Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1442

ޗިކެން ޗީޒް ޑޯނަޓް

ޗީޒް އަޅައިގެން ތައްޔާރުކުރާ ގިނަ ބާވަތްތަކަކީ ދިވެހިންނަށް ވަރަށް ކަމުދާ ރަހަތަކެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2021 | އާދީއްތަ 07:05
ޗިކެން ޗީޒް ޑޯނަޓް

ޗިކެން ޗީޒް ޑޯނަޓް

އަބަދުވެސް ހީވެފައި އޮންނަނީ ޑޯނަޓަކީ ފޮނި ކާއެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ކުޅި ނުވަތަ ލޮނު ރަހަ ދޭ އެއްޗެއްގެ ގޮތަށް ޑޯނަޓް ތައްޔާރުކޮށްލެވިދާނެވެ. މިއޮތީ ޑޯނަޓްގެ އެކި ރަހަތަށް ކަމުދާ ފަރާތްތަކަށް ރަނގަޅު ރެސިޕީއެކެވެ.

ފުރަތަމަ ފުށްގަނޑު މޮޑެން ފުށް، ލޮނު، ހަކުރު، އީސްޓް، ބިސް، ތެޔޮ، އަދި ކިރު އަޅައިގެން ފުށްގަނޑު މޮޑެލާށެވެ. މޮޑެ ނިމުމުން މަތި ކަވަރ ކުރުމަށްފަހު، 2 ގަޑިއިރު ވަންދެން ބަހައްޓާށެވެ.

ކުކުޅު މަސްގަނޑު ތައްޔާރުކޮށްލުމަށް، ތަވައަކަށް 2 ސަމުސާ ތެޔޮ އެޅުމަށްފަހު، ލޮނުމެދު އަޅައިގެން 2 މިނިޓް ކައްކާލާށެވެ. އެއަށްފަހު ކުކުޅު އަޅާލާށެވެ. ކުކުޅުކޮޅަށް ހުދުކުލަ އަރަންދެން ކައްކާލަންވާނެވެ. ދެން މަތިޖަހައިގެން 10 މިނިޓް އިތުރަށް ކައްކާލުމަށްފަހު، ފިޔާ، ބެލް ޕެޕަރ، ލޮނު، ޗިލީ ޕައުޑަރ، ދިރި ޕައުޑަރ، ބްލެކް ޕެޕަރ ޕައުޑަރ، ރެޑް ޗިލީ ފްލޭކްސް، އަޅައިގެން އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ޕިއްޒާ ސޯސް، ޓޮމާޓޯ ސޯސް އަޅައިގެން އެއްކޮށްލުމަށްފަހު އުނދުން ނިންވާލާށެވެ.

ދެން ކުރިން ތައްޔާރުކޮށް ބެހެއްޓި ފުށްގަނޑު ނަގާ ކުޑަކޮށް މޮޑެލުމަށްފަހު، 6 ނުވަތަ 8 އެތިކޮޅޮށް ކަފާލާށެވެ. ކަފާލި ފުށްގަނޑު ގުޅައަކަށް ވަށާލުމަށްފަހު ރޮށި ދަމާހެން ކުޑަކޮށް ބޯކޮށް ދަމާލާށެވެ. އެއަށްފަހު، ރޮށި މައްޗަށް މޮޒެރެއްލާ ޗީޒް އެޅުމަށްފަހު، ކުރިން ތައްޔާރުކުރި ކުކުޅުން އެތިކޮޅެއް އަޅާ ފުށްގަނޑު ބަންދު ކޮށްލާށެވެ. ބަންދުކުރާނީ މަސްރޮށި ހުންނަހެންނެވެ. ދެން ތެޔޮ އެއްޗެއްގެ ތެރެއަށްލާ ތެލުލާށެވެ. ރީތި މޮށި ކުލައެއް އެރުމުން ތެޔޮ އެތިން ނަގާލާށެވެ. ތައްޓެއްގެ ތެރެއަށް ޗިކެން ޑޯނަޓްތައް ނަގާ އޭގެ މައްޗަށް އޮރިގާނޯ ކޮޅެއް ބުރުވާލާށެވެ. މިހާރު މިހިރީ ޗިކެން ޗީޒް ޑޯނަޓް ތައްޔާރުކޮށް ނިމިފައެވެ.

ބަދިގެ 1442ޗިކެން ޗީޒް ޑޯނަޓް

އިތުރަށް ކިޔާލަން

10 މެއި 2021

ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް

10 މެއި 2021
ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް
09 މެއި 2021

ސަންސެޓް މޮކްޓެއިލް

09 މެއި 2021
ސަންސެޓް މޮކްޓެއިލް
17 އެޕްރީލު 2021

ބްރެޑް ގްލާބް ޖާމް

17 އެޕްރީލު 2021
ބްރެޑް ގްލާބް ޖާމް
17 އެޕްރީލު 2021

ޗައިނީޒް ބިރިޔާނީ

17 އެޕްރީލު 2021
ޗައިނީޒް ބިރިޔާނީ
16 އެޕްރީލު 2021

ޗިކެން ތަންދޫރީ ކަޓްލެޓްސް

16 އެޕްރީލު 2021
ޗިކެން ތަންދޫރީ ކަޓްލެޓްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު