Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1442

ޗައިނީޒް ބިރިޔާނީ

ބިރިޔާނީ އަކީ ދިވެހިންގެ މެދުގައި މަގުބޫލު މީރު ކެއުމެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 އެޕްރީލު 2021 | ހޮނިހިރު 07:26
ޗައިނީޒް ބިރިޔާނީ

ޗައިނީޒް ބިރިޔާނީ

މިއީ ޗައިނާގެ ރަހަތައް ކަމުދާ ފަރާތްތަކަށް ތައްޔާރުކޮށްލެވިދާނެ ރަނގަޅު ކެއުމެކެއެވެ. ޚާއްސަކޮށް ބިރިޔާނީ މީރު ފަރާތްތަކަށް ރަނގަޅު ކެއުމެކެއެވެ. ބިރިޔާނީ ތައްޔާރުކުރާއިރު، ގޭގައި މީހުން ތިބޭ ޢަދަދަށް ބަލާފައި ބޭނުންވާ ތަކެތީގެ ޢަދަދު ގިނަކޮށްލެވިދާނެއެވެ.

ތެއްޔަކަށް ފެން އެޅުމަށްފަހު، ކުޑަކޮށް ހޫނުކޮށްލާށެއެވެ. ދެން ލޮނު، އަޖިނަމޮޓޯ އަޅައިގެން ރަނގަޅަށް ގިރާލާށެއެވެ. އެއަށްފަހު ފެން ހޫނު ވުމުން ހަނޑޫ އަޅާލާށެއެވެ.

ކުކުޅު ހަނާކޮށްލުމަށް، ތަވައަކަށް ތެޔޮ އެޅުމަށްފަހު، އޭގެ ތެރެއަށް ޖިންޖަރ ގާލިކް ޕޭސްޓް އަޅައިގެން ކުޑަކޮށް ރަތްކޮށްލުމަށްފަހު، ކުކުޅު ކޮޅު އަޅާލާށެއެވެ. ދެން ކުކުޅު ކުޑަކޮށް ރޯފިލުމުން ލޮނު އަޅާލާށެއެވެ. މުގުރި އަސޭމިރުހާއި، ޗިކަން ފްލޭކްސް، ޗިކެން ކިއުބްސް، ސްޕްރިންގް އޮނިއަން، ކެރޮޓް، ޕީސް، ފްރެންޗް ބީންސް، އެޅުމަށްފަހު، މަތިޖަހައިގެން ހުޅު މެދުމިނުގައި ބަހައްޓައިގެން 5 މިނިޓް ކައްކާލާށެއެވެ. ދެން ކެބެޖާއި ބެލްޕެޕަރ އަޅައިގެން އެއްކޮށްލުމަށްފަހު، 2 މިނިޓް ކައްކާލާށެއެވެ.

އެއަށްފަހު، އިތުރު ތެއްޔަކަށް ކުރިން ކެއްކި ބާސްމަތީ ބަތް ލޭޔަރެއް އެޅުމަށްފަހު، އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅުގެ ލޭޔަރެއް އަޅާލާށެއެވެ. ދެން މިގޮތަށް ރިޕީޓްކޮށްލާށެއެވެ. 2 ލޭޔަރު ރިޕީޓް ކުރުމަށްފަހު، މަތީ ލޭޔަރަށް ސޯޔާސޯސް އަޅާލުމަށްފަހު އަނެއްކާވެސް ރިޕީޓްކޮށްލާށެއެވެ. ދެން އެންމެ ފަހުން އެޅި ލޭޔަރުގެ މައްޗަށް 1 ޖޯޑު ފެން އަޅާލާށެއެވެ. އެއަށްފަހު 2 މިނިޓް ވަރު ކައްކާލާށެއެވެ. 2 މިނިޓް ކައްކާލުމަށްފަހު ބަތްގަނޑު އެއްކޮށްލާށެއެވެ.

ޗައިނީޒް ބިރިޔާނީބަދިގެ 1442

އިތުރަށް ކިޔާލަން

10 މެއި 2021

ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް

10 މެއި 2021
ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް
09 މެއި 2021

ސަންސެޓް މޮކްޓެއިލް

09 މެއި 2021
ސަންސެޓް މޮކްޓެއިލް
18 އެޕްރީލު 2021

ޗިކެން ޗީޒް ޑޯނަޓް

18 އެޕްރީލު 2021
ޗިކެން ޗީޒް ޑޯނަޓް
17 އެޕްރީލު 2021

ބްރެޑް ގްލާބް ޖާމް

17 އެޕްރީލު 2021
ބްރެޑް ގްލާބް ޖާމް
16 އެޕްރީލު 2021

ޗިކެން ތަންދޫރީ ކަޓްލެޓްސް

16 އެޕްރީލު 2021
ޗިކެން ތަންދޫރީ ކަޓްލެޓްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު