Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1442

ސްވީޓް އެންޑް ސްޕައިސީ ކޮރެއަން ޗިކެން

ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް ތައްޔާރުކޮށްލަން ރަނގަޅު ޑިޝްއެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 19 އެޕްރީލު 2021 | ހޯމަ 06:49
ސްވީޓް އެންޑް ސްޕައިސީ ކޮރެއަން ޗިކެން

ސްވީޓް އެންޑް ސްޕައިސީ ކޮރެއަން ޗިކެން

މިއީ ކުޅިކޮށް ކާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ސައިޑް ޑިޝްއެކެވެ. ބާސްމަތީ ރައިސް އަދި ރޮއްޓާ ޖަހައިގެން ކާން ވެސް މީރުވާނެއެވެ.

ކުކުޅު މެރިނޭޓްކޮށްލަން ޖިންޖަރ ޕައުޑަރ، ލޮނުމެދު، މިލްކް ކްރީމް، ބްލެކް ޕެޕަރ އަދި ލޮނު އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު 15 މިނިޓްވަރު ބަހައްޓާށެވެ.

ސޯސް ތައްޔާރުކުރުމަށް، ބޯތައްޓަކަށް ހަކުރު، ރެޑް ޗިލީ ޕައުޑަރ، ލޮނުމެދު، ސޯއީ ސޯސް، ކެޗަޕް ސޯސް، ޗިލީ ޕެޕަރ އޮއިލް އެޅުމަށްފަހު އެއްކޮށްލާށެވެ.

ކުކުޅުގައި ހޭކުމަށް ފުށް، ކޯން ފްލަރ، ހަނޑޫ ފުށް، ލޮނު އަދި ފެން އަޅައިގެން ގިރާލާށެވެ. ނިމޭއިރު ހުންނާނީ ކުޑަކޮށް އޮލަކޮށެވެ. ދެން އޭގެ ތެރެއަށް ކުރިން މެރިނޭޓްކުރި ކުކުޅު ކޮޅު އަޅާލާށެވެ. ދެން ހޫނު ތެޔޮ އެއްޗެއްގެ ތެރެއަށް ކުކުޅު އަޅައިގެން މުށި ކުލަ އަރައި، ރޯފިލަންދެން ތެލުލާށެއެވެ. ތެލުލާއިރު ދެ ފުށަށް މަސްކޮޅު ފުށުންޖަހަޖަހާ ހުންނަންވާނެއެވެ. ކުލަ ބަދަލުވެ ރޯފިލުމުން ތެޔޮގަނޑު ތެރެއިން ނަގައި އިރުކޮޅަކު ބެހެއްޓުމަށްފަހު، އަނެއްކާވެސް 2 މިނިޓް ފްރައިކޮށްލާށެވެ.

ދެން ކުރިން ތައްޔާރުކުރި ސޯސް ތަވައަކަށް އަޅާލާށެއެވެ. 30 ސިކުންތު ވަންދެން ކައްކާށެވެ. ބޮކި ޖަހަން ފެށުމުން ފްރައި ކުރި ކުކުޅުކޮޅު އަޅާލާށެވެ. ދެން އޭގެ މައްޗަށް ކޮށާފައި ހުރި ދިގުމިރުހާއި، ޕީނަޓްކޮޅު ވެސް އަޅާލާށެވެ. މިހާރު މިހުރީ ތައްޔާރުކޮށް ނިމިފައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2021

މެކްސިކަން ޗިކެން ކެސެޑިއާ

15 އެޕްރީލު 2021
މެކްސިކަން ޗިކެން ކެސެޑިއާ
20 މެއި 2020

ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ

20 މެއި 2020
ސްޕައިސީ ގާލިކް ޕްރޯން ސްޕެގެޓީ
16 މެއި 2020

ސްޕައިސީ ކިއުކަމްބަރ ސެލަޑް

16 މެއި 2020
ސްޕައިސީ ކިއުކަމްބަރ ސެލަޑް
09 މެއި 2020

ސްޕައިސީ ޗިލީ ޕޮޓޭޓޯ

09 މެއި 2020
ސްޕައިސީ ޗިލީ ޕޮޓޭޓޯ
30 އެޕްރީލު 2020

ސަލާމީ އެންޑް ޗީޒް ފްރިޓާޓާ

30 އެޕްރީލު 2020
ސަލާމީ އެންޑް ޗީޒް ފްރިޓާޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު