Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގު ތާވަލްގެ އެއް ވަނައިގައި އާސެނަލް އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމަ އެކަނި ޓީމަކީ ވެސް އާސެނަލް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2025 | ބުރާސްފަތި 06:59
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ފަސް ވަނަ މޮޅު ހޯދައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބަޔާން އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް. ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެން އާސެނަލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ޔޫރިއެން ޓިމްބާ އެވެ. އޭނާ އެ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް، އޭގެ ދިހަ މިނެޓު ފަހުން ލެނާޓް ކާލް ވަނީ ލަނޑު ޖަހައި ބަޔާން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެއީ ސާޖް ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ދެ ވަނަ ފަހަރަށް އާސެނަލް އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ނޯނީ މަޑުއޭކޭ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ރިކާޑޯ ކަލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި ގަބްރިއެލް މާޓިނެލީ ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގު ތާވަލްގެ އެއް ވަނައިގައި އާސެނަލް އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމަ އެކަނި ޓީމަކީ ވެސް އާސެނަލް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އާސެނަލް އިން އެއް ފެންވަރެއްގައި ކުޅެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، މިއީ އަދި މުބާރާތުގެ ކުރީ ކޮޅު ކަމަށާއި، ކުރިއަށް ދިޔުމުގައި ސާބިތުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ބަޔާން އާ ދެކޮޅަށް އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހިގެން ހުރިކަން ފާހަގަކޮށް އާޓެޓާ ބުނީ، މެޗުގައި އާސެނަލް އިން ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިންގެ ފަރާތުން ފެނުނު ރޫޙާއި، މުޅި މެޗުގައި ދެއްކި ހިތްވަރަކީ އަބަދު ވެސް އާސެނަލް އިން ފެންނަން ބޭނުންވާ ކަންކަން ކަމުގައި އާޓެޓާ ބުންޏެވެ.

އާސެނަލްޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު