Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025 | އާދީއްތަ 07:44

މޮޅާ އެކު ބާސެލޯނާ އޮތީ ވަގުތީ ގޮތުން އެއް ވަނައިގަ އެވެ. އެއީ މިހާތަަނަށް ކުޅެފައިވާ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް އަށް 21 ޕޮއިންޓު ލިބޭއިރު، ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ރެއާލް އަށް އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޮކްޓޯބަރު 2025 | އާދީއްތަ 07:44
މެޗުގައި ބާސެލޯނާގެ ކޯޗު ފްލިކް އަށް ކާޑު ދައްކަނީ

މެޗުގައި ބާސެލޯނާގެ ކޯޗު ފްލިކް އަށް ކާޑު ދައްކަނީ

ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ބާސެލޯނާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޖިރޯނާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ޕެޑްރީ އެވެ. އެ ލަނޑު ޖަހަން ޕެޑްރީ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ލަމީން ޔަމާލް އެވެ.

ނަމަވެސް، އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑޫ ޖިރޯނާ އަށް ޖަހައިދިނީ އެކްސަލް ވިޓްސަލް އެވެ. އެއީ އާނައު މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މި ކާޑުގެ ސަބަބުން، ލީގުގައި މި މަހުގެ 26 ވަނަ ދުވަހު ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ބެންޗުގައި ފްލިކް އަށް ނުހުރެވޭނެ އެވެ.

އޭގެ ފަހުން މެޗުން ބާސެލޯނާ މޮޅުވީ ރޮނާލްޑް އަރައުހޯ ޖެހި ލަނޑުންނެވެ. އެއީ ފްރެންކީ ޑި ޔޯން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި އަރައުހޯ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާ އެކު ބާސެލޯނާ އޮތީ ވަގުތީ ގޮތުން އެއް ވަނައިގަ އެވެ. އެއީ މިހާތަަނަށް ކުޅެފައިވާ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް އަށް 21 ޕޮއިންޓު ލިބޭއިރު، ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ރެއާލް އަށް އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.

ސްޕެނިޝް ލީގުބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް