތެއް ތަހުގީގުކުރުމުގައި ނެތް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެޗްޑީސީގެ ބޮޑު ވައްކަމުގެ މައްސަލަ ތަހުޤީޤު ކުރަމުން ދާކަމަށް ވިދާޅުވާ ފުލުހުންގެ އެއްވެސް ސީރިއަސްކަމެއް ނެތްކަމަށާއި އެޗްޑީސީ މައްސަލައިގައި ހިމެނޭ މީހުންގެ މުއާސަލާތީ ވަސީލަތް ނުހިފެހެއްޓުމަކީ ވެސް އެކަން ހާމަވާ ކަމެއްކަމަށެވެ. އަދި އެއީ އެ މައްސަލައިގެ ހެކި ނައްތާލުމަށް ފުރުސަތު ދިނުން ކަމަށް ބެލެވޭނެ ޖާގައޮތް ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެޗްޑިސީގެ މައްސަލާގައި ރައީސް މުއިއްޒު ފުލުހުން ލައްވައި ކުޅުވަން މަސައްކަތް ކުރާ އެ ޑްރާމާ ނުވަތަ ސަރުކާރުން ކުޅެމުންދާ ޗަރުކޭސް މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަމަށެވެ.

ކޮރޮޕްޝަންގެ ކަންކަމުގައި ރައީސް މުއިއްޒު ފިޔަވަޅު އެޅުއްވުމުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެންސްޕާގެ ތެރެއިން ޓީވީ ސްޓޭޝަންއެއް އުފައްދަން ކުރި ޚަރަދު ނޭނގޭ ކަމަށް ވިދާޅުވެ އެކަމުން ބޯދަމައިގަނެގެން ރައީސް މުއިއްޒު އެ ހައްދަވަނީ އިތުރުފުޅު ކަމަށެވެ. އަދި މިއަދު ރައީސް މުއިއްޒަށް ގޮތް ހުސްވެ އެއް ދޮގު ފޫބައްދަން ހާސްދޮގު ހަދަމުންދާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ރައީސް ޔާމީންޑރ. މުހައްމަދު މުއިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު