Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1442

މެކްސިކަން ޗިކެން ކެސެޑިއާ

މިއީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވިދާނެ ހެދިކާއެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 15 އެޕްރީލު 2021 | ބުރާސްފަތި 06:49
ޗިކެން ކެސެޑިއާ

ޗިކެން ކެސެޑިއާ

ބޯތައްޓެއްގެ ތެރެއަށް ކޮށާފައި ހުރި ޓޮމާޓޯ އާއި، ފިޔާ، ދިގު މިރުސް، ލޮނު އަސޭމިރުސް އަދި ލެމަން ޖޫސް ނުވަތަ ވިނެގަރ އަޅައިގެން އެއްކޮށްލާށެއެވެ.

ބޯތައްޓެއްގެ ތެރެއަށް ކަރީ ޕައުޑަރ، ޕެޕަރ ނުވަތަ ޕެޕްރިކަރ ޕައުޑަރ، ލޮނު، އަސޭމިރުސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ތަވައެއްގައި ތެޔޮ ފޮދެއް ހޭކުމަށްފަހު، މަޑު ގިނީގައި ކުކުޅު ފްރައި ކޮށްލާށެވެ. ފްރައިކޮށް ނިމުމުން ތަވާގެ އެއް ފަރާތަށް ޖައްސާލުމަށްފަހު، ދެ ވައްތަރުގެ ބެލް ޕެޕަރ، ފިޔާ، ޓޮމާޓޯ ބޯތައްޓަކަށް އަޅާ އެއްކުރުމަށްފަހު ތަވާގެ އަނެއް ފަރާތުގައި ތެޔޮ ފޮދެއް ހޭކުމަށްފަހު އަޅާލާށެވެ. ދެން އޭގެ މައްޗަށް ގާލިކް ޕޭސްޓް އާއި ޓޮމާޓޯ ސޯސް އަޅައިގެން ގަދަ ގިނީގައި ފްރައި ކޮށްލާށެވެ. ދެން ތަވާގެ ތެރޭގައި ހުރި ކުކުޅާ އެކީ އެއްކޮށްލައިގެން 3 މިނިޓްވަރު ފްރައި ކޮށްލާށެވެ.

އެހެން ތަވައެއްގައި ތެޔޮ ފޮދެއް ހޭކުމަށްފަހު، ރޮށި ބޭއްވުމަށްފަހު ޗީޒް ފޮއްޗެއް ދެ ފަޅި ކުރުމަށްފަހު ރޮށީގެ އެއްފަރާތަށް ވާހެން ބާއްވާށެވެ. ދެން އޭގެ މައްޗަށް ކުރިން ރޯސްޓް ކުރި ކުކުޅުން އެތިކޮޅެއް އެޅުމަށްފަހު މައްޗަށް މޮޒެރެއްލާ ޗީޒް ކޮޅެއް އަޅާލާށެވެ. ދެން ރޮށި ފަތްޖަހާލުމަށްފަހު ފިއްތާލާށެވެ. ދެން އަނެއްކާވެސް އިތުރު ރޮއްޓެއްގައި މި ގޮތަށް ރިޕީޓް ކޮށްލާށެވެ. ޗީޒް ރަނގަޅަށް ދިޔާވުމުން އުނދުން މަތިން ނެގުމަށްފަހު ތިން ބަޔަށް ހަމަ އަށް ކަފާލާށެވެ. ކަފާލާއިރު އެހާ ބޮޑަށް ނުފިތާ މަޑުމަޑުން ކަފާލާށެވެ. ދެން ޕިއްޒާގެ ބައްޓަމަށް ތައްޓެއްގެ ތެރޭގައި އަތުރާލުމަށްފަހު، މެދަށް، ކުރިން ތައްޔާރުކުރި ސަލްސާ ސޯސް އަޅާލާށެވެ. މިހާރު މިހުރީ މެކްސިކަން ޗިކެން ކެސެޑިއާ ތައްޔާރުކޮށް ނިމިފައެވެ.

މެކްސިކަން ޗިކެން ކެސެޑިއާބަދިގެ 1442

އިތުރަށް ކިޔާލަން

10 މެއި 2021

ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް

10 މެއި 2021
ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް
09 މެއި 2021

ސަންސެޓް މޮކްޓެއިލް

09 މެއި 2021
ސަންސެޓް މޮކްޓެއިލް
18 އެޕްރީލު 2021

ޗިކެން ޗީޒް ޑޯނަޓް

18 އެޕްރީލު 2021
ޗިކެން ޗީޒް ޑޯނަޓް
17 އެޕްރީލު 2021

ބްރެޑް ގްލާބް ޖާމް

17 އެޕްރީލު 2021
ބްރެޑް ގްލާބް ޖާމް
17 އެޕްރީލު 2021

ޗައިނީޒް ބިރިޔާނީ

17 އެޕްރީލު 2021
ޗައިނީޒް ބިރިޔާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު