Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުމަރު ސީރީޒް ރާއްޖެޓީވީގައި

އުމަރު ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިރޭ 10:20 ގައި ރާއްޖެޓީވީން ގެނެސްދެނީ

ކޮންމެ ދެ ރެއިން އެއް ރޭ އައު އެޕިސޯޑެއް ގެނެސްދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2021 | އަންގާރަ 14:49
އުމަރު ސީރީޒްގެ އެޕިސޯޑެއްގެ މަންޒަރެއް

އުމަރު ސީރީޒްގެ އެޕިސޯޑެއްގެ މަންޒަރެއް

މުސްލިމުންގެ ދެ ވަނަ ޚަލީފާ އުމަރު ބިން ޚައްޠާބުގެ ހަޔާތްޕުޅުގެ މައްޗަށް ހަދާފައިވާ ސީރީޒެއް ކަމުގައިވާ "އުމަރު ސީރީޒް"ގެ ފުރަތަމަ އެޕިސޯޑް އަންގާރަ ދުވަހުގެރޭ 10:20 ގައި ރާއްޖެޓީވީން ދައްކާނެއެވެ.

މި ސީރީޒްގެ އެކްސްކްލޫސިވް ރައިޓްސް ގަނެ ދިވެހި ބަހުން ޑަބްކޮށްގެން މި ރަމަޟާން މަހު ރާއްޖެޓީވީން ގެނެސްދޭއިރު، ކޮންމެ ރެއަކުވެސް މިސީރީޒް ގެނެސްދޭނެއެވެ. އަދި ކޮންމެ ދެ ރެއިން އެއް ރޭ އައު އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 31 އެޕިސޯޑް ހިމެނޭ މިސީރީޒް ދައްކާނީ ކޮންމެ ރެއެއްގެވެސް 10:20 ގައެވެ.

މި ސީރީޒްއަށް އަޑު އަޅާފައިވަނީ ރާއްޖެޓީވީގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ފަންނާނުންނެވެ.

އުމަރު ސީރީޒްގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެ މިސީރީޒް އާންމުންނާ ހަމައަށް މި ގެނެސްދެނީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ. އަދި މަޝްހޫރު ސީރީޒްއެއް ދިވެހި ބަހުން ޑަބްކޮށް ދިވެހި އޯޑިއަންސާ ހަމައަށް ގެނެސްދިނުމަކީވެސް މިކަމުގެ މަގްސަދެކެވެ.

އުމަރު ސީރީޒްއަކީ ގަތަރު ޓީވީގެ އުފެއްދުމެކެވެ. ގަތަރު މީޑިޔާ އެޖެންސީ (ގަތަރު ޓީވީ) އާއި މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އުފައްދާފައިވާ މިސީރީޒްއަކީ އަރަބް ޕްރޮޑަކްޝަނަކުން މިހާތަނަށް އުފެއްދި އެންމެ ބޮޑު ޕްރޮޑަކްޝަން ކަމަށް މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރުން ވަނީ ބުނެފައެވެ. މި ސީރީޒްގައި 30،000 އެކްޓަރުން ހަރަކާތްތެރި ވެފައިވާއިރު 10 ގައުމަކުން ޓެކްނިކަލް ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މިސީރީޒްގެ ޑައިރެކްޓަރ ބުނެފައިވަނީ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިވިކަމަކީ މައްކާގެ އޭރުގެ މަންޒަރުތައް ގެނެސްދިނުން ކަމަށެވެ. އަދި އެންމެ ދުވަހެއްގެ ޝޫޓިންއަށް ވެސް 500 އެކްޓަރުން އެންމެ މަދުވެގެން ބޭނުންވި ކަމަށް ވަނީ ބުނެފައެވެ. އެދުވަސްވަރު ހިނގާފައިވާ ގިނަ ހަނގުރާމަތަކެއްވެސް މިސީރީޒްގައި ހިމެނެއެވެ.

އެންމެ ފުރަތަމަ މިސީރީޒް ދައްކާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެއަހަރުގެ ރަމަޟާން މަހުއެވެ. 200 މިލިއަން ސައުދީ ރިޔާލުގެ ބަޖެޓަކުން ހަދާފައިވާ މިސީރީޒް ޝޫޓްކޮށްފައިވަނީ މޮރޮކޯގައެވެ.

މިސީރީޒް އެކި ބަހުން ޑަބްކޮށްގެން މިހާތަނަށް ގެނެސްދީފައިވާއިރު އިނގިރޭސި ބަހުން ސަބްޓައިޓަލް އަރުވައިގެން ޔޫޓިޔުބަށްވެސް މިސީރީޒް ވަނީ އަޕްލޯޑްކޮށްފައެވެ. މިހާތަނަށް އައިއިރު 10 ގައުމެއްގެ ޓީވީ ސްޓޭޝަންތަކުން އެގައުމުތަކުގެ ރަސްމީ ބަހުން ޑަބްކޮށްގެން މިސީރީޒް ގެނެސްދީފައިވެއެވެ. އޭގެތެރޭގައި ތުރުކީ، އިންޑޮނީޝިޔާ، އިރާން ހިމެނެއެވެ. މިއީ ދިވެހި ބަހުން ޑަބްކޮށްގެން މިސީރިޒް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މިސީރިޒްގައި އުމަރުގެފާނު އިސްލާމްވުމުގެ ކުރީގެ ހާދިސާތަކުން ފެށިގެން ޝަހީދުކޮށްލުމާ ހަމައަށް ގެނެސްދީފައިވެއެވެ.

އެގޮތުން އުމަރުގެފާނު މައްކާގައި ހޭދަކުރެއްވި ދުވަސްވަރާއި ރަސޫލާ(ޞ) ސުވަރުގެ ވަޑައިގެންނެވުމާއި މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ޚަލީފާކަމުގައި ހިނގާދިޔަ ކަންތައްތައްވެސް މިސީރީޒްގައި ގެނެސްދެއެވެ.

ރާއްޖެޓީވީރާއްޖެޓީވީ ޕްރޮގްރާމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު