Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދޫ ޢީދު ފޯރި

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

މިދިޔަ އަޟްހާ ޢީދުގައި ހަފްތާއެއްހާ ދުވަހުގެ ހަރަކާތްތަކަށް ފަހު ޢީދު ނިންމާލީ ކަމަދޫ މުޅި ރާއްޖެ އަށް މަގްބޫލުކޮށްލުމަށް ފަހުގައެވެ. ސަޤާފީ އަދި ހިތްގައިމު އީދެއް ފެނުނު ރަށެއްގެ ގޮތުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 މެއި 2025 | ބުރާސްފަތި 13:51
1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު  ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކުރުން

1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކުރުން

1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.

ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތެއްގައި 5 ޖޫން 2025 އިން ފެށިގެން 9 ޖޫން 2025 އާއި ހަމައަށް ކަމަދޫގެ އީދު ހަރަކާތްތައް ލައިވް ކުރުމާއި ގުޅޭ ގޮތުން ކަމަދޫ ކައުންސިލް އާއި ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒުމީ ސަޢީދު އެވެ. އަދި ކަމަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު އެވެ.

1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު  ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކުރުން
1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކުރުން

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ، ނާޒުމީ ސަޢީދު ވަނީ މި ފަހަރު ޢީދު ހަރަކާތްތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ރާއްޖެޓީވީ މެދުވެރިކޮށް ޝައުގުވެރި ގިނަ ހަރަކާތްތަކެއް ގެނެސްދެވޭނެކަމުގެ ޔަޤީންކަން ދީފައެވެ. އަދި ކަމަދޫ ކައުންސިލްގެ ރައީސް ޒަރީރު ވަނީ ނިމިދިޔަ އަހަރަށް ވުރެ ކަމަދޫގެ މި އަހަރުގެ އީދު ފޯރި ގަދަ ވާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި ހަރަކާތްތަކަކީ ދިވެހިން ހިތްހަމަ ޖެހޭނެ ފަދަ ހަރަކާތްތަކަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކަމަދޫގެ އީދު ކުޅިވަރުތައް
ކަމަދޫގެ އީދު ކުޅިވަރުތައް

ނިމިދިޔަ އަޟްހާ އީދުގައި އެންމެ ވިދާލި ރަށަކީ ކަމަދޫއެވެ. ކަމަދޫގެ ޢީދުން ފާހަގަކޮށްލެވުނު ކަންކަމަށް ބަލާއިރު ޢީދު ކުޅިވަރު ފެށުމަށް ބޭއްވި ސްޓޭޖް ޝޯ އިން ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ޚިދުމަތް ކުރާ މީހުންނާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެން ދިޔައެވެ.

ބ. ކަމަދޫގެ ޢީދު ކުޅިވަރުތަކުގެ ތެރެއިން، ސަގާފީ ފައިހަމަކުރުމުގެ އަޑުން މުޅި ރަށް ގުގުމާލި
ބ. ކަމަދޫގެ ޢީދު ކުޅިވަރުތަކުގެ ތެރެއިން، ސަގާފީ ފައިހަމަކުރުމުގެ އަޑުން މުޅި ރަށް ގުގުމާލި

ހަފްތާއެއްހާ ދުވަހުގެ ހަރަކާތްތަކަށް ފަހު ޢީދު ނިންމާލީ ކަމަދޫ މުޅި ރާއްޖެ އަށް މަގްބޫލުކޮށްލުމަށް ފަހުގައެވެ. ސަޤާފީ އަދި ހިތްގައިމު އީދެއް ފެނުނު ރަށެއްގެ ގޮތުގަ އެވެ. އެހެންކަމުން އަންނަ އީދުގައި ކަމަދޫ އަށް ދާން ބޭނުންވާ މީހުން ވަރަށް ގިނަ ކަން ފާހަގަކޮށްލެވެ އެވެ.

ކަމަދޫއީދު ކުޅިވަރުރާއްޖެޓީވީހަސަން ޒަރީރުނާޒުމީ ސަޢީދު

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
07 ޖޫން 2025

ސަގާފީ ގިނަ ހަރަކާތްތަކާއި އެކު ކަމަދޫ ދަނީ ތަފާތު ދައްކަމުން!

07 ޖޫން 2025
ސަގާފީ ގިނަ ހަރަކާތްތަކާއި އެކު ކަމަދޫ ދަނީ ތަފާތު ދައްކަމުން!
06 ޖޫން 2025

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

06 ޖޫން 2025
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
05 ޖޫން 2025

ކަރެކްޝަންސް އޮފިސަރުން ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
ކަރެކްޝަންސް އޮފިސަރުން ދިއްކޮށްލާ ޕާރްސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު