Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކަޕް

ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސާއަށް

މިއީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަންގެ ފުރަތަމަ ކާމިޔާބީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އެޕްރީލު 2021 | ހޮނިހިރު 22:10
ސްޕެނިޝް ކަޕް

ސްޕެނިޝް ކަޕް

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ބާސާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސާއިން، އެ ޓީމުގެ ތާރީޚުގައި ސްޕެނިޝް ކަޕް އުފުލާލި 31 ވަނަ ފަހަރެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ލީޑު ނަގަން ބާސާއަށް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބާސާއިން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މި ހާފުގެ 12 މިނެޓު ތެރޭ އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ޕާހަކުން ބާސާއަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން ޑި ޔޮން ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބާސާއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނެލް މެސީއެވެ.

މި މޮޅާއެކު ބާސާއިން ސްޕެނިޝް ކަޕް އުފުލާލިއިރު، މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބާސާގެ ކޯޗުގެ މަޤާމާ ހަވާލުވި ރޮނާލްޑް ކޫމަންގެ ފުރަތަމަ ކާމިޔާބީއެކެވެ. އަދި މިއީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީ މި މުބާރާތް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ.

މި ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލުން ބިލްބާއޯ ބަލިވިއިރު، މި މަހުގެ ކުރީކޮޅު ކުޅުނު މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލް މެޗުންވެސް ބިލްބާއޯ ވަނީ ބަލިވެފައެވެ. އެގޮތުން އެ މެޗުން ބިލްބާއޯ ބަލިވީ ރެއާލް ސޮސިއެޑާޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު މި އަހަރު ކުޅުނީ ކޮވިޑް-19 އާ ގުޅިގެން، މިދިޔަ ސީޒަނުގެ ފައިނަލް މެޗު އަހަރެއްހާ ދުވަހަށް ފަސްކުރުމުންނެވެ.

ސްޕެނިޝް ކަޕްބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު