Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން ލީގު

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ، ކޭން އަށް ވަރަަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ މިއީ އަނެއްކާ ވެސް ބަޔާންގައި ކޭން އަށް ވަރަށް ޚާއްސަ، އަދި އުފާވެރި ކާމިޔާބެއް ކަަމަށެވެ. ޚާއްސަކޮށް ބަޔާންގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާއި، އޭނާގެ ހުނަރު ކޮމްޕެނީ ވަނީ ފާހަގަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:09
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ވާޑް ބްރެމަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަަހައިދިނީ ޖޮނަތަން ޓާ އެވެ. އެ ލަނޑު އޭނާ ޖެހީ މައިކަލް އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާން އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބަޔާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ލަނޑު ޖަހައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ.

އޭގެ ފަހުން ދެ ވަނަ ހާފުގައި ބަޔާންގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ވެސް ކޭން އެވެ. އެއީ މެޗުގެ 65 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ. އެއީ ބަޔާން އަށް ބަދަލުވި ފަހުން އެ ޓީމަށް ކޭން ޖަހައިދިން 100 ވަނަ ލަނޑެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ބަޔާންގެ ފަހު ލަނޑު ޖެހީ ކޮނާޑް ލައިމާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ، ކޭން އަށް ވަރަަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ މިއީ އަނެއްކާ ވެސް ބަޔާންގައި ކޭން އަށް ވަރަށް ޚާއްސަ، އަދި އުފާވެރި ކާމިޔާބެއް ކަަމަށެވެ. ޚާއްސަކޮށް ބަޔާންގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާއި، އޭނާގެ ހުނަރު ކޮމްޕެނީ ވަނީ ފާހަގަ ކޮށްފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޮމްޕެނީ ބުނެފައި ވަނީ، ބަޔާން އިން މި ސީޒަން ފެށިއިރު އެ ޓީމުގެ ސްކޮޑާ މެދު ވެސް ގިނަ ވާހަކަ ތަކެއް ދެކެވެމުން އައި ކަމަށެވެ. ނަމަވެސް، އޭރު ވެސް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ފުރިހަމަ އިތުބާރު އޮތް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިޔަކު ބަދަލު ކުރަން ޖެހުނު ކަމަށް ވީ ނަމަވެސް، އެއްވެސް ހާސް ކަމެއް ނެތި އެ ބަދަލެއް ގެނެވޭ ކަމަށެވެ.

ކޮމްޕެނީ ބުނީ ބަޔާން ކުރިއަށް ދަނީ ވެސް ރަނގަޅު މިސްރާބެއްގައި ކަމަށާއި، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ. މި ސީޒަންގައި ބަޔާން އިން ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ހާސިލު ކުރުމަށް ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށް ވެސް ކޮމްޕެނީ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، ބަޔާން އެއް ވަަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ.

ޖަރުމަން ލީގުބަޔާން މިއުނިކްބުންޑެސްލީގާހެރީ ކޭން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު