Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ

މުޒާހަރާތައް ލައިވް ކުރުމުގައި ބްރޯޑްކޮމްގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރާއްޖެ ޓީވީ ޙާޟިރު ކޮށްފި

ސަރުކާރުގެ ކުންފުނިތަކުން ދެމުން އައި ހުރިހާ ސްޕޮންސާތަކެއް ކަނޑާލުމުގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ދެމުން އަންނަ ސްޕޮންސާތައް ވެސް ކަނޑާލުމަށް ސަރުކާރުން ޕްރެޝަރު ކުރަމުން އަންނަ ކަމަށް ރާއްޖެ ޓީވީގެ ފަރާތުން ވަނީ ޙިއްސާކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މެއި 2025 | ބުރާސްފަތި 09:43
ބްރޮޑްކޮމް އަށް ޙާޟިރު ވުމަށް ފަހު ރާއްޖެ ޓީވީގެ ފަރާތުން އާމިރު ވާހަކަ ދައްކަވަނީ

ބްރޮޑްކޮމް އަށް ޙާޟިރު ވުމަށް ފަހު ރާއްޖެ ޓީވީގެ ފަރާތުން އާމިރު ވާހަކަ ދައްކަވަނީ

މާލޭގައި ޒުވާނުން ކުރިއަށް ގެންދަމުން އަންނަ އިހުތިޖާޖު ލައިވް ކުރުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުުރުމަށް، ރާއްޖެ ޓީވީ ބްރޯޑްކޮމް އަށް ޙާޟިރު ކޮށްފި އެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ރާއްޖެ ޓީވީ ބްރޯޑްކޮމް އަށް ޙާޟިރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވަނީ އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ބުރާސްފަތި ދުވަހު ވަނީ އަނެއްކާ ވެސް ރާއްޖެ ޓީވީ ބްރޯޑްކޮމް އަށް ޙާޟިރު ކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ، މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައި ވަނީ ބްރޯޑްކާސްޓު ކުރުމުގައި ޑިލޭ ލައިގެން ބްރޯޑްކާސްޓު ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

އާމިރު ވިދާޅުވީ ބޮޑަށް އެ ވާހަކަތައް ދެކެވިފައި ވަނީ މިހާރު މާލޭގައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވަނީ، ކަންކަން ރަނގަޅު ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވާހަކަ ދައްކަމުން އަންނައިރު، މި ސަރުކާރު އައި ފަހުން ރާއްޖެ ޓީވީ އަށް ކުރިމަތި ކުރަމުން އަންނަ ދަތިތަކުގެ ވާހަކަ ޙިއްސާކޮށްފަ އެވެ.

އެގޮތުން، ސަރުކާރުގެ ކުންފުނިތަކުން ދެމުން އައި ހުރިހާ ސްޕޮންސަރ ތަކެއް ކަނޑާލުމުގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ދެމުން އަންނަ ސްޕޮންސަރ ތައް ވެސް ކަނޑާލުމަށް ސަރުކާރުން ޕްރެޝަރު ކުރަމުން އަންނަ ކަމަށް ރާއްޖެ ޓީވީގެ ފަރާތުން ވަނީ ޙިއްސާކޮށްފަ އެވެ.

އެހެންކަމުން ސަރުކާރުން މި ފަދަ ކަންތައްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޙާޟިރުކޮށް ދެން ހުރި ކަންކަން ރަނގަޅު ކުރުމުގެ ވާހަކަ ދެއްކުމަކީ ބަލައި ގަންނަން އުނދަގޫ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މި ސަރުކާރު އައިއްސުރެ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފިއްތައި، ވަރަށް ބޮޑަށް ދަތިކޮށް، ސަރުކާރުގެ އެސްއޯއީ ތަކުގެ ހުރިހާ ސްޕޮންސަރ އެއް ކަނޑާލައި، އަދި ޕްރައިވެޓް ސްޕޮންސަރުންގެ ސްޕޮންސަރ ތައް ކަނޑާލުމަށް ވެސް ވަރަށް ބޮޑަށް ކެނޑިނޭޅި ސަރުކާރުން މަސައްްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެކަން ކަމަށް ޙައްލެއް ހޯދައި ނުދީ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަޅުގަނޑުމެން ގެެނެސް ދެން ހުރި ކަންކަން ރަނގަޅު ކުރާ ވާހަކަ ދެއްކުން އެއީ އަޅުގަނޑުމެންނަށް ެވަރަށް ބަލައި ގަންނަން އުނދަގޫ ކަމެކޭ.
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

އާމިރު

ބޮރޯޑްކާސްޓިންގ ކޮމިޝަންގެ ބެންޗު ބަދަލުވުމަކީ އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެ އޮތް ޤާނޫނީ ޒިންމާ ނުވަތަ އަޅުގަނޑުމެން ބްރޯޑްކާސްޓިންގ ކޮމިޝަނާ ދޭތެރޭ ދެކޭ ޤާނޫނީ ހައިސިއްޔަތު ނުވަަތަ އުސޫލު ބަދަލުވީ ކަމަށް ޤަބޫލު ކުރުމުގެ ފުރުސަތު އޮތް ކަމެއް ނޫނޭ. މީގެ ކުރީގެ ސަރުކާރުތަކުން، ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރުން އެބަހުރި ފިޔަވަޅު އަޅާފައި، އޭރުގެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ފިޔަވަޅު އަޅަން މަސައްކަތް ކޮށްފައި. ހަމަ އެ ކޮމިޝަން މިއަދު މިއީ، ބެންޗު ބަދަލުވެފައި އޮތްކަމުގައި ވިޔަސް އަޅުގަނޑުމެންގެ ޤާނޫނީ ބުއްދި އޮތީ އެކަން އެގޮތަށް ހިނގުމުގެ ފުރުސަތު އޮތް ކަމަށް.
ރާއްޖެ ޓީވީގެ ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހިމް

މީގެ އިތުރުން އާމިރު ވިދާޅުވީ ރާއްޖެ ޓީވީއާ ދޭތެރޭގައި ޓާގެޓު ކޮށްގެން ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަން ބްރޯޑްކޮމް އަށް ނޭޭނގޭ ކަމަށް އެ ކޮމިޝަންގެ މެމްބަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް، ބްރޯޑްކޮމް އިން މައްސަލަ ބަލާއިރު، އެއްވެސް ފަރާތަކުން ހުށަނޭޅި ނަމަވެސް އަމިއްލަ އަށް އިސްނަގައިގެން އެ މައްސަލަ ބައްލަވާ ކަމަށާއި، ނަމަވެސް ސަރުކާރުން މީޑިއާއެއް ނައްތާލަށް ޓާގެޓު ކޮށްގެން ކުރަމުން އަންނަ މަސައްކަތް ނޭނގޭ ކަމަށް ބުނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން މީގެ ކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެ ޓީވީއާ ގުޅުން ހުރި މައްސަލަތައް ބަަލައިފަ އެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެތައް މިލިއަނުން ރާއްޖެ ޓީވީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު