Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރަމަޟާން 1442

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ޝަވަރުމާ ތައްޔާރުކުރުމުގައި އެމީހަކަށް ކަމުދާ ބާވަތެއްގެ މަސް އަޅައިގެން ތައްޔާރުކުރެވިދާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 14 އެޕްރީލު 2021 | ބުދަ 07:17
އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ފުރަތަމަ ޔޯގަޓް، ލޮނު، ޗިލީ ޕައުޑަރ، ރީނދޫ، އޮނިއަން ޕައުޑަރ، ގާރލިކް ޕައުޑަރ، ދިރި ޕައުޑަރ، ކޮރިއަންޑަރ ޕައުޑަރ، ބްލެކް ޕެޕަރ ޕައުޑަރ، ފޮނިތޮށި ޕައުޑަރ، ރެޑް ޗިލީ ފްލޭކްސް، ލެމަން ޖޫސް، އޮލިވް އޮއިލް، އަޅައިގެން ރަނގަޅަށް އެއްކޮށްލާށެއެވެ. އެއަށްފަހު ކުރިން ތުނިކޮށް ކޮށާލި ކުކުޅު ސްލައިސްތައް އަޅާ ކުކުޅުގެ ތެރެއަށް ވަންނަންދެން އެއްކޮށްލާށެއެވެ. ދެން މެރިނޭޓް ކުރުމަށް 2 ނުވަތަ 3 ގަޑިއިރު ބަހައްޓާށެއެވެ. ގަޑި ހަމަވުމުން މެރިނޭޓް ކުރި ކުކުޅު ކުޑަ ތެޔޮ ފޮދެއް ހާކާލުމަށްފަހު ފިހެލާށެއެވެ. ފިހެ ނިމުމުން ދިގުކޮށް ހުންނަހެން ކޮށާލާށެއެވެ.

ސެސަމީ ސީޑް، ލޮނުމެދު، ވިނެގަރ، ލެމަން ޖޫސް، މަޔޮނައިސް، ލޮނު، ބްލެކް ޕެޕަރ ޕައުޑަރ، އޮރިގާނޯ، އޮލިވް އޮއިލް މިކްސަރަށް އަޅާ ރަނގަޅަށް ގިރާލާށެއެވެ.

ބެލްޕެޕަރ، ފިޔާ އަޅައިގެން 3 މިނިޓް ކައްކާލާށެއެވެ. އެއަށްފަހު ރޮށީގައި ޗިލީ ގާލިކް ސޯސް ހާކާލާށެއެވެ. އޭގެ މަތީގައި ކުރިން ތައްޔާރު ކުރި ޝަވަރުމާ ސޯސް ވެސް ހާކާލާށެއެވެ. ދެން ފްރެންޗް ފްރައިޒް އާއި ލެޓިއުސް އާއި ކުރިން ތައްޔާރުކުރި ބެލްޕެޕަރ ފިޔާ، އަދި ގާކިން ޕިކަލްސް މި ތަރުތީބުން އަތުރާލާށެއެވެ. އެއަށްފަހު އޭގެ މައްޗަށް އަނެއްކާވެސް ޝަވަރުމާ ސޯސް އަޅާލާށެއެވެ. ދެން ރޮށި އޮޅާލުމަށްފަހު، ކުޑަ ބަޓަރުކޮޅެއް ހޭކުމަށްފަހު، 2 ނުވަތަ 3 މިނިޓް ވަންދެން ދެ ފުށް ފިހެވެންދެން ގްރިލް ކޮށްލާށެއެވެ.

ބަދިގެ 1442ޗިކަން ޝަވަރުމާ

އިތުރަށް ކިޔާލަން

10 މެއި 2021

ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް

10 މެއި 2021
ކްރީމީ ފްރެންޗް ޕޮޓޭޓޯ ބޭކް
09 މެއި 2021

ސަންސެޓް މޮކްޓެއިލް

09 މެއި 2021
ސަންސެޓް މޮކްޓެއިލް
18 އެޕްރީލު 2021

ޗިކެން ޗީޒް ޑޯނަޓް

18 އެޕްރީލު 2021
ޗިކެން ޗީޒް ޑޯނަޓް
17 އެޕްރީލު 2021

ބްރެޑް ގްލާބް ޖާމް

17 އެޕްރީލު 2021
ބްރެޑް ގްލާބް ޖާމް
17 އެޕްރީލު 2021

ޗައިނީޒް ބިރިޔާނީ

17 އެޕްރީލު 2021
ޗައިނީޒް ބިރިޔާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު