Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްލިކް ބަޔާން ދޫކޮށްލުން

މި ސީޒަނަށްފަހު ފްލިކް ބަޔާން ދޫކޮށްލަނީ

ބަޔާނާއެކު ފްލިކް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އެޕްރީލު 2021 | ހޮނިހިރު 22:39
ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކް

ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކް

މި ސީޒަނަށްފަހު ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކް ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 56 އަހަރުގެ ފްލިކް ބަޔާން ދޫކޮށްލަން ނިންމީ، މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަނުގެ ޤައުމީ ފުޓްބޯޅަ ޓީމާ ހަވާލުވުމަށެވެ. އެގޮތުން ޔޫރޯއަށްފަހު ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗުކަން 14 އަހަރަށްފަހު ދޫކޮށްލަން ޔޮއަހިމް ލޯ މީގެ ކުރިން ވަނި ނިންމައި، އެކަން އިޢުލާން ކޮށްފައެވެ.

އެއާއެކު ޖަރުމަނުގެ ޤައުމީ ޓީމުން ވަނީ ފްލިކް ހޯދަން މަސައްކަތް ފަށާފައެވެ. ފްލިކަކީ 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަން ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އަދި ފްލިކް ވަނީ 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ޖަރުމަނުގެ ޓީމަކަށް ދިން އިންޓަވިއުއެއްގައި ފްލިކް ބުނީ މި ވަގުތަށް ނިންމާފައިވަނީ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން އުވާލުމަށް ކަމަށެވެ. އެކަމަކު މުސްތަޤުބަލާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެކަމަކު ޖަރުމަނުގެ ކޯޗުކަމަކީވެސް އޮތް ފުރުޞަތެއް ކަމަށް ފްލިކް ވަނީ ބުނެފައެވެ.

ބަޔާނުގެ އެއްބަސްވުން ފްލިކް އުވާލާއިރު، އެންމެ ފުރަތަމަ އޭނާ ބަޔާނާ ގުޅުނީ 2019 ވަނަ އަހަރުގެ ޖުލައި މަހު ކްރޮއޭޝިއާގެ ނިކޯ ކޮވަޗްގެ އެސިސްޓަންޓެއްގެ ގޮތުގައެވެ. އެކަމަކު އެ އަހަރުގެ ނޮވެމްބަރު ކުރީކޮޅުގައި ބަޔާނުގެ ކޯޗުކަމުން ކޮވަޗް ވަކިކޮށް، ޓީމު ވަގުތީ ގޮތުން ވަނީ ފްލިކާ ހަވާލުކޮށްފައެވެ. އަދި ފަހުން ބަޔާނުގެ ކޯޗުކަން ފްލިކާ ރަސްމީކޮށް ހަވާލުކުރިއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ވަނީ އެއްބަސްވުން އާކޮށްފައެވެ. އެހެންކަމުން ބަޔާނާއެކު ފްލިކް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.

މި ސީޒަނަށްފަހު ފްލިލް ބަޔާން ދޫކޮށްލާއިރު، އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަޔާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބަޔާނާ ހަވާލުވުމަށްފަހު ފްލިކް ވަނީ އެ ޓީމުގެ ހާލަތު ބަދަލުކޮށް، ބަޔާނަށް މިދިޔަ ސީޒަނުގެ ޖަރުމަން ލީގާއި، ޖަރުމަން ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ. އަދި ފަހުން ޖަރުމަން ސުޕަ ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕުވެސް ފްލިކް ވަނީ ހޯދައިދީފައެވެ.

ހަންސީ ފްލިކްބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު