Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

އަލުން އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ގޮސްދާނެތޯ ސުވާލު ކުރުމުން ކޭން ބުނީ، އެކަމުގައި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް، އެންމެ ފުރަތަމަ ބަޔާން އަށް ބަދަލުވި ދުވަސްވަރު އެ ސުވާލު ކުރި ނަމަ، އަލުން އެނބުރި ޕްރިމިއާ ލީގަށް ދާން ބޭނުންވާ ވާހަކަ ބުނާނެ ކަމުގައި ކޭން ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 05:27
ބަޔާން އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކޭން

ބަޔާން އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކޭން

ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ އަމާޒަކީ ބަޔާންއާ އެކު ކުރިއަށް ދިޔުން ކަމަށާއި، ހުރިހާ ފޯކަސްއެއް ހުރީ އެ ކުލަބަށް ކަމަށް އޭނާ ބުނެފި އެވެ.

ޓޮޓެންހަމް ދޫކޮށްލުމަށް ފަހު ކޭން ބަޔާން އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ.

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައި ވަނީ، އޭނާ އަށް ފެންނަނީ ބަޔާންގައި ދިގު މުއްދަތެއް ވަންދެން ހުންނަ މަންޒަރު ކަމަށެވެ. އެހެން ނަމަވެސް، މިވަގުތާ ހަމައަށް އައިއިރު އައު އެއްބަސްވުމެއްގެ ވާހަކަ ބަޔާންއާ ދެކެވިފައި ނުވާ ކަމަށާއި، ބަޔާން އިން ބޭނުންވެއްޖެ ނަމަ އެ ފަދަ މަޝްވަރާ އަކަށް ތައްޔާރަށް ހުރި ކަމަށް ކޭން ބުންޏެވެ.

އަލުން އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ގޮސްދާނެތޯ ސުވާލު ކުރުމުން ކޭން ބުނީ، އެކަމުގައި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް، އެންމެ ފުރަތަމަ ބަޔާން އަށް ބަދަލުވި ދުވަސްވަރު އެ ސުވާލު ކުރި ނަމަ، އަލުން އެނބުރި ޕްރިމިއާ ލީގަށް ދާން ބޭނުންވާ ވާހަކަ ބުނާނެ ކަމުގައި ކޭން ވަނީ ބުނެފަ އެވެ. އެކަމަކު، ބަޔާން އަށް ބަދަލުވެ މިހާރު ދެ އަހަރެއްހާ ދުވަސްވެފައިވާކަން ފާހަގަކޮށް ކޭން ބުނީ، މިހާރު ކަންކަން ބަދަލުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އަދި ވެސް އަލުން އެނބުރި ޕްރިމިއާ ލީގަށް ދިޔުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ނުބުނާނެ ކަމަށް ކޭން ބުންޏެވެ. އެކަން ފާހަގަކޮށް ކޭން ބުނީ، އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ބަޔާން އަށް ކަމަށެވެ. ބަޔާންގެ އެއްބަސްވުމަށް އިޝާރާތް ކުރަމުން ކޭން ބުނެފައި ވަނީ މިހާރު ކުރިއަށް ދާ ސީޒަން، އަދި އިތުރު އެއް ސީޒަން ބަޔާންގައި އޭނާ އަށް އޮތް ކަމަށެވެ. އަދި މިއީ ބަޔާންގައި އޭނާގެ އެންމެ ފަހު އަހަރު ނޫން ކަމަށާއި، ހަމަޖެހިގެން ހުރި ކަމަށް ކޭން ބުނެފައިވެ އެވެ.

ބަޔާންގައި މިހާތަނަށް ހޭދަ ކުރި ތިން ސީޒަންގެ ތެރޭގައި ކޭން ވަނީ އެ ކުލަބަށް ކުޅެދިން 106 މެޗުގައި 103 ލަނޑު ޖަހައިފަ އެވެ. އަދި ބަޔާން އާއެކު އޭނާ ވަނީ ޖަރުމަނު ލީގުގެ އިތުރުން، ޖަރުމަނު ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ބަޔާންގައި ތިބި ކުޅުންތެރިންގެ ތެރެއިން އޭނާ އަކީ އެ ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

ބަޔާން މިއުނިކްހެރީ ކޭން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު